Print

ﷲގެ ކޮންމެ އިސްމުފުޅަކަށް އިންސާނާގެ ހަށިގަނޑުގެ ދިފާޢީބާރު ވަރުގަދަކޮށްދޭ ހަކަތައެއް ލިބިގެންވޭ!

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ޢަޤީދާ


އިބްރާހީމް ރަޝީދު މޫސާ

މާތްﷲގެ މަތިވެރި ރިވެތި ނަންފުޅުތަކުގެ ތެރެއިން ކޮންމެ ނަންފުޅަކަށް (އިސްމުފުޅަކަށް) އިންސާނާގެ ހަށިގަނޑުގެ  ދިފާޢީނިޒާމުގެ ބާރުގަދަކޮށްދޭ ޚާއްޞަ ހަކަތައެއް ލިބިގެންވާ ކަން  މުސްލިމު ޑަކްޓަރަކު ހޯއްދަވައިފިއެވެ. ރިސޮނެންސް ޤާނޫނު ބޭނުންކުރައްވައިގެން އޭނާ ކުރެއްވި ދިރާސާއެއް ބުނާގޮތުގައި، މާތްﷲގެމަތިވެރި ނަންފުޅުތަކުން ނަންފުޅެއް ބޭނުންކޮށްގެން ޛިކްރުކުރަން ހަމަފަށައިގަންނަ އިރަށް ހަށިގަނޑުގެ ބަޔޯއެނަރޖީ މަގުތައް ފުޅައުވެ ތަނަވަސްވާން ފަށައެވެ.

ތިންއަހަރުދުވަހުގެ ދިރާސާއަކަށްފަހު އޭނާ ހޯއްދެވިހޯއްދެވުންތައް ބުނާގޮތުގައި  އިންސާނާގެ ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ޚާއްޞަ އިސްމުފުޅެއް ވެއެވެ.  ތިރީގައި މިވާ ތާވަލުން ގުނަވަންތަކާއި ގުނަވަންތަކަށް ޖެހޭ ބަލިތަކުން ފަރުވާހޯދުމަށްޓަކައި ބޭނުންކުރަންވީ ނަންފުޅު އެނގިވަޑައިގަންނަވާނެއެވެ.



ގުނަވަން

މިގުނަވަނަށްޖެހޭ ބަލިން ޝިފާ ހޯދުމަށްޓަކައި

ޛިކްރުކުރަންވީ އިސްމުފުޅު

ކަންފަތް


السمـــــــــيع

ކަށި

النـــــــــــــــافع

މައިކަށި

الجبـــــــــــــار

ކަކޫ

الــــــــــــرؤوف

އިސްތަށި

البديــــــــــــــع

ހިތް

النــــــــــــــــور

މަސްގަނޑު

القـــــــــــــــوي

ހިތަށް ލޭ އަނބުރާގެނެސްދޭ ނާރުތައް

الوهـــــــــــاب

ހިތުގެ މަސްތައް

الـــــــــــــرزاق

ނާރުތައް

المغنـــــــــــى

ހިތުން ބޭރަށް ލޭގެންދާ ނާރުތައް

الجبــــــــــــــــار

މަޢިދާ

الــــــــــرزاق

ކެންސަރުބަލި


جل جلالــــــــــه

ތައިރޮއިޑް ގްލޭންޑް


الجبــــــــــــار

ފަލަމަސްގަނޑު

الــــــــــــرافع

މައިގްރޭން

الغنــــــــــــي

ލޮލުގެ ލޭނާރުތައް

المتعـــــــــــال

ގުރުދާ

الحـــــــــــــي

ފަލަގޮހޮރު

الـــــــــــــرؤوف

ހިމަގޮހޮރު

الــــــــــــرزاق

މޭގަނޑު

النافـــــــــــــــــع

ޕެންކްރިޔާސް

البــــــــــــارئ

ސަރުބިތައް

النافـــــــــــــــــع

ރަޙިމު

الخالــــــــــــق

މަޘާނާ

الهـــــــــــــــادي

ރުމޭޓިޒަމް

المهيـمــــــــن

ޕްރޮސްޓޭޓް ގްލޭންޑް

الرشيــــــــــــــد

ލޮލުގެ ނާރުތައް

الظاهـــــــــــر

ލޭގެ ޕްރެޝަރ

الخافـــــــــض

ފުއްޕާމޭ

الــــــــــــــرزاق

ބޮލުން ހަންފޮޅުން

جل جلالــــــــــــه

ނޭފަތުގެ ޖީބުތައް

اللطيفالغنيالرحيم

ލޯ


النورالبصيرالوهاب

ޕައިނިއަލް ގްލޭންޑް


الهــــــــــــــادي

ތައިމިކް ގްލޭންޑް


القـــــــــــــوي


މި ދިރާސާ ކުރެއްވި ޑަކްޓަރ ވިދާޅުވާ ގޮތުގައި ، މީހެއްގެ ލޯ ދުޅަވެ ރަތްވުމުން އޭނާގެ ލޯމަތީގައި އަތްޕުޅުއަޅުއްވައިގެން 10މިނެޓްވަންދެން ލޮލާބެހޭ 3އިސްމުފުޅު ކިޔެވުމުން އެލޯ މުޅިން ރަނގަޅުވެ ރަތްކަން ފިލައިގެންދިޔައެވެ.
މި ދިރާސާ ބުނާގޮތުގައި ބަލިން ރައްކައުތެރިވުމަށްޓަކައި ހަމަ މި އިސްމުފުޅުތައް ބޭނުންކުރެވިދާނެއެވެ. މިއިސްމުފުޅުތަކުން ޛިކްރުކުރުމަށްފަހު  ޝިފާ އަވަސްކޮށްދެއްވާތޯ ޝިފާގެ އާޔަތްތައް ކިޔެވުންހުށްޓެވެ.

ޝިފާގެ އާޔަތްތައް


ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلاً يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاء لِلنَّاسِ إِنَّ فِي ذَلِكَ لآيَةً لِّقَوْمٍ يَتَفَكَّرُونَ النحل: ٦٩

 

وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاء وَرَحْمَةٌ لِّلْمُؤْمِنِينَ وَلاَ يَزِيدُ الظَّالِمِينَ إِلاَّ خَسَارًا الإسراء: ٨٢

 

يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاء لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ يونس: ٥٧:

 

وَإِذَا مَرِضْتُ فَهُوَ يَشْفِينِ الشعراء: ٨٠



ފަރުވާހޯދާނެ ގޮތް :

  ތަދުވާ ތަނުގެ މަތީގައި އަތްބާއްވައިގެން އެކަމަކާ ބެހޭ އިސްމުފުޅު/ އިސްމުފުޅުތައް ތަދުކެޑެންދެން ތަކްރާރުކޮށް ކިޔަވާށެވެ. އިރާދަކުރެއްވިއްޔާ ﷲގެއިޛްނަފުޅާލައިގެން ތަދުފިލައިގެންދާނެއެވެ.


ހަމަމިގަލަމުން

އިދާރާ

ވާހަކަ