އަދުގެ ޚާއްސަ

Print

ވަޔަލެސް އިސްޕީކަރު

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުﷲ ފިރާޤް

އެމީހަކު ހިތް އެދޭ ޝައުޤުވެރި އަޑެއް އޭގެ ރީތި ސާފު ގޮތުގައި އެހުމަށް ކޮންމެ މީހަކުވެސް ލޯބި ކުރެއެވެ. ޠަބީޢީ ގޮތުގަޔާއި، ޒަމާނީ ވަސީލަތްތަކުގެ އެހީގައެވެ.  ބައެއްމީހުން ހުސްވަގުތު ފުރާލުމަށެވެ. އަނެއްބަޔަކު އުފާވެރި ކަން ލިބިގަތުމަށެވެ. ހިތްދަތިކަން ފިލުވާލުމަށެވެ. ބައެއް މީހުން ލަވައާއި މިޔުޒިކު އަޑު އަހައެވެ. އަނެއްބަޔަކު ގިނަގިނައިން، ސީރަތާއި، މަދަޙަ އަދި ކީރިތި ޤުރުއާން އަޑު އަހައެވެ.  މިފަދަ ކޮންމެ ފަރާތަކަށް ވެސް  ވަޔަލެސް އިސްޕީކަރަކީ ވަރަށް ބޭނުންތެރި އެއްޗަކަށްވާނެއެވެ.

މި ވަޔަލެސް އިސްޕީކަރަކީ ކޮންމެތަނެއްގައިވެސް ބަހައްޓައިގެން ބޭނުންކުރެވިދާނެ އެއްޗެކެވެ. ސިޓިންގރޫމުގެ އަޑު ރަނގަޅުކޮށްލަން މުޅިތަނުގައި ނަރުއަޅައިގެން އުޅުމުގެ އުނދަގޫ އުފުލުމުގެ ބޭނުމެއް މިހާރަކުނެތެވެ. ބޭނުން ދިމާޔަކު އިސްޕީކަރު ބަހައްޓައިގެން ބޭނުންގޮތަކަށް މިއުޒިކުގެއަޑު ހަމަކުރަންވީއެވެ. 

100 މީޓަރަށް ވަރަށް ސާފުކޮން ވަރަށްފުރިހަމަކޮށް އަޑު ފޮނުވުމުގެ ޤާބިލުކަން ލިބިފައިވާ މި އިސްޕީކަރުތައް ލަވަޖަހާ ވަރަށްގިނަ އާލަތްތަކާއި ގުޅާލެވޭނެއެވެ. ލަވަޖަހަން ބޭނުންކުރާ ލަވަޖަހާ ސެޓް ނުވަތަ ރޭޑިއޯ ވިޔަސް ހަމަރަނގަޅުވާނެއެވެ. ގެންގުޅޭ އައިޕޮޑު ވިޔަސް ނުވަތަ އެމް.ޕީ3 ޕްލޭޔަރުކަމަށްވިޔަސް ހަމަ ރަނގަޅުވާނެއެވެ. އަދި ޓީ.ވީ ވިޔަސް ގޭމް ކުޅެން ގެންގުޅޭ އާލާތެއްވިޔަސް ހަމަ މިކަންއޮތީ މިހެނެވެ. ކުރަންޖެހޭހާވެސް ކަމަކީ އިސްޕީކަރުތަކާއި އެކު ލިބޭ ޓްރާންސްމިޓަރު ގުޅާލުމެވެ. ދެން ބޭނުންވާތަނެގައި އިސްޕީކަރުތައް އަތުރާލުމެވެމެވެ. 

މި ވައްތަރުގެ އިސްޕީކަރު ސިސްޓަމާއި އެކު އިސްޕީކަރުތަކަށް އަޑު ފޮނުވުމަށް ޓްރާންސްމިޓަރެއްވާނެއެވެ. މި ޓްރާންސްމިޓަރަކީވެސް ވަރަށް ކުޑަ އެއްޗެކެވެ. މިޓްރާންސްމިޓަރުގެ އެހީގައި އަޑުތައް އިސްޕީކަރުތަކަށް ފޮނުވާލަދެއެވެ. އަޑު ފޮނުވާލަން ބޭނުންކުރާ އާލާތާއި ޓްރާންސްމިޓަރު ގުޅާލުމަށް ތަފާތު އޯޑިއޯ ކަނެކްޓަރުވެސް ލިބޭނެއެވެ. 

މީގެއިސްޕީކަރެއްގެ އުސްމިނަކީ 23.5 ސެންޓިމީޓަރެވެ. ފުޅާމިނުގައި ހުންނާނީ 19 ސެންޓިމީޓަރެވެ. ބޯމިނަކީ 8 ސެންޓިމީޓަރެވެ. އިސްޕީކަރުގައި ޕަވަރ ސްވިޗަކާއި، ވޮލިއުމް ސްވިޗެއްވެސް ހިމެނެއެވެ.

އުންމީދު ކުރެވޭގޮތުގައި މި އުފެއްދުމަކީވެސް އަޅުގަނޑުމެންގެ ދިރިއުޅުމަށް އިތުރު ގިނަގުނަ ފަސޭހަތަކެއް ގެނުވާނެ އުފެއްދުމެކެވެ.  
 

ހަމަމިގަލަމުން

އިދާރާ

ވާހަކަ