އެލް.ޖީ KC910i ރެނޯރ LG KC910i Renoir
ޢަބްދުﷲ ފިރާޤު
އެލް.ޖީ ގެ މި އުފެއްދުމަކީ ދާދިފަހުން އެކުންފުނިން ބާޒާރަށް ނެރެފައިވާ ފޯނެކެވެ. މޯބައިލްފޯނުގެ ފަހުގެ ވަސީލަތްތައް ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ މިފޯނަކީ އެލް.ޖީ ގެ އުފެއްދުންތައް ކަމުދާ ފަރާތްތަކަށް ވަރަށް ކަމުދާނެ ފޯނެއްކަމަށް ބެލެވެއެވެ. 2 ޖީ، އަދި 3 ޖީ ނެޓްވޯރކްގައިވެސް އެލް.ޖީ ރެނޯރ ބޭނުންކުރެވޭނެއެވެ.
• ނެޓްވޯރކް:-
o 2 ޖީ ނެޓްވޯރކް: GSM 900 / 1800 / 1900
o 3 ޖީ ނެޓްވޯރކް: HSDPA 900 / 2100
• އެލް.ޖީ ރެނޯރ ފޯނެއްގެ ބަރުމިނުގައި ހުންނާނީ 114 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 107.8 މިލިމީޓަރެވެ. ފުޅާމިނުގައި 55.9 މިލިމީޓަރު ހުންނައިރު ފޯނުގެ ބޯމިނަކީ 14 މިލިމީޓަރެވެ.
• މިފޯނުގެ އިސްކިރީނަކީ ޓީ.އެފް.ޓީ ޓަޗް އިސްކިރީނެކެވެ. އިސްކިރީނުގެ ބޮޑުމިނަކީ 3 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 400 × 240 ޕިކްސެލްސް އެވެ.
• ރިންގްޓޯންގެ ގޮތުގައި ބޭނުންކުރަނީ ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯނެވެ. މި ދެވައްތަރުގެ ރިންގްޓޯން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
• ބޭނުންނަމަ ފޯނުނަންބަރުތައް ރައްކާކުރާއިރު ފޮޓޯއާއިއެކު ނަންބަރުތައް ބެހެއްޓޭނެއެވެ. ފޯނަށް އަންނަ ކޯލް 40، ގުޅާކޯލް 40، އަދި 40 މިސްކޯލް ފޯނުގައި ރައްކާކުރާނެއެވެ.
• މިފޯނުގައި 1 ނުވަތަ 2 ގިގަބައިޓް އިންޓާރނަލް މެމޮރީ ހުރެއެވެ. ބޭނުންނަމަ 16 ގިގަބައިޓާއި ހަމައަށް މައިކްރޯ އެސް.ޑީ ކާރޑް ވެސް ބޭނުން ކުރެވޭނެއެވެ.
• GPRS ޑާޓާރ ޓްޓާންސްފަރ ރޭޓަކީ kbps48 – 32 އެވެ. 3 ޖީ ނެޓްވޯރކްގައި Mbps7.2 އެވެ.
• އެލް.ޖީ ރެނޯރ ފޯނުން ވައި ފައި ގެ ޚިދުމަތްވެސް ލިބޭނެއެވެ. އަދި ބްލޫޓޫތްގެ ޚިދުމަތާއި، ޔޫ.އެސް.ބީ ގެ ޚިދުމަތްވެސް މިފޯނުގައިވެއެވެ.
• މިފޯނުގައިވަނީ 8 މެގަރ ޕިކްސެލް، 2448 × 3264 ޕިކްސެލް ގެ ކެމެރާއެކެވެ. އޮޓޯ އަދި މެނުއަލްކޮށް ފޯކަސްކުރެވޭ މި ކެމެރާގައި ޒެނަން ފްލޭޝް ވެސް ހިމެނެއެވެ. މި ކެމެރާއިން ވީޑިއޯވެސް ކުރެވޭނެއެވެ.
• އެލް.ޖީ ރެނޯރ ފޯނުން އެސް.އެމް.އެސް، އީ.އެމް.އެސް، އެމް.އެމް.އެސް އަދި އީ-މެއިލްވެސް ފޮނުވޭނެއެވެ. އިންޓަނެޓްގެ ޚިދުމަތްވެސް މިފޯނުން ލިބޭނެއެވެ.
• ކަޅުކުލައިގެ އެލް.ޖީގެ މިފޯނުނައި FM ރޭޑިއޯވެސް ހިމެނޭނެއެވެ. އަދި އެމް.ޕީ3 ލަވަޖަހާލެވޭ، ގިނަ ވީޑިއޯ ފޯމެޓްތައް ސަޕޯޓްކުރާ ޕްލޭޔަރެއްވެސް ހިމެނެއެވެ.
• ވޯޑް، އެކްސެލް އަދި ޕަވަރޕޮއިންޓް ޑޮކިއުމެންޓްތައްވެސް ފަސޭހަކަމާއިއެކު ބަލާލެވޭނެއެވެ. އަދި ހަމަމިއާއި އެކު ޕީ.ޑީ.އެފް ކޮށްހުންނަ ލިޔުންތައްވެސް ބަލާނެވޭނެއެވެ.
• މިފޯނަކީ ޓީ.ވީ އާއި ގުޅާލެވޭގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. އެހެންކަމުން މިފޯނުން ނަގާ ވީޑިއޯ ސިޓިންގރޫމް ތަކުގައި ތިބެގެން ބަލާލެވުމަކީ ލިބޭނެ ވަރަށްބޮޑު ހިތްހަމަޖެހުމަކަށް ވާނެކަމަށް ބެލެވެއެވެ.
• GPS ނެވިގޭޝަން ސިސްޓަމްވެސް މިފޯނުގައިހިމެނެއެވެ. އެހެންކަމުން މިފޯނަށް A-GPS ސަޕޯރޓްކުރާނެއެވެ.
• އެލް.ޖީ ރެނޯރ ފޯނުގައި ބޭނުންކޮށްފައިވަނީ 1000 މިލިއެމްޕެއަރުގެ ބެޓެރީއެކެވެ. ފޯނުން ވާހަކަދެއްކޭނެ ކަމަށް ލަފާކުރެވެނީ 3 ގަޑިއިރެވެ. ނަމަވެސް 264 ގަޑިއިރު ސްޓޭންޑްބައިގައި ބޭނުންކުރެވޭނެއެވެ.
• ފޯނު ބައްލަވައިގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަންބަރު އޮތްތޯބައްލަވަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަންބަރު ހޯދާ ރައްކާ ކުރައްވަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެއްސެވުމުން ނުވަތަ ސެންޑް ބަޓަނަށް ފިތައިލެއްވުމުން ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކިރީނަށް އަރާނެއެވެ.