އަދުގެ ޚާއްސަ

Print

މިއީ ހަމަ އިއްތިފާޤެކެވެ.

ޝާޢިއުކުރީ އަޙުމަދު ނާޞިރު . ހިމެނޭބަޔަކީ މާދަރީބަސް


 އަޙުމަދު ނާޞިރު- ޑައިމަންޑްވިލާ، ސ. ހިތަދޫ

ދިވެހި ބަހުގައި ނޯށަށް އަރުވާ ކިޔާތަންތަން ލިޔުމުގައި ފާހަގަކުރުމަށް ބޭނުން ކުރަނީ " ހުސްނޫނު " (ނ) އެވެ. ދިވެހި ބަހުގެ ޤަވާއިދު ބުނާގޮތުން މި ހުސްނޫނު ބޭނުން ކުރެވެނީ " ބާގޮދަޑި" މިއިން އަކުރެއްގެ ކުރީގައެވެ. މިސާލަކަށް އަނބު، އަނގަ، ބަނދި، ނޫނީ ދަނޑި މިގޮތަށެވެ. ދިވެހި ޢާއްމު ބަހުގައި މިކަން އޮތީ މިގޮތަށެވެ.

ދެން ނިކަން ރާއްޖޭގެ އެންމެ ދެކުނުން  އައްޑޫ ބަހަށް ބަލަމާ ހިނގާށެވެ. ރަނގަޅަށް ނަޒަރު ހިންގައި ބަލައިލާއިރު ސީދާ އެބަހު ގައި ހުސްނޫނު ހިމެނޭ ބައެއް ބަސް ބަހަކީ ސީދާ ދިވެހިބަހުން ހުސް ނޫނު  ނުހިމެނޭ ބަސްބަހެވެ. އަދި ހަމަ އެހެންމެ ދިވެހި ޢާއްމު ބަހުގައި ހުސްނޫނު ހިމެނޭ ގިނަ ބަސްތަކެއްގައި އައްޑޫ މީހުން ހުސްނޫނު ބޭނުން ނުކުރެއެވެ. މީގެ ޙަޤީގަތަށް ބަލާއިރު އައްޑޫ މީހުން ބޭނުން ކޮށްފައި މިހުންނަނީ އެމީހުންގެ އަމިއްލަ އުފެއްދުންތަކެވެ. ދެބަހަށް ބެއްޔަސް ފާހަގަވަނީ އެއްބަޔަކު ހުސްނޫނު ބޭނުން ކުރާ ބައެއް ބަހުގައި އަނެއް ބަހު ން ހަމަ އެބަހުގައި ބޭނުން ނުކުރާކަމެވެ.

އެކަމަކު ހުސްނޫނު ބޭނުން ކުރުމުގެ ޤަވާއިދަށް ބަލާއިރު ބޭނުންކުރެވެއެވެ. އެހެނަސް ވަކި ބަހަކަށް އެބަސް އުފެދިފައި ވަނީ ހުސްނޫނު ނުލާ ކަމުގައިވަނީ ނަމަ އޭގައި ބޭނުން ނުކުރެވޭނެއެވެ. މިކަމުގައި ވަކިބަހެއްގެ ހުރި އުނިކަމެކޭވެސް ދެންނެވޭކަށްނެތެވެ.

މީގެތެރެއިން ދިވެހި ބަހުގައި ހުސް ނޫނު ބޭނުން ނުކޮށް އައްޑޫބަހުގައި ހުސްނޫނު ބޭނުން ކުރާ ބަސްތަކުގެ ބައެއް މިސާލު ތިރީގައި މިވަނީއެވެ.

ދިވެހިބަސް  އައްޑޫބަސް

ފާހަގަ   ފާހަނގަ
ރޯގާ   ރޯނގާ
ހަގު   ހަނގަ
ބޮޑާ   ބޮނޑާ
ބޮޑު   ބޮނޑަ

 އަދި ހަމަ އެގޮތަށް ދިވެހި ބަހުގައި ހުސްނޫނު ބޭނުން ކުރާއިރު އައްޑޫ ބަހުރުވައިގައި ބޭނުން ނުކުރެވޭ ބައެއް ބަސްބަހުގެ މިސާލު ތިރީގައި ލިޔެލާނަމެވެ.

ދިވެހި ބަސް  އައްޑޫބަސް
ދަނޑު   ދަޑަ
ވިލިނގިލި   ވިލިގިލި
ޖަނގިޔާ   ޖަގިޔާ
ސިނގިރެޓު  ސިގިރިޓި
ކުރުނބާ   ކުރުބަ

މިބަސްތައް މިގޮތަށް ބޭނުން ކުރެވުނަސް ދެބަހުގައިވެސް ހުސް ނޫނު ބޭނުން ކުރާ ބަސްތައް ވެސް އެބަހުއްޓެވެ. އޭގެތެރޭގައި އަނގަ، ބަނޑު ، ބަނދި، އަނބު ފަދަ ގިނަބަސްތަކެއް ހިމެނއެވެ. މއީ އައްޑޫ މީހުންގެ ހުރި ތަފާތެވެ. ހަމަމިގޮތަށް ފޯއްމުލަކާއި ހުވަދު އަތޮޅުގައިވެސް ހުރިތަފާތެއް ނަމަ ފާހަގަ ކޮށްލުކަމީ ރަނގަޅުކަމެއް ދޮގެއްތޯއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ