އަދުގެ ޚާއްސަ

Print

މޮޓޮރޮލާ A3100

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


ޢަބްދުﷲ ފިރާޤު

•    މޮޓޮރޮލާގެ މި އުފެއްދުމަކީ 2009 މާރޗް މަހު ބާޒާރަށް ނެރެފައިވާ ފޯނެކެވެ. 2 ޖީ، އަދި 3 ޖީ ނެޓްވޯރކްގައިވެސް މިފޯނު ބޭނުންކުރެވޭނެއެވެ. މޮޓޮރޮލާގެ މި އުފެއްދުމަކީވެސް ޒަމާނުގެ ފަހުގެ ގޮތްތައް ބޭނުންކުރެވިގެން އުފައްދާފައިވާ ފޯނެކެވެ. މިގޮތުން ޓަޗް އިސްކިރީނާއި، ވައި ފައި ފަދަ ޚިދުމަތްތައް މިފޯނުގައި ހިމެނެއެވެ.
 
•    ނެޓްވޯރކް:-
•    2 ޖީ ނެޓްވޯރކް: GSM 850/ 900 / 1800 / 1900
•    3 ޖީ ނެޓްވޯރކް: HSDPA 850 / 900 / 2100
 
•    މިފޯނުގެ ބަރުމިނުގައި ހުންނާނީ 119 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 110 މިލިމީޓަރެވެ. ފުޅާމިނުގައި 59.7 މިލިމީޓަރު ހުންނައިރު ފޯނުގެ ބޯމިނަކީ 13.7 މިލިމީޓަރެވެ.
 
•    މިފޯނުގެ އިސްކިރީނަކީ ޓީ.އެފް.ޓީ ރެސިސްޓިވް ޓަޗް އިސްކިރީނެކެވެ. އިސްކިރީނުގެ ބޮޑުމިނަކީ 2.8 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 320 × 240 ޕިކްސެލްސް އެވެ.
 
•    ރިންގްޓޯންގެ ގޮތުގައި ބޭނުންކުރަނީ ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯނެވެ. މި ދެވައްތަރުގެ ރިންގްޓޯންވެސް ޑައުންލޯޑް ކުރެވޭނެއެވެ.
 
•    އާންމުކޮށް ބަލާއިރު ފޯނު ނަމްބަރުތައް ރައްކާ ކުރާކަށްވަކި މިންވަރެއް ނެތެވެ. އަދި ލިބޭ ފޯންކޯލްތަކާއި އަންނަ ފޯންކޯލްތަކުގެ ރެކޯރޑްސް ވެސް ފޯނު މެމޮރީގައި ހުންނާނެ ވަކިއަދެއް ނެތެވެ. އެހެންކަމުން މި ހުރިހާ މަޢުލޫމާތެއްވެސް ފޯނުން ފޮހެލަންދެން ފޯނުގައި ހުންނާނެކަމަށް ބެލެވެއެވެ.
 
•    މިފޯނުގެ ސްޓޯރޭޖް މިންވަރަކީ 250 މެގަބައިޓެވެ. 128 މެގަބައިޓް ރެމް ވެސް މިފޯނުގައިވެއެވެ. މިފޯނަކީ އެކްސްޓާރނަލް ކާޑް ވެސް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. އެހެންކަމުން 16 ގިގަބައިޓާއި ހަމައަށް މައިކްރޯ އެސް.ޑީ ކާޑް ވެސް ބޭނުން ކުރެވޭނެއެވެ.  
 
•    GPRS ޑާޓާރ ޓްޓާންސްފަރ ރޭޓަކީ kbps48 – 32 އެވެ. 3 ޖީ ނެޓްވޯރކްގައި Mbps7.2 އެވެ.
 
•    މޮޓޮރޮލާގެ މިފޯނުން ވައި ފައި ގެ ޚިދުމަތްވެސް ލިބޭނެއެވެ. އަދި ބްލޫޓޫތްގެ ޚިދުމަތާއި، ޔޫ.އެސް.ބީ ގެ ޚިދުމަތްވެސް މިފޯނުގައިވެއެވެ.
 
•    މިފޯނުގައިވަނީ 3.15 މެގަރ ޕިކްސެލް، 1536 ×  2048 ޕިކްސެލް ގެ ކެމެރާއެކެވެ. މިކެމެރާއަކީ އޮޓޯ ފޯކަސް ކެމެރާއެކެވެ.
 
•    އޮޕަރޭޓިންގ ސިސްޓަމްގެ ގޮތުގައި މިފޯނުގައި ބޭނުންކޮށްފައިވަނީ މައިކްރޯސްފްޓް ވިންޑޯސް މޯބައިލް ޕްރޮފެޝަނަލް 6.1 އެވެ. އެހެންކަމުން މިފޯނަކީ ބޭނުންކުރަން ވަރަށް ފަސޭހަ ފޯނަކަށްވާނެކަމަށް ބެލެވެއެވެ.
 
•    528 މެގަރހާޓްސްގެ ސީ.ޕީ.ޔޫ އެއް ހިމެނޭ މިފޯނުން އެސް.އެމް.އެސް، އެމް.އެމް.އެސް، އީ-މެއިލް ފަދަ ޚިދުމަތްތައްވެސް ލިބޭނެއެވެ. އަދި ވެބް ބްރައުޒިންގެ ޚިދުމަތްވެސް ފަސޭހަކަމާއިއެކު ލިބޭނެއެވެ.
 
•    ކަޅުކުލައިގެ މޮޓޮރޮލާގެ މިފޯނުގައި ރޭޑިއޯގެ ޚިދުމަތެއް ނުހިމެނެއެވެ. ނަމަވެސް އެމް.ޕީ3 ލަވަޖަހާލެވޭ، ގިނަ ވީޑިއޯ ފޯމެޓްތައް ސަޕޯޓްކުރާ ޕްލޭޔަރެއް ހިމެނެއެވެ.
 
•    ވޯޑް، އެކްސެލް އަދި ޕަވަރޕޮއިންޓް ޑޮކިއުމެންޓްތައްވެސް ފަސޭހަކަމާއިއެކު ބަލާލެވޭނެއެވެ. އަދި ހަމަމިއާއި އެކު ޕީ.ޑީ.އެފް ކޮށްހުންނަ ލިޔުންތައްވެސް ބަލާނެވޭނެއެވެ.
 
•    GPS ނެވިގޭޝަން ސިސްޓަމްވެސް މިފޯނުގައިހިމެނެއެވެ. އެހެންކަމުން މިފޯނަށް A-GPS ސަޕޯރޓްކުރާނެއެވެ.
 
•    މިފޯނުގައި ވޭނުންކޮށްފައިވަނީ 1170 މިލިއެމްޕެއަރުގެ ބެޓެރީއެކެވެ. ފޯނުން ވާހަކަދެއްކޭނެ ކަމަށް ލަފާކުރެވެނީ 6 ގަޑި 48 މިނެޓެވެ. ނަމަވެސް 298 ގަޑިއިރު ސްޓޭންޑްބައިގައި ބޭނުންކުރެވޭނެއެވެ.
 
•    މިވައްތަރުގެ ފޯނެއްގެ އޮންލައިން ފިހާރައަކުން ގަންނަނަމަ ގާތްގަނޑަކަށް 490 އެމެރިކާ ޑޮލަރު (6،296.5 ރުފިޔާ) އަށް ލިބޭނެއެވެ. ނަމަވެސް އޮންލައިން އަގުތަކަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗެއްކަން ހަނދުމަފުޅު ބަހައްޓަވަންވާނެއެވެ.
 
 
•    ފޯނު ބައްލަވައިގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަންބަރު އޮތްތޯ ބައްލަވަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަންބަރު ހޯއްދަވައި ރައްކާކުރައްވަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯނު ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަންބަރު ބޭނުންވާނެއެވެ. #06#* (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެއްސެވުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލެއްވުމުން ފޯނުގެ ސީރިއަލް ނަންބަރު ފޯނުގެ އިސްކްރީނަށް އަރާނެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ