އަދުގެ ޚާއްސަ

Print

މަތިންދާ ބޯޓުގެ ސުވާލު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ
ޝާޢިރުލްމަޤުތޫލު (2009)


އަހަރެން އުފެއްދި މީހާ އަށް ޝުކުރުވެރިވަމެވެ.
އޭނާގެ ވިސްނުން ވަރަށް ތޫނެވެ.
އޭނާގެ މަޢުލޫމާތު ފަގީރެއް ނޫނެވެ.
އޭނާ ކިހާ މޮޅު ހެއްޔެވެ؟

އަހަރެންގެ ނިޒާމުތައް ވަރަށް ތަރުތީބެވެ.
އިންތިޒާމުތައް ވަރަށް ފުރިހަމަ އެވެ.
ދަތުރުގެ ބަރުތަކާއި ބުރަތައް އުފުލޭނެ ޤާބިލުކަން އަހަރެންގައިވެ އެވެ.
މި ގޮތް ކިހައި ފުރިހަމަ ހެއްޔެވެ؟


އަހަރެން ދާން އޮތް މަގު ކުރަހައިދީފައިވެ އެވެ.
އެ މަގުގައި ގުދުކަމެއް ނެތެވެ.
ތަނަވަސް ތެދުމަގެކެވެ.
ސީދާ ގޮތުގައި ދާނަމަ އެ މަގުން ފަޒާގެ ތެރެއަށް ނިކުމެ އުދުހެވެއެވެ.
އެ މަގު ކިހާ ސާފު ހެއްޔެވެ؟

އެކަމަކު!!

މި މަގުން އަހަރެން ކައްސައިލައިފިނަމަ....!
ކުރިމަތިވަނީ،  ހަލާކެވެ. ފަނާވުމެވެ. އަލިފާނެވެ. ހަނާވުމެވެ.

އިންސާނާއެވެ! ކަލޭ އަހަރެން އުފައްދައިފައި އަހަންނަށް މަގު ދެއްކީމު އެވެ.
އަހަރެންގެ ދަތުރު ކާމިޔާބު ކުރުމަށްޓަކައި ހުރިހައި ވަގުތަކު އެ މަގުގައި ސީދާވުން ލާޒިމުކުރީމު އެވެ.؟

ހަމަ އެހެންމެ، ކަލޭ އުފެއްދެވި ފަރާތުން ކަލެއަށްޓަކައި ސީދާ މަގެއް ދައްކަވާނެ ކަންކަށަވަރެވެ.
ވީއިރު، ޙަޔާތުގެ ދަތުރުގައި މަގުން ކައްސައިލާ ވަގުތު،  ކަލެއާއި، އަހަރެންގެ ފަރަކީ ކޮބައިހެއްޔެވެ؟

ހަމަމިގަލަމުން

އިދާރާ

ވާހަކަ