އަދުގެ ޚާއްސަ

Print

އެޗް. ޓީ. ސީ. ޓަޗް ކްރޫޒް 09

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


ޢަބްދުﷲ ފިރާޤު

އެޗް. ޓީ. ސީ. ޓަޗް ކްރޫޒް 09 މޯބައިލް ފޯނަކީ އެޗް. ޓީ. ސީ. ގެ އެންމެފަހުގެ އެއް އުފެއްދުމެވެ. 2009 ފެބްރުއަރީގައި ބާޒާރަށް ނެރެފައިވާ މި ފޯނަކީ މޯބައިލް ފޯނުގެ އާ އުފެއްދުންތަކަށް ލޯބިކުރާ ފަރާތްތަކަށް ގެނުވި ހިނިތުންވުމަކަށްނޫނީ ނުވާނެއެވެ.
 
•    މިފޯނަކީ 2 ޖީ އަދި 3 ޖީ ނެޓްވޯރކްގައިވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާފޯނެކެވެ. 2 ޖީ ނެޓްވޯރކްތަކުގައި ޖީ. އެސް. އެމް 1900 / 1800 / 900 / 850 މި ބޭންޑްތަކުގައި މި ފޯނު ބޭނުންކުރެވޭނެއެވެ. 3 ޖީ ނެޓްވޯރކެއްނަމަ އެޗް. އެސް. ޑީ. ޕީ. އޭ 2100 / 900 މި ބޭންޑްތަކުގައި ބޭނުންކުރެވޭނެއެވެ. އެހެންކަމުން ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް މި ފޯނު ބޭނުންކުރެވޭނެއެވެ.
 
•    އެޗް. ޓީ. ސީ. ޓަޗް ކްރޫޒަކީ ވިންޑޯސް މޯބައިލް ޕްރޮފެޝަނަލް 6.1 އޮޕަރޭޓިންގ ސިސްޓަމް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. މި ފޯނުގެ ޕްރޮސެސަރު ސްޕީޑަކީMHz 528 އެވެ.
•    މި ފޯނުގައި ފާހަގަކުރެވޭ މުހިންމު އެއްސިފައަކީ މި ފޯނުގައި ބޭނުންކުރެވިފައިވާ 256MB ރޭމް އެވެ. އެހެންކަމުން ވަރަށް ހަލުވިކަމާއެކު މި ފޯނުގައި އޮޕަރޭޓިންގ ސިސްޓަމް މަސައްކަތް ކުރާނެއެވެ.
 
•    512MB އިންޓާރނަލް މެމޮރީއެއް ހިމެނޭއިރު މައިކްރޯ އެސް. ޑީ. ކާޑް ވެސް ބޭނުންކުރެވޭނެއެވެ.
 
•    ފޯނުގެ އިސްކިރީނަކީ ޓީ. އެފް. ޓީ. ޓަޗް އިސްކިރީނެކެވެ. އިސްކިރީންގެ ބޮޑުމިނަކީ 2.8 އިންޗިއެވެ.
 
•    އެޗް. ޓީ. ސީ. ޓަޗް ކްރޫޒްގައި މުޅިންއަލަށް މޯބައިލްފޯނަށް އިތުރުކުރެވޭ ޚިދުމަތެއްވެސްވެއެވެ. އެއީ "އެޗް. ޓީ. ސީ ފްޓްޕްރިންޓް" އެވެ.
 
•    މިފޯނުގެ ކުލައަކީ ކަޅުކުލައެވެ. ފޯނުގެ ކުރިމަތީގައި 4 ފިތް ހިމެނޭއިރު، 5 ގޮތަށް ނެވިގޭޓްކުރެވޭ ފިތެއްވެސް ހިމެނެއެވެ.
 
•    އެޗް. ޓީ. ސީ. ޓަޗް ކްރޫޒް 09 ގެ ދިގުމިނުގައި ހުންނާނީ 102 މިލިމީޓަރެވެ. ފުޅާމިނަކީ 53.5 މިލިމީޓަރެވެ. އަދި ބޯމިނުގައި ހުންނާނީ 14.5 މިލިމީޓަރެވެ. މި ފޯނުގެ ބަރުދަނުގައި ހުންނަނީ އެންމެ 103 ގްރާމެވެ.
 
•    ރަނގަޅަށް ބެޓެރީ ޗާރޖްކުރެވިފައިވާ އެޗް. ޓީ. ސީ. ޓަޗް ކްރޫޒް ފޯނަކުން މަދުވެގެން 6 ގަޑި 30 މިނެޓް ވާހަކަދެއްކޭނެއެވެ. އަދި ސްޓޭންޑްބައި ގޮތުގައި 400 ގަޑިއިރު ބޭނުންކުރެވޭނެއެވެ.
 
•    މި ފޯނުން ވެބް ބްރައުޒިން، އެސް. އެމް. އެސް، އެމް. އެމް. އެސް، އީ – މެއިލް އަދި އިންސްޓެންޓް މެސޭޖްގެ ޚިދުމަތް ފަސޭހަކަމާ އެކު ހޯދޭނެއެވެ.
 
•    3.15 މެގަޕިކްސެލް (1536 × 2048 ޕިކްސެލް) ގެ ކެމާރާއެއްހިމެނޭއިރު، ފޮޓޯ ނެގުމަށާއި ވީޑިއޯ ކުރުމަށްވެސް މި ކެމެރާ ބޭނުންކުރެވޭނެއެވެ.

•    މިފޯނުގައި ބްލޫޓޫތްގެ ޙިދުމަތާއި، ވައިފައިގެ ޚިދުމަތްވެސް ހިމެނެއެވެ. އަދި މިނީ ޔޫ. އެސް. ބީ 2 ގެ އެހީގައި ކޮމްޕިއުރާއި ގުޅާލެވޭނެއެވެ.
 
•    ފޯނުގެ ރިންގްޓޯނުގެ ގޮތުގައި ބޭނުންކުރެވިފައިވަނި ޕޮލީފޮނިކް ރިންގްޓޯނެވެ. ނަމަވެސް އެމް. ޕީ. 3 ކޮށް ހުންނަ ރިންގޓޯނުވެސް ޑައުންލޯޑް ކުރެވޭނެއެވެ.
 
•    މި ފޯނުގައި ފޯނު ނަމްބަރުތައް ރައްކާކުރުމަށް ވަކި މިންވަރެއްނެތެވެ. ބޭނުން އަދަދަކަށް ބޭނުން މަޢުލޫމާތަކާ އެކު ފޯނު ނަމްބަރުތައް ރައްކާކުރެވޭނެއެވެ.
 
•    އެންމެފަހުގެ ޖީ. ޕީ. އެސް ރިސީވަރެއް ހިމެނޭއިރު އޭ – ޖީ. ޕީ. އެސްގެ ޚިދުމަތްވެސް މި ފޯނުގައި ވެއެވެ.
 
•    ޕޮކެޓް އޮފިސް ސޮފްޓްވެއަރ ހިމެނޭއިރު ވޯޑް، އެކްސެލް އަދި ޕަވަރޕޮއިންޓް ފަސޭހަކަމާއެކު ބޭނުންކުރެވޭނެއެވެ. ހަމަ މިއާއެކު ޕީ.ޑީ.އެފް ފައިލް ވެސް ފަސޭހަކަމާއެކު ބެލޭނެއެވެ.
 
•    އެމް.ޕީ 3 އަދި އޭ.އޭ.ސީ އޯޑިއޯ އަށް ޚާއްޞަ ކުރެވިފައިވާ ޕްލޭޔަރެއް ހިމެނޭއިރު، 3 ޖީ.ޕީ، އެމް.ޕީ 4 އަދި އޭ.ވީ.އައި ވީޑިއޯވެސް ބެލޭނެއެވެ.
•    އެޗް. ޓީ. ސީ. ޓަޗް ކްރޫޒް 09 ފޯނެއްގެ އަގަކީ 559.95 އެމެރިކާ ޑޮލަރު (7195.35 ރުފިޔާ) އެވެ. ބައެއް އޮންލައިން ފިހާރަތަކުން 499.99 އެމެރިކާ ޑޮލަރު (6424.8 ރުފިޔާ) އަށްވެސް ލިބޭނެއެވެ.
 
•    ފޯނު ބައްލަވައިގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަންބަރު އޮތްތޯ ބައްލަވަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަންބަރު ހޯއްދަވައި ރައްކާކުރައްވަންވާނެ އެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯނު ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަންބަރު ބޭނުންވާނެއެވެ. #06#* (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެއްސެވުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލެއްވުމުން ފޯނުގެ ސީރިއަލް ނަންބަރު ފޯނުގެ އިސްކްރީނަށް އަރާނެއެވެ.
    (ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ