އަދުގެ ޚާއްސަ

Print

ދިވެހިބަހުގެ އަސްލާއި މެދު (ދެވަނަބައި)

ޝާޢިއުކުރީ ޝަކީލާ ޙާމިދު . ހިމެނޭބަޔަކީ މާދަރީބަސް


ޝަކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ


ބަހުގެ ގުރޫޕު ނުވަތަ ޢާއިލާ

 

ބަހުގެ އަސްލަކީ ކޮބައިތޯ ބަލަމުންދާއިރު  ބަހުގެ ގްރޫޕް ނުވަތަ އާއިލާ އުފެދިފައިވާ ގޮތާއި، ސަރަޙައްދަށްވެސް ބަލާލަންޖެހެއެވެ. ފެންނަންހުރި ހެކިތަކަށް ބަލާއިރުބަހާބެހޭ ގިނަމާހިރުން ދިވެހިބަސް ހިމަނުއްވާފައިވަނީ އިންޑޯ އާރިޔަން ގުރޫޕުގެ ބަސްތަކުގެ ތެރޭގައި ކަން ފާހަގަކުރެވެއެވެ. މިބަހުގެ މަތިކޮޅުގައި އެންމެޒަމާންވީ ބަހަކީ ޕްރޯޓޯ އިންޑޯ ޔޫރަޕިއަން ބަސްކަމުގައި ނަސީމާ މުޙައްމަދު (1998) ޙުސައިން ރަޝީދު އަޙުމަދާއި (2003) އަދުނާނު ޙުސައިންއާއި (1987) ސޮންޔާ ފްރިޓްޒް (2002) ހާމަކުރައްވައެވެ. ތިރީގައިމިވަނީ އިންޑޯ ޔޫރަޕިއަން ބަސްއުފަންވި ސަރަޙައްދު ކަމުގައި މިހަތަރު ބޭފުޅުން އެއްބަސްވެ ވަޑައިގަންނަވާ ގޮތެވެ.



ޗާޓް: 1   
ސޯސް: ނަސީމާމުހައްމަދު. (2007). ދިވެހިބަސް ޕްރެޒެންޓޭޝަން ސީޑީ މާލެ: ދިވެހިބަހާތާޜީޚަށްޚިދުމަތްކުރާގައުމިމަރުކަޒު.


މިސަރަޙައްދުގައި އުފެދުނު ބަސް ފުޅާވެ އެބަސް ކަފިކަފިވެ ފުޅާވެގެން ދިޔައީއެވެ. ނަސީމާ މުޙައްމަދު (1998) ހާމަކުރައްވާ ގޮތުގައި ޕްރޯޓޯ އިންޑޯ ޔޫރަޕިއަން ބަހުން ވާހަކަދައްކާއުޅުނު ބަޔަކު ދެބަޔަކަށްބެހި އެއްބަޔަކު ހުޅަގަށް އަނެއްބަޔަކު އިރުމަތީގެ ރަށްތަކުގައި ރައްވެހިވިއެވެ. ހުޅަގަށްދިޔަމީހުން ދިޔައީ ހުޅަގު ޔޫރަޕަށެވެ. އިރުމައްޗަށް ދަތުރުކުރިމީހުން އީރާނަށާއި، އިންޑިޔާއަށް ދަތުރުކުރިއެވެ. މިމީހުން ދަތުރުކުރި ގޮތްކަމަށް ނަސީމާ މުޙައްމަދު (1998) ޙުސައިން ރަޝީދު އަޙުމަދާއި (2003) އަދުނާނު ޙުސައިންއާއި (1987) ސޮންޔާ ފްރިޓްޒްއާއި (2002) ޑެނިއަލް އެމްޝޯޓް (2007) ހާމަކުރައްވާގޮތް ތިރީގައިމިވަނީއެވެ.



ޗާޓް:2
ސޯސް: ނަސީމާމުހައްމަދު. (2007). ދިވެހިބަސް ޕްރެޒެންޓޭޝަން ސީޑީ މާލެ: ދިވެހިބަހާތާޜީޚަށްޚިދުމަތްކުރާގައުމިމަރުކަޒު.


އޭގެ ދަރިންތައް އުފެދުނީއެވެ.  އެގޮތުން ޕްރޯޓޯ އިންޑޯ ޔޫރަޕިއަން އެތައްއެވޭލާއަކުން  ތަރައްޤީވެ ފުޅާވެގެންގޮސް ވަކިވަކި ބަސްބަހަށްވިއެވެ. ނަސީމާ މުހައްމަދު (1998) ވިދާޅުވާގޮތުގައި މިކަންހިގީ ބްރޮންޒް އޭޖު (ލޮއިގެ ޒަމާނު) ގައެވެ. އެއީ މީލާދީސަނަތުގެ (3000 އަހަރުކުރިން ފެށިގެން މީލާދީ ސަނަތުގެ 1200 އަހަރުކުރިޔާ ހަމަޔަށްށެވެ.) މީލާދީސަނަތުގެ ކުރީގެ 1000 ވަނައަހަރާ ހަމަޔަށް އައިއިރު ޕްރޯޓޯ އިންޑޯ ޔޫރަޕިއަން ބަހުންއުފެދުނު ބަސްތައްވަނީ އުފެދި ހަމަޖެހިފައެވެ. ތިރީގައި މިވަނީ ޕްރޯޓޯ އިންޑޯ ޔޫރަޕިއަންބަސް އިރުމައްޗާއި، ހުޅަގަށް ދިޔަގޮތެވެ.



 
ޗާޓް:3
ސޯސް: ނަސީމާމުހައްމަދު. (2007). ދިވެހިބަސް ޕްރެޒެންޓޭޝަން ސީޑީ މާލެ: ދިވެހިބަހާތާޜީޚަށްޚިދުމަތްކުރާގައުމިމަރުކަޒު.


އެގޮތުން އިރުމައްޗަށް އައި ގްރޫޕުގެ ބަހަކީ އިންޑޯ އިރޭނިއަންބަހެވެ. މިބަސްބެހުނީ އިންޑޯ އާރިޔަން ބަހަށާއި، އިރޭނިއަން ބަހަށެވެ. ނަސީމާ މުޙައްމަދު (1998) ޑެނިއަލް އެމްޝޯޓް (2007) ވިދާޅުވަނީ އިންޑޯ އާރިޔަން އަކީ އިންޑިކް ބަހެވެ. މީގެ އެންމެ ދުވަސްވީ ބަހަކީ ވެދިކް ސާންސްކްރިތެވެ. އަދި އިންޑޯ އިރޭނިއަންއަކީ އޯލްޑް ޕާސިއަންއާއި އަވެސްތާނުބަހެވެ. ވީމާ މިބަސްތަކުން އިންޑިޔާއާއި ހަމަޔަށް ގެންދެވުނު ބަހަކީ އިންޑޯ އާރިޔަން (ވެދިކް ސާންސްކްރިތް) ބަހެވެ. ސާންސްކްރިތް ބަސްއުފެދުނީ ވެދިކް ސާންސްކްރިތުންނެވެ. ސާންސްކްރިތުގެ މާނައަކީ "ފެންވަރު މޮޅުކޮށްފައިވާއެވެ." ޕްރާކުރިތުތަކަކީ އިންޑިކް ބަހުންއުފެދިފައިވާ ބަސްބަހެވެ. މީގެ ގިނަބަހުގެ ލަފްޒުތައް އުފެދިފައިވަނީ ސާންސްކްރިތުންނެވެ. މިބަހުން 500 ވަރަކަށް ބަސް އުފެދުނެވެ. ޖޯގުރަފީ ގޮތުން މިބަސްބެހެނީ ތިންބަޔަކަށެވެ. އެއީ އިރުމަތީބަޔާއި، މެދުތެރޭބަޔާއި، ހުޅަގުބައެވެ. ނަސީމާ މުޙައްމަދު (1998) ވިދާޅުވާގޮތުގައި ދިވެހިބަހާއި ސިންގަޅަބަސް އުފެދުނީ އެއްޕްރާކުރިތަކުންނެވެ. އެއީ ޕްރޯޓޯ ދިވެހި ސިންހަޅައެވެ. މިބަސް އުފެދިފައިވަނީ އިންޑިޔާގެ ކޮންހިސާބެއްގައި ކަމެއްބުނާކަށް ނޭގެއެވެ. މީލާދީސަނަތުން 500 ވަރަކަށް އަހަރު ކުރިން މިބަހުން ވާހަކަދައްކާ ބަޔަކު ދިވެހިރާއްޖެ އަށްއައެވެ. ހަމަ މިދުވަސްވަރު މިބަހުން ވާހަކަދައްކާ ބަޔަކު ސްރީލަންކާއަށް ދިޔަކަމަށް ބުނެވެއެވެ. އެގޮތުން ދިވެހިރާއްޖެއާއި، ސްރީލަންކާގައި މިދެބަސް (ޕްރޯޓޯ ދިވެހި ސިންހަޅަ) ވަކިވަކިން ތަރައްޤީވަމުން ދިޔައެވެ. ސްރީލަންކާގައި ސިންހަޅަ ދިވެހިރާއްޖޭގައި ދިވެހިބަހެވެ. ތިރީގައިމިވަނީ އިންޑޯއާރިޔަން ބަސް ކަފިވިގޮތްކަމުގައި ނަސީމާ މުޙައްމަދު (1998) ޑެނިއަލް އެމްޝޯޓް (2007) އަދި ސޮންޔާ ފްރިޓްޒް (2002) ވިދާޅުވާގޮތެވެ.




ޗާޓް:3
ސޯސް: ނަސީމާމުހައްމަދު. (1998). ދިވެހިންގެތަރިކަ،1،2،3،4. މާލެ: ދިވެހިބަހާތާޜީޚަށްޚިދުމަތްކުރާގައުމިމަރުކަޒު.

މިދެބަސް އުފެދުމާ ބެހޭގޮތުން ބަހުގެ މާހިރުން ތަފާތު ގޮތްތައް ހުށަހަޅުއްވާފައިވެއެވެ.
ސުގަތަޕާލާ ޑިސިލްވާ (1971) ވިދާޅުވަނީ ސާންސްކުރިތް ބަހުން ޕްރޯޓޯ ދިވެހި ސިންހަޅަ އުފެދި، ސިންހަޅަބަހުން ދިވެހިބަސް އުފެދުނީ ކަމުގައެވެ. އަދިހަމައެއާއިއެކު ސާންސްކްރިތް ބަހުން ދްރެވީދިއަންބަސް އުފެދި ދްރެވީދިއަން ބަހުގެއަސަރުވެސް ދިވެހިބަހަށް  ކުރީއެވެ.

(ނުނިމޭ)

އިދާރާ

ވާހަކަ