އަދުގެ ޚާއްސަ

Print

ޕައިރާނާ ފިޝް (މިނިކާ މަހެއް)

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ އެނގޭތަ


ޝާކިރު

މިވައްތަރުގެ މަހަކީ މަސްމަހާމެއްސާއި ވެޔޮވެލާވެއްޔާއި ގަސްގަހާގެހި ކެއުމުގެ ގާބިލުކަން ލިބިފައިވާ މަހެކެވެ. މިއީ ސައުތު އެމެރިކާގެ ފެން ކޯރުތަކުގައި ދިރިއުޅޭ މަހެކެވެ. މި މަސް ޚާއްޞަވެގެންދަނީ މިމަހުގެ ތޫނު ދަތަކުގެ ސަބަބުންނާއި މަސްކެއުމަށް އޭގައި ހުންނަ ޝައުގުވެރި ކަމުންނެވެ. އެކަމަކު މިއީ، މަސް ޝިކާރަކޮށްގެން ކާ މަހެއް ނޫނެވެ. މަރުވެފައި ހުންނަ މަސްކައި ހަދާ މަހެކެވެ. މި މަހުގެ 38 ނުވަތަ 39 ވައްތަރުގެ ތަފާތު މަސް އުޅެއެވެ.

ޕައިރާނާ މަހެއް އާންމުކޮށް ބޮޑުވަނީ 15-25 ސީ އެމް (6-10 އިންޗި) އަށެވެ. މީގެ ބައެއް ވައްތަރުގެ މަސް މިއަށް ވުރެ ބޮޑުވެއެވެ. މިމަހުގެ އަނގައިގެ މަތީ ދަތްޕިލާގައާއި ތިރީ ދަތްޕިލާގައި އެއް ބަރިއަށް ތޫނުދަތްތަކެއް ހުރެއެވެ. މިދަތްތައް އެތުރިފައި ހުންނަނީ ކޮންމެ ދެދަތެއްގެ ދެމެދަށް ދަތެއް ފެތި ރަގަނޅަށް ހަމަޖެހި ދެދަތްޕިލާ ތަޅުވާ ގޮތަށެވެ. މިހެން ހުރުމުން މިމަސް ދަތްއަޅާތަނެއް ފަސޭހަކަމާއެކު ކަނޑާލައެވެ. ކޮންމެ ދަތެއްވެސް ހުންނަނީ ދަތުގެ ކުރި ތޫނުކޮށް ދަތުބުޑު ފުޅައުކޮށް ފަތިކޮށް ތިނެސް ކަނަށެވެ. ދަތްހުންނަނީ ތިލައެއްގައި މިޔަލެވިިފައި ހުންނަގޮތަށް އެޅިފައެވެ.

އާންމުކޮށް މަސްވެރިން ޕައިރާނާ ބާނައިގެން އާންމު މާރުކޭޓްގައި ވިއްކައެވެ. މިމަސް ކެއުމަށް ބޭނުންކުރެއެވެ. ޕައިރާނާ މަސް އުޅޭ ކޯރުކޯރުގައި އުޅޭ ދިރޭ އެއްޗިއްސަށާއި އެފަދަ ތަންތަނަށް އެރިއުޅޭ އިންސާނުންނަށް އެ ސޮރުމެން ޙަމަލަދެއެވެ.

ޕައިރާނާ މަހުގެ ގިނަވައްތަރުތައް އެކްއެރިއަމް ތަކުގައި ގެންގުޅެއެވެ. އާންމުކޮށް އެކްއޭރިއަމް ތަކުގައި ގެންގުޅެނީ ބަނޑުދޮށް ރަތްކުލައިގައި ހުންނަ ޕައިރާނާ މަހެވެ.

ޕައިރާނާ މަސް ދެއެތިން ދެއެތިން އުޅުމުގެ ބަދަލުގައި އުޅޭނީ ހަތަރެތިން ހަތަރެތިން ނުވަތަ އެއަށް ވުރެ ބޮޑުކޮށް ގުރޫޕް ހަދައިގެންނެވެ. މިގޮތަށް އުޅޭ އިރު މަހެއް ބަލިވެއްޖެނަމަ އެމަހެއް ދެންތިބި މަސްތައް ކާލައެވެ. މިމަހުގެ ތެރޭގައި އޭގެ އެކަތި އަނެކައްޗާ ތަޅާފޮޅުމަކީ ވަރަށް އާންމު ކަމެކެވެ. މިގޮތަށް އުޅޭ ޕައިރާނާ މަސްތަކުތެރޭގައި ދެލޯ ސަލާމަތުން ނުހުންނަ މަސް ގިނައިން ފެނެއެވެ. އެހަލާކުވެފައި ހުންނަ ލޮލަކީ އެވެރިންގެ ކޮންމެވެސް ތަޅާ ފޮޅުމެއްގައި ހަމަލާއަރާ ހަލާކުވެފައިވާ ލޮލެކެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ