އަދުގެ ޚާއްސަ

Print

ޙަޒީނު މަރުވީ ކޮންކަމަކުންހެއްޔެވެ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ
ޝާޢިރުލްމަޤުތޫލު (2009)

މީގެ 17 ސިކުންތު ކުރިން، ޙަޒީނު މަރުވެއްޖެ އެވެ.

އޭގެ 17 މިނެޓުކުރިން އޭނާގެ ބޮލުން ލޭފައިބަންފެށި އެވެ.
 
އޭގެ 17 ދުވަސްކުރިން އޭނާ ސައިކަލު އެކުސިޑެންޓެއްވި އެވެ.

އޭގެ 17 ހަފުތާ ކުރިން، އޭނާ މަގުމަތީ ދުއްވުމުގެ ޤާނޫނު މުގުރައިލި އެވެ.
 
އޭގެ 17 މަސް ކުރިން އޭނާ މަސްތުވާތަކެތި ބޭނުން ކުރަންފެށި އެވެ.
 
އޭގެ 17 އަހަރު ކުރިން އޭނާގެ މަންމައާއި ބައްޕަ ވަރިވެއްޖެ އެވެ.

އޭގެ 19 ސިކުންތު ކުރިން ދެމަފިރިން، އަތް އިސްކޮށްގަތެވެ.
އޭގެ 19 މިނިޓު ކުރިން، ދެ މަފިރިން، ޒުވާބު ކުރަންފެށި އެވެ.
އޭގެ 19 ހަފުތާ ކުރިން، އަނބިމީހާގެ ބޭވަފާ ފަޟީޙަތްވި އެވެ.
އޭގެ 19 މަސްކުރިން، ކޮރަޕްޝަންގެ މައްސަލައެއްގައި ފިރިމީހާ ހައްޔަރު ކުރި އެވެ.
އޭގެ 19 އަހަރު ކުރިން ދެމީހުން ކާވަނި ކުރި އެވެ.

އޭގެ  18 ސިކުންތު ކުރިން، ދެމީހުން ދެ ފިނިފެންމާ ގަސްފަދަ އިން ނަލަ ހެއްދުނެވެ.
އޭގެ 18 މިނިޓު ކުރިން، ދެމީހުންގެ ނިދާ ކޮޓަރި ޑެކަރޭޓު ކުރެވުނެވެ.
އޭގެ 18 ދުވަސް ކުރިން، ދެމީހުންގެ ހަނީމޫނު ޓިކެޓު އޯކޭ ކުރެވުނެވެ.
އޭގެ 18 ހަފުތާ ކުރިން، އެދެމީހުން އެންގޭޖު ކުރެވުނެވެ.
އޭގެ 18 މަސްކުރިން، އެދެމީހުންގެ ލަދު ޢިއްފަތުގެ ފަރުދާ އަންދައި އަޅިޔަށް ހަދައިލި އެވެ.


މީގެ 18އަހަރު ކުރިން ޙަޒީނު އުފަންވެއްޖެ އެވެ.
މީގެ 20 މިނިޓުފަހުން ޙަޒީނު ވަޅުލާނެ އެވެ.
ޙަޒީނު މަރުވީ ކޮންކަމަކުން ހެއްޔެވެ؟

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ