އަދުގެ ޚާއްސަ

Print

ނުބައިމީހެއްގެ ސައިކަލު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް

                   
އާދަމް ނަޞީރު އިބްރާހީމް (2009)

ޖަމީލާއި އަޙުމަދަކީ، ކޮންމެ ދުވަހަކު ވެސް އެކީގައި ކޮންމެވެސް ތާކަށް ސައިބޯންދާ ދެމީހުންނެވެ. އަޙްމަދަކީ، ސައިކަލު ދުއްވަން ދަންނަމިހެއް ނޫނެވެ. ސައިކަލު ދުއްވަން ދަންނަނީ، ޖަމީލެވެ.  ސަޔަށްދަނީ، ދެމީހުން އެއްސައިކަލެއްގަ އެވެ.

މި ދެ އެކުވެރިންގެ ސައިމޭޒަކީ، ދުނިޔޭގައި ލައިހެއްދެވިހައި ވާހަކަ އެއްގެ މަޖިލީހެކެވެ. ހިނގަމުންދާ ކަންކަމާއި ހިނގާފައިވާ ކަންކަމެވެ. އަމިއްލަ ވާހަކައާއި، އެހެންމީހުންގެ ވާހަކަ އެވެ. ގައުމުގެ ވާހަކައާއި، ދުނިޔޭގެ ވާހަކަ އެވެ. ނަމަވެސް ޖަމީލު މާ ޝައުޤުވެރިވާ މައުޟޫޢަކަށް ނުވާތީ، ބަހުގެ ހަމައިގެ ވާހަކަ އަކީ، މި މޭޒާ އެހާ ރައްޓެރި ވާހަކައެއް ނޫނެވެ.  އެހެން ނޫންނަމަ އަޙްމަދު ވަރަށް ގިނައިން އެ ފިތަށް ވެސް އޮބާލީހެވެ.

މި އަދު ބޮޑަށް ދެކެވުނު ވާހަކަ އަކީ، ކުޑަ އިރުގެ ވާހަކަ އެވެ. ތަފާތު ރަޙްމަތްތެރިންގެ ވާހަކަ އެވެ.  ކިޔަވަން އުޅުނު އިރު ބައެއް އެހިތެރިކަން ފޯރުކޮށްދިން މަދަދުވެރިންގެ ވާހަކަ އެވެ.

އޭގެ ތެރޭން އެކަކު ކަމުގައި މިވަނީ ޞަމަދެވެ. ޖަމީލުގެ މަދަރުސާ ދުވަސްވަރުން ފެށިގެން ޞަމަދަކީ ވަރަށް ހެޔޮ މީހެކެވެ. ދިމާވި ދަތިތައް ޙައްލުކުރުމުގައި އެހީތެރި އެކެވެ. ރަޙަމަތްތެރިކަމުގައި ވަފާތެރި އެކެވެ. އެކުވެރި ކަމުގައި ގުޅުންތެރި އެވެ.  ޞަމަދުގެ އެ ރިވެތި އަޚުލާޤާއި، އެކުއުޅެން ފަސޭހަ ސުލޫކުގެ މަތިން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށް ޖަމީލު ބުންޏެވެ. އޭނާ އާ ދިމާޔަށް މީހަކު ނޭދެވޭ ބަހެއް ބުންޏަސް ދެރަވާ ކަމަށް ބުންޏެވެ. '' އެވަރުގެ އެހީތެރި ރައްޓެއްސަކާ ދުވަހަކު ވެސް ދިމާވެފަކާ ނެތް" ޖަމީލު ވާހަކަ ނިންމާ ލަމުން ބުންޏެވެ.

ސައިބޮއި ނިމިގެން، އާދައިގެ މަތިން ސައިކަލާ ދިމާޔަށް ހިނގައިގެންފި އެވެ.  ޖަމީލަކީ، ވަރަށް މުށްބާރު، އެކަމަކު، ''އޮމާން'' މީހެކެވެ. ސާފުތާހިރު ކަމަށް ލޯބި ކުރާ މީހެކެވެ. އެހެންކަމުން، ސައިކަލު ބެހެއްޓިފައި ހުރިތާނގެ ކައިރީގައި ހުރި، ހިރުނދު ގަހެއްގެ ގުދުމަތީ އޮތް ފޮތި ކޮޅަކުން ސައިކަލު ފޮހެން ފަށައިފި އެވެ. ދެފުރޮޅުގެ ދުނިތަކަށް ދަންދެން ފުހުނެވެ. އޮފު އަރުވައިލި އެވެ. ދެވެރިންމެ އޮލަ ވާހަކައިގައި ތިބެގެންނެވެ.

ސައިކަލަށް އަރައިފި އެވެ. ދެން އޮތީ އިސްޓާޓުކޮށްލުމެވެ.  ކުއްލިއަކަށް ވިސްނައި ލެވިއްޖެ އެވެ. ހިއްލައިފައިވާ، ދަލާއި، ވެފައިވާ ވަރުބައްޔާ މެދު ވިސްނައިލައިފައި ކަކަ ކަކަ އަޅައިފައި ޖަމީލަށް ހީނގަނެވުނެވެ.

އަޙްމަދު: ކިހިނެއްވީ؟

ޖަމީލު:  މި ހުރިހާ މަސައްކަތުން މި ފޮހެ އޮފު އެރުވުނީ، ނުބައި މީހެއްގެ ސައިކަލު...

އަޙްމަދު: ހަމަ ތެދެއްތަ؟ އާނ! ތެދެކޭ ދޯ!

ދެ މީހުނަށް ވެސް އިތުރަށް ހީނގަނެވުނެވެ. ތެދެކެވެ. މި ސާފު ކުރެވުނީ ޖަމިލުގެ ސައިކަލެއް ނޫނެވެ. ލިބުނު ދެރަ ލަނޑުގެ މައްޗަށް ލަދުގަނެ ވީ ދެރައިން، އަމިއްލަ ސައިކަލު ހޯދައިގެން، އެ ސައިކަލުގެ މައްޗަށް އެރިތަނާ ފެނުނީ ދޭތެރެ އަކުން ހުރި ގޮޅި އަކުން، ޞަމަދު ނިކުމެގެން އަންނަ ތަނެވެ. ޖަމީލަށް ބޭ އިޚްތިޔާރުގައި ކުއްލިޔަކަށް، ސައިކަލުން ފޭބިއްޖެ އެވެ. ދެމީހުން ބައްދަލު ވެއްޖެ އެވެ. ސަލާން ގަލާން ކުރެވިއްޖެ އެވެ. ހިނިތުންވުންތައް ހަދިޔާ ކުރެވިއްޖެ އެވެ. ހާލު އަހުވާލު އޮޅުން ފިލުވުނެވެ. އަޖައިބު ކަމަކީ، ޞަދަމު ގޮސް އެރީ އެއްކަލަ ފޮހެ އޮފު އެރުވުނު ސައިކަލަށެވެ.

ދިމާވި ހާދިސާ ޞަމަދަށް ކިޔައި ދިނުމުން ޞަމަދުވެސް ބިނދި ބިނދިފައި ހެނީ އެވެ. ތިންމީހުން އެކީގައި ދަތުރަށް ފެށި އެވެ. ނަމަވެސް ކުޑަ އިރުކޮޅަކުން، ޞަމަދު އެހެން ގޯޅިއަކަށް މިސްރާބު ބަދަލު ކޮށްލި އެވެ.  އެކީގައިވީ އަޙްމަދާއި، ޖަމީލެވެ.

އަޙްމަދު:  އޭ މި އަދު  ދިވެހި ބަހުގެ ވާހަކަ އެއް ބުނަން ބެނުން.. ''ދިމާވެފަކާ'' އޭ ބުނީމާ ވަރަށް ބޮލަށް އުނދަގޫ.. މަށަށް ހަމަ ހިތްފަސޭހައީ، ''ދިމާވެފައެއް ނެތޭ'' ބުނީމާ!

ޖަމީލު:   އެއްކަލަ އަޙްމަދު! އެދެން ރަނގަޅު ވާނެ! އެއީ މައްސަލަ އެއްނޫން!

އަޙްމަދު:  އެހެން ވިއްޔާ އެންމެ ރަނގަޅު ޖަމީލުގެ ބައްޕައަކީ  ވަރަށް ނުބައި މީހެއްތަ؟

ޖަމީލު:   އަނެއްކާ ކިހިނެއްވީ؟ ނޫން.... ބައްޕަ އަކީ ވަރަށް ރަނގަޅު މީހެއް...

އަޙްމަދު:  ޞަމަދު ބުނި ޖަމީލު ބައްޕައަކީ، ވަރަށް ނުބައި މީހެކޭ...

ޖަމީލު:  ނުބުނާނެ! ނުބުނާނެ! ޞަމަދެއް ނުބުނާނެ! ޞަމަދަކީ އެއަށްވުރެ މާރަނގަޅުމީހެއް..

އަޙްމަދު: ދެން ކީއްވެ މީގެ ކުރިން  ޞަމަދަކީ، ނުބައި މީހެކޭ ބުނީ؟

ޖަމީލު:  ކޮން އިރަކު ބުނީ؟ ކާކު ބުނީ؟ މަށެއް ނުބުނަން!

އަޙްމަދު: ޞަމަދުގެ ސައިކަލަށް އަރާފައި ބުނީމެއްނު ނުބައި މީހެއްގެ ސައިކަލޭ.. އެމީހާ އެކީ ކާކު ކަން ނޭނގެނީސް ކިހިނެއް ނުބައި މީހެއްކަން އެނގޭނީ؟

ޖަމީލު:  ހޫނ ހޫނ! އެއްކަލަ އަޙްމަދު؟ ދެން ކީކޭތަ ބުނަންވީ؟ އެ ނުވާނެ ދޯ ނުބައި މީހަކަށް! އަމުދުން ޞަމަދަކީ މަށަށް ވަރަށް ހެޔޮ މީހެއް.

އަޙްމަދު: އާނ! އެތާ ބުނަން ޖެހޭނީ، މިއީ އެހެން މީހެއްގެ ސައިކަލޭ، ކޮންމެ ބަހެއްވެސް ބޭނުންކުރަންޖެހޭ މުނާސާބު ޙާލަތެއް އޮވޭ.... އެކަންކަމަށް ވިސްނައިނުލައި އުޅެނިކޮށް މި އޮއްފަދަ ޤާނޫނީ ޒަމާނުގައި މީހަކު އަބުރުގެ ދަޢުވާ އެއް ކޮށްފިއްޔާޔޯ؟ އެހެން ވެއްޖެއްޔާ އެކަންވާނެ ހަމަގައިމުވެސް މައްސަލަޔަކަށް.

ޖަމީލު:  ހޫނ! ހޫނ! ހޫނ! އެހެން ވަނީ ދޯ؟ ކުރިން ތިޔަ ކަހަލަ ކަންކަމަށް އެހާ ވިސްނައިލެވިފައެއް ނެތް!

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ