އަދުގެ ޚާއްސަ

Print

ފަންހާމަސް

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ އެނގޭތަ


ޝާކިރު

ފަންހާމަހަކީ މޫދުގައި އުޅޭ ވިހަ ބާވަތުގެ މަސްތަކުގެ ތެރެއިން އެއްބާވަތެއްގެ ވިހަމަހެކެވެ. ފަންހާމަހަށް އިނގިރޭސި ބަހުން ކިޔަނީ ލަޔަންފިޝް އެވެ. އަދި މިމަހަށް މިނޫން އެތައް ނަމެއް ކިޔައެވެ. އޭގެ ތެރޭގައި ޓާކީ ފިޝް، ޑްރެގަން ފިޝް، ސްކޯޕިއަން ނުވަތަ ފަޔަރ ފިޝް ވެސް ކިޔާއުޅެއެވެ. މިމަސް ފާހަގަވެގެންދަނީ މީގައި ވަކިވަކިން ހުންނަ ދިގުކަށިތަކުން ނެވެ. އާންމުކޮށް ހުންނާނީ ރަތް، ފެހި، ނޭވީ ފެހި، މުށި، އޮރެންޖް، ރީނދޫ، ކަޅު އަދި މެރޫން ނުވަތަ ހުދުކުލައިން ރޮނގުދަމާފައި ހުންނަ ގޮތަށެވެ.

ދިރިއުޅޭ މާހައުލު

މިމަސް ދިރިއުޅޭ މާހައުލަކީ އިންޑޯ-ޕެސިފިކް ރީޖަން އެވެ. އެހެންނަމަވެސް، މިމަހުގެ ބާވަތްތަކަށް ތަފާތުނަންތައް ކިއާފަދައިން މިމަހުގެ ވަރަށްގިނަ ތަފާތު ވައްތަރުތައް ދުނިޔޭގެ އެތަން މިތާ އުޅެއެވެ. ކެރިބިއަން ކަނޑުގައާއި އިރުމަތީ އެޓްލާންޓިކް އޯޝަންގެ ހޫނު ސަރަހައްދުގެ މުރަކައިގެ ފަރުތަކުގައިވެސް މިމަހުގެ ވައްތަރުތައް ދިރިއުޅެއެވެ. ރާއްޖޭގެ ބައެއް ފަރުފަރަކީ ވެސް، ފަންހާމަސް މުއްސަނދި ވެއްޓެކެވެ. ފަންހާ މަސް ތަނެއްގައި ވަޒަންވެރިވެއްޖެނަމަ ކުރިން އެތަނެއްގައި އުޅެމުން އައި ފަރުމަހުގެ ވައްތަރުތައް ނެތިކޮށްލައި އެތަނަކަށް ގަދަވެ ގަނެއެވެ.

ކުޑަބޮޑު މިން

ފަންހާމަހުގެ ބާވަތްތައް ބޮޑުވަނީ ތަފާތު ބޮޑުމިން ތަކަށެވެ. ފަންހާމަހުގެ އާންމު ވައްތަރު ބޮޑުވަނީ 30 – 35 ސީ އެމް. އެވެ. އެކަމަކު ފަންހާމަހުގެ ފަޒީ ޑްވާފް އަކީ ޓެނިސް ބޯޅައެއްގެ މިންވަރަށް ބޮޑުވާ އުރަހަވެސް ނުހުންނަ ބާވަތެކެވެ. ފަންހާމަސް ކަށިޖެހުމުން މީހަކު މަރުވާފަދަ ގަދަވިހައެއް އެމަހުގައި ނެތްނަމަވެސް މިމަސް ކަށިޖެހުމުން ވަރަށް ދިލަނަގާނެއެވެ. ފަންހާމަހަކީ އިންސާނުންނާއި ހަމަލާދޭ މަހެއް ނޫނެވެ. އަބަދުވެސް މީހުނާއި ދުރު ދުރުން އުޅޭމަހެކެވެ. މިހެންވުމުން މިމަހުގެ ނުރައްކާތެރިކަން މޫދަށް އެރި އުޅޭމީހުނަށް ދިމާވުން ދުރު މަހެކެވެ.

ވިހަ.

ފަންހާމަހަކީ ކަނޑު އަޑީގައި ދިރިއުޅޭ މަސްމަހުގެ ތެރެއިން އެންމެ ވިހަކަންގަދަ އެއްމަހެވެ. ފަންހާމަހުގެ މައިކަށީ ބުރަކަށީގައި ހަމައެކަނި ދިފާޢަށްޓަކައި ވިހައެކުލެވިފައިވެއެވެ. މިމަހާތޮޅެ ރުޅިއަރުވާލައިފި ނަމަ،  ނުވަތަ ބިރެއް ދިމާވެކަމެއްޖެނަމަ އެމަހާ ހަމަލަދޭ އެއްޗަކާއި ދިމާކޮށްލަނީ ބޯކޮޅު ވަތަށް ވާގޮތަށެވެ. މިހެން ހަމަލާދިނުމުން އޭގެ ބުރަކަށީގައިވާ ކަށިތައް އެ އެއްޗަކާ އަމާޒުވެއެވެ. ފަންހާމަސް ހަމަލާދީގެން އިންސާނުން މަރުވުމަކީ އާންމުކަމެއްނޫނެވެ. މިމަސް ކަށިޖަހައިގެން މީހަކު ވިހަވެއްޖެނަމަ އާދައާއި ޚިލާފުބޮޑަށް ދިލަނަގައި ބޮލުގައި ރިއްސަފާނެއެވެ. ހޮޑުލެވި ނޭވާލުމުގައި އުނދަގޫތަކެއް ވެދާނެއެވެ.

ފަރުވާ

އާންމު ފަރުވާއަކީ ކަށިޖަހައިގެން ވިހަވެފައިވާ ހިސާބު ހޫނުފެނުން ތެންމާފައި ބެހެއްޓުމުވެ. އަދި އެއާއެކު ވަގުތުން ފަރުވާދިނުމަށްޓަކައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކަށް، ހޮސްޕިޓަލަށް ތާކަށް ގެންގޮސް ޑަކުޓަރެއްގެ ފަރުވާ ހޯދާށެވެ. އެކި މީހުނަށް އެކިވަރަށް ފަންހާމަސް ކަށިޖަހައިގެން ވިހަވާއިރު ބައެއް މީހުނަށް ވަރަށް ބޮޑުވަރުވެއެވެ.

ކާންދިނުން.

ފަންހާމަހަކީ އެއަށްވުރެ ކުދި މަސް ސިކާރަކޮށްގެން ކެއުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ މަހެކެވެ. އެހެނިހެން މަސް ސިކާރަކުރުމަށްޓަކައި ފަންހާމަސް އޭގެ ބޮޑު އުރަހައިން ކުދިމަސް ލަވާގެންގޮސް އެއް ދިމާލެއްގައި ބަންދުކޮށްލުމަށްފަހު ކުއްލިއަކަށް އޭގެމައްޗަށް ޖެހިގަނެ އެމަސް އެއްފަހަރާ ކާލައެވެ. އެކްއޭރިއަމް ތަކުގައި ގެންގުޅޭ ފަންހާމަހަށް ލޮނުގައި ފިނިކޮށްފައި ގަނޑުކޮށްފައި ހުންނަ ޑިނގާshrimp އާއި މައިސިސް mysis އަދި ކްރިލް krill ކާންދިނުމަށް ބޭނުން ކުރެވެއެވެ.

ސިކާރަވެވުން

ވަރަށް މަދު މަހެއް މެނުވީ ފަންހާމަސް ސިކާރަކޮށްގެން ކައިނުއުޅެއެވެ. ބައެއްފަހަރު ފާނަ އާއި ފަންހާމަހުގެ އެހެނިހެން ވައްތަރުތައް ފަންހާމަސް ސިކާރަކޮށްގެން ކައެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ