އަދުގެ ޚާއްސަ

Print

ސްކާލެޓް މެކޯ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތިމާވެށި


 ޝާކިރު

ގުރާ ސްކާލެޓް މެކޯ Scarlet Macaw އަކީ ބޮޑު ކުލަތައް ގިނަ ރީތި ގުރައެކެވެ. ބައެއްމީހުން ގަބޫލުކުރާ ގޮތުގައި ސްކާލެޓްއަކީ ދުނިޔޭގައިވާ އެންމެ ރީތި ދޫނިކަމުގައި ވާނެއެވެ. މިދޫނި އަހުލުވެރިވެފައިވާ ތަނަކީ އެމެރިކަން ޓްރޮޕިކްސް ގެ ފެހިކަންގަދަ ތެތްފިނި ޖަންގަލިތަކުގައެވެ. މިދޫނި އެންމެ އިރު ދެކުނު މެކްސިކޯ އިން އެމެޒޯނިއަން ޕެރޫ އަދި ބްރެޒިލްގައި ވެސް އުޅެއެވެ.  މި ދޫނިތައް ދިރިއުޅޭ މާހައުލު ހަލާކުވެ ނެތެމުން ދިއުމުންނާއި ދޫނީގެ ވިޔަފާރިކުރާމީހުންގެ އެތަކެތި ހިފުމުން ސަބަބުން މިދޫނިވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިއީ ހޮންޑިރަންHonduran   ގެ ގައުމީ ދޫންޏެވެ.

ސިފަ.

މިއީ ގަތްގަނޑަކަށް 81 - 96 ސީއެމް (32 - 36 އިންޗި) ބޮޑު ދޫންޏެކެވެ. ހުރިހާ މެކޯ ދޫނީގެވެސް ދެބައިކުޅަ އެއްބަޔަށް ވުރެ ދޫނީގެ ފިދުފަތް ދިގުވެފައި ހިމަ ވާނެއެވެ. އެވްރެޖްކޮށް މިދޫނީގެ ބަރުދަނަކީ ގާތްގަޑަކަށް ކިލޯގްރާމް (2 - 2.5 ރާތާ) އެވެ. ދޫނިފަތުން ހަށިގަނޑު ނިވާވެފައިވާ ދޫނީގެ ގިނަބާވަތްތަކަކީ ސްކާލެޓް އެވެ. ބުރަކަށީގެ ފަތްތަކާއި ފިދުފަތުގެ ފަތްތައް ހުންނާނީ މަޑުނޫކުލައިގައެވެ. ފިޔަފަތުގެ މަތީބައިން ނިވާވެފައި ހުންނަ ބައިގެ ކުލައަކީ ރީދޫ ކުލައެވެ. އަދި ފިޔަގަނޑުގެ ދަށްފަރާތާއި އުދުހުމުގައި ބޭނުންކުރާ ފިދުފަތުގެ ޑާކް ރެޑް ފަތްތަކުން މެޓަލިކް ގޯލްޑް ގެ ކުލަތައް އިރުއިރުކޮޅާ ފެންނަމުން ދާނެއެވެ. ބައެއް ވަކިވަކި ދޫނީގައި ފިޔަފަތުގައިވާ ރީދޫ ކުލައިގެ ބަންދުގެ ކައިރީ ފެހިކުލަ ހުރެއެވެ. މީގެ ސަބްސްޕައިސީޒް ގެ ތިން ވައްތަރެއްގެ ދޫނީގެ ފިޔަގަނޑުގައިވާ ރީދޫ ކުލައިގެ ބޭންޑް ފުޅާމިން ތަފާތެވެ. މިދޫނީގެ ތުބުން ފެށިގެން ލޮލުގެ ވަށައިގެން ހުދުކުލައިގެ ހުސް ހަންފަށެއްވާނެއެވެ. މޫނުގައިވާ މިހަންފަށުގައި ވަރަށް ކުދިކުދި ފަތްތަކެއް ވާނެއެވެ. ތުބުގެ މަތީބައިގެ ކުލަ އާންމުކޮށް ފަޑުވާނެއެވެ. ތުބުގެ ކޮޅުހުންނާނީ ބަޅުކޮށެވެ. ތުބުގެ ތިރީބައި ކަޅުވާނެއެވެ. މިވައްތަރު ދޫނީގެ ދެޖިންސުވެސް އެއްވައްތަރު ވާނެއެވެ. ހަމައެކަނި ތަފާތުވުމެއް އަންނާނީ މިދޫނީގެ އުމުރުގެ ގޮތުންނެވެ. އުމުރުން ހަގު ދޫނީގެ ލޮލުގެކުލަ ކަޅުވާނެއެވެ. ޢުމުރުން ދޮށިވިވަރަކަށް ލޮލުގެ ކުލަ މަޑުރީދޫ ކުލައަށް ބަދަލުވާނެއެވެ.

ސްކާލެޓް މެކޯ ކަރުތެރެއިން ނެރޭ ހިމަތޫލި އަޑާއި ބާރަށް ގޮވާގަންނަ ގަދަ އަޑާއި ބިރެއް ފެނިގެން ރޮއިގަންނައިރު އެނޭރޭ އަޑު އެތައް ހިސާބަކަށް ފޯރައިގެން ދާނެއެވެ.

އުމުރު.

ސްކާލެޓް މެކޯ ގެ އުމުރަކީ އާންމުގޮތެއްގައި 30 – 50 އަހަރާ ދެމެދެވެ. ބައެއް ދޫނި 75 ވަންދެންވެސް ދިރިތިބެއެވެ.

ކާނާ.

ސްކާލެޓް މެކޯސް އާންމުކޮށްކަނީ މޭވާ އާއި ގޮވާމުގެ ބާވަތްތަކެވެ. އޭގެ ތެރޭގައި ތޮށި ހަރު ބާވަތްތަކެވެ. ޖަންގަލީގެ ގަސްތަކުގެ މަތިން މިވައްތަރު ދޫނި ޖޯޑު ޖޯޑަށް ނުވަތަ އެކަނި އުދުހެނިކޮށް ފެންނާނެއެވެ. ބައެއް ހިސާބުތަކުން އައިން އައިންވެސް އެކުގައި އުޅެނިކޮށް ފެނިދާނެއެވެ. މިފާޑުގެ ދޫނި އާފަލާއި ބަދަނުގެ ބާވަތްތަކާއި ދޮންކޭލާއި އަދި އެހެނިހެން މޭވާ ކައެވެ. އަދި މާމަލުގެ ކަރުގަނޑާއި ޅަގަސްވެސް ކައެވެ.

ދަރިމައިވުން.

ސްކާލެޓް މެކޯ ހާލިހަދާ ބިސްއަޅަނީ ގަސްގަހުގެ ތޮފަޅައަށެވެ. ބިސްއަޅާފަހަރަކު ދެ ބިސް ތިންބިސް އަޅައެވެ. ބިސްހުންނަނީ ހުދުކުލައިގައެވެ. މީގެ އަންހެން ދޫނި ބިސްފީކޮށް ފިޔޮއްވިއްސަނީ ގާތްގަނޑަކަށް 28 ދުވަހުންނެވެ. މީގެ ޅަދޫނި އުދުހެންފަށަނީ ވިހާތާ ގާތްގަނޑަކަށް 90 ދުވަހުންނެވެ. މިދޫނި މައިފިއްލަނީ ގާތްގަނޑަކަށް އެއް އަހަރު ފަހުންނެވެ.

މާހައުލު

ސްކާލެޓް މެކޯސް އަސްލު މާހައުލަކީ ސަބްޓްރޮޕިކަލް ރެއިން ފޯރެސްޓް ތަކާއި ތެތްފިނި ތިރިބިންތަކެވެ. ޖަންގަލި ތަކާއި ކޯރުތަކުގެ އައްސޭރިފަށާއި ސެންޓްރަލް އަދި ސައުތު އެމެރިކާ ގަސްމަދު ވިނަ ބޯކޮށް ހެދިފައިހުންނަ ހޫނުބިންތަކެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ