އަދުގެ ޚާއްސަ

Print

ސޮނީ އެރިކްސަން C510

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


Sony Ericsson C510

ޢަބްދުﷲ ފިރާޤު

މިފަހަރު މިބަލައިލަނީ ސޮނީ އެރިކްސަންގެ ވަރަށްފަހުގެ އުފެއްދުމެއްކަމަށްވާ ސޮނީ އެރިކްސަން C510 އަށެވެ. މިފޯނަނީ 2009 ފެބްރުއަރީ މަހު ބާޒާރަށް ނެރެފައިވާ ދެގޮތަށްވެސް ޖީބަށްލުއި ފެންވަރު ރަނގަޅު ފޯނެކެވެ. މެދުފަންތީގެ އަގުތަކުގެ ފޯނަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިފޯނަކީ ކަމުދާނެ ފޯނަކަށްވާނެއެވެ. ސޮނީ އެރިކްސަން C510 ފޯނަކީ 2ޖީ އަދި 3ޖީ ނެޓްވޯރކްތަކުގައިވެސް މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ.

 
•    ނެޓްވޯރކް:-
•    2 ޖީ ނެޓްވޯރކް: GSM 850/ 900 / 1800 / 1900
•    3 ޖީ ނެޓްވޯރކް: 2100 / 1900 /HSDPA 850
 
•    މިފޯނުގެ ބަރުދަނަކީ 92 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 107 މިލިމީޓަރެވެ. ފުޅާމިނަކީ 47 މިލިމީޓަރެވެ. އަދި ބޯމިނުގައި ހުންނަނީ 12.5 މިލިމީޓަރެވެ.
 
•    މިފޯނުގެ އިސްކިރީނަކީ ޓީ.އެފް.ޓީ އިސްކިރީނެކެވެ. އެކަމަކު މީ ޓަޗް އިސްކިރީނެއްނޫނެވެ. އިސްކިރީނުގެ ބޮޑުމިނަކީ 2.2 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 320 × 240 ޕިކްސެލްސް އެވެ. މިފޯނުގައި ސްކްރީން ސޭވަރ އަދި ވޯލްޕޭފަރ ބޭނުންކުރެވޭނެއެވެ.
 
•    ސޮނީ އެރިކްސަން C510 ގައި ރިންގްޓޯންގެ ގޮތުގައި ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯންވެސް ބޭނުންކުރެވޭނެއެވެ. އަދި މިވައްތަރު ތަކުގެ ރިންގްޓޯންސް ޑައުންލޯޑް ވެސް ކުރެވޭނެއެވެ.
 
•    މި ފޯނުގައި 30 ކުރާ ފޯންކޯލާއި، އަންނަ ފޯންކޯލް އަދި މިސްވާފޯންކޯލް ރައްކާކުރެވޭނެއެވެ. ތަފާތު އެތައް މަޢުލޫމަތަކާއިއެކު 2000 ފޯނުނަންބަރު ރައްކާކުރެވޭނެ ކަމަށްވެއެވެ. އަދި ފޮޓޯއާއި އެކުވެސް ފޯނު ނަންބަރު ރައްކާކުރެވޭނެއެވެ.
 
•    މިފޯނުގެ އިންޓާރނަލް މެމޮރީގެ މިންވަރަކީ 100 މެގަބައިޓެވެ. މިފޯނަކީ އެކްސްޓާރނަލް "މެމޮރީސްޓިކް" ކާޑް ވެސް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ.
 
•    GPRS ޑާޓާރ ޓްޓާންސްފަރ ރޭޓަކީ kbps48 – 32 އެވެ.
 
•    ސޮނީ އެރިކްސަން C510 ގެ މިފޯނުގައި ވައި-ފައި ގެ ޚިދުމަތެއްނުވެއެވެ. ނަމަވެސް ބްލޫޓޫތްގެ ޚިދުމަތާއި، މިނީ ޔޫ.އެސް.ބީ ގެ ޚިދުމަތް މިފޯނުގައިވެއެވެ.
 
•    މިފޯނުގައިވަނީ 3.15 މެގަރ ޕިކްސެލް، 1536 ×  2048 ޕިކްސެލް ގެ ކެމެރާއެކެވެ. މި ކެމެރާއިން ވީޑިއޯވެސް ކުރެވޭނެއެވެ. އަދި ހަމަމިއާއިއެކު ވީޑިއޯކޯލް ކެމެރާއެއްވެސް ހިމެނެއެވެ.
 
•    މިފޯނުން އެސް.އެމް.އެސް، އެމް.އެމް.އެސް، އީ-މެއިލް އަދި އިންސްޓެންޓް މެސޭޖް ފަދަ ޚިދުމަތްތައްވެސް ލިބޭނެއެވެ. އަދި ވެބް ބްރައުޒިންގެ ޚިދުމަތްވެސް ލިބޭނެއެވެ.
 
•    ސޮނީ އެރިކްސަން C510 ގައި ސްޓީރިއޯ ރޭޑިއޯގެ ޚިދުމަތްވެސް ހިމެނެއެވެ. އަދި އެމް.ޕީ3 ލަވަޖަހާލެވޭ، ވީޑިއޯވެސް ބެލާލެވޭ ޕްލޭޔަރެއް ހިމެނެއެވެ.
 
•    މިފޯނުގައި އޮގަނައިޒަރގެ ޚިދުމަތާއި، ވޮއިސްޑައިލް ފަދަ ބޭނުންތެރި ޚިދުމަތްތައްވެސް ވާނެއެވެ.
 
•    މިފޯނުން 2ޖީ ނެޓްވޯރކްގައި ވާހަކަދެއްކޭނެ ކަމަށް ލަފާކުރެވެނީ 10 ގަޑިއިރެވެ. އަދި 3ޖީ ނެޓްވޯރކެއްނަމަ 4 ގަޑިއިރެވެ. ސްޓޭންޑްބައިގެ ގޮތުގައި 2ޖީ ނެޓްވޯރކްގައި 400 ގަޑިއިރު ބޭނުންކުރެވޭއިރު 3ޖީ ނެޓްވޯކްގައި ބޭނުންކުރެވެނީ 350 ގަޑިއިރެވެ.
 
•    ސޮނީ އެރިކްސަން C510 ފޯނެއް ގާތްގަނޑަކަށް 3500 ރުފިޔާ އާއި 4000 ދެމެދުގެ އަގެއްގައި ލިބޭނެއެވެ.
 
•    ފޯނު ބައްލަވައި ގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަންބަރު އޮތްތޯބައްލަވަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަންބަރު ހޯއްދަވައި ރައްކާކުރައްވަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯނު ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. #06# * (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލުމުން ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކްރީނަށް އަރާނެއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ