އަދުގެ ޚާއްސަ

Print

ޔޫ.އެސް.ބީ ސެލް

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ



ޢަބްދުﷲ ފިރާޤު

USBCELL

      "ޔޫ.އެސް.ބީ ސެލް" އަކީ ބެޓެރީ އަކަށް ކިޔާނަމެކެވެ. މިހާރު ބޭނުންކުރަމުންމިދާ އޭ.އޭ ސައިޒްގެ ބެޓެރިއާއި ވާދަކޮށް މާރކެޓްހޯދުމުގެ މަޤުޞަދުގައި "މޮޒިއާ އެނަރޖީ" އިން 2008 ވަނައަހަރު ބާޒާރަށް ނެރެފައިވާ މި އޭ.އޭ ސައިޒްގެ ބެޓެރީއަކީ ރީޗާރޖް ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ބެޓެރީއެކެވެ.

      މި ބެޓެރީއަކީ ކޮމްޕިއުޓަރުގެ ނުވަތަ ލެޕްޓޮޕް ފަދަ ތަކެތީގެ ޔޫ.އެސް.ބީ މެދުވެރިކޮށް ޗާރޖް ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ، ގެންގުޅެން ވަރަށްފަސޭހަ ބެޓެރީއެއްކަމަށް ވެއެވެ. ޚާއްޞަ ޗާރޖަރެއްގެ އެހީގައި ވެސް މި ބެޓެރީ ޗާރޖް ކުރެވިދާނެއެވެ. ނަމަވެސް ޗާރޖަރު މެދުވެރިކޮށް ޗާރޖް ކުރުމަކީ ބެޓެރީ އުފެއްދި ފަރާތުން ހިތްވަރުދޭ ކަމެއްނޫނެވެ. ސަބަކަކީ މިފަދަ ބެޓެރީއެއް އުފެއްދުމުގެ މަޤްޞަދަކީވެސް ޗާރޖަރު މެދުވެރިކޮށް ބެޓެރީ ޗާރޖްކުމުގެ ދަތިން މިންޖުވުން ކަމަށްވާތީއެވެ. ޗާރޖަރު ގެންލިގެން ނުވަތަ ނުފެނިގެންވިޔަސް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ މަޤްޞަދުގައިވެސްމެއެވެ. އެހެންކަމުން މި ބެޓެރީއަކީ ތިމާއާއި ވަރަށްގާތުގައި ފަސޭހަކަމާއިއެކު ގެންގުޅެވިދާނެ ބެޓެރީއެކެވެ.  

      މިބެޓެރީވަނީ ކުރެވުނު ހުރިހާ ޓެސްޓަކުންވެސް ވަރަށްފުރިހަމައަށް ފާސްވެފައެވެ. އެންމެ ކުރިންސުރެ ބޭނުން ކުރެވެމުން އައި އަލްކަލައިން ބެޓެރީއާއި ވާދަކޮށް ޓެސްޓްތަކުން "ޔޫ.އެސް.ބީ ސެލް" ވަނީ ފުރިހަމަ ކާމިޔާބު ހޯދާފައެވެ. މިޓެސްޓްތަކުން އެނގުނު ގޮތުގައި "ޔޫ.އެސް.ބީ ސެލް" ބެޓެރީ އެހެން ބެޓެރީތަކާއި އަޅާބަލާއިރު މާބޮޑަންވެސް ފެންވަރު ރަނގަޅެވެ. އަދި މާގިނަދުވަހު ބޭނުންކުރެވޭކަމަށްވެސް މި ކުރެވުނު ޓެސްޓްތަކުންވަނީ އެނގި ހާމަވެފައެވެ.  

      މިވަގުތު ލިބެންހުރި ހަމައެކަނި ސައިޒަކީ އޭ.އޭ ސައިޒްކަމަށްވިއަސް މި ބެޓެރި އުފެއްދި ފަރާތުގެ އުންމީދަކީ ކައިރި މުސްތަޤްބަލެއްގައި އެހެން ސައިޒްތައްވެސް ބާޒާރަށްނެރުމެވެ. ޔޫ.އެސް.ބީ ސެލް ބެޓެރި ބުރިއެއްގައި ހުންނާނީ 1.2 ވޯލްޓް، 1300 މިލި އެމްޕެއަރެވެ. ޔޫ.އެސް.ބީ މެދުވެރިކޮށް 5 ގަޑިއިރުން ރަނގަޅަށް ޗާރޖްކުރެވޭނެއެވެ.

      ދިރާސާކުރާ ފަރާތްތަކުންދެކޭގޮތުގައި މިބެޓެރިއަކީ ހުރިހާގޮތަކުންވެސް ބޭނުންކުރަން ރަނގަޅު ބެޓެރިއެކެވެ. އަގުވެސް އެހާ ބޮޑުނުވުމާއިއެކު ވަރަށްގިނަ ދުވަސްތަކަކަށް ބޭނުނުންކުރެވޭތީއާއި، ޗާރޖްކުރަންވެސް ފަސޭހަވުމުން މިފަރާތްތަކުން ދެކޭގޮތުގައި މިވަގުތަކީ ކުރީގެ އަލްކަލައިން ބެޓެރިން އަތްދޫކޮށްލާ "ޔޫ.އެސް.ބީ ސެލް" ބެޓެރިއާއި ދިމާލަށް މިސްރާބު ޖަހަންވީ ވަގުތެވެ.  

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ