އަދުގެ ޚާއްސަ

Print

މުޙިންމީ... ސިއްހަތް ނުވަތަ ވެހިކަލް ؟

ޝާޢިއުކުރީ މިރާޒް މުޙައްމަދު . ހިމެނޭބަޔަކީ ސިއްޙަތު

ވެހިކަލްއަކީ އަޅުގަނޑުމެންގެ އާއްމު ދިރިއުޅުމުގައި ވަރަށްވެސް މުޙިންމު ދައުރެއް އަދާކުރާ އެއްޗަކަށް މިހާރު ވަނީ ވެފައެވެ. އަވަސްގޮތަކަށް ތަނަކަށް ދާންޖެހޭވަގުތު ނުވަތަ ފިނި ބުރެއް ޖަހާލަން އަދި މިނޫނަސް ވަރަށް ގިނަ ގޮތްގޮތުން ކޮންމެހެން ގެންގުޅެން ލާޒިމުވެފައިވާ އެއްޗެކެވެ. އަމިއްލަ ވެހިކަލްއެއް ނެތްނަމަ ގާތްރައްޓެއްސަކާއިއެކު ނުވަތަ ޓެކްސީއެއްގައެވެ. މިތަކެތީގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ގިނަކަންކަން ފަސޭހަވެއެވެ. ނަމަވެސް މީގެން އަޅުގަނޑުމެންނަށް ލިބިދާނެ ނުވަތަ ލިބެމުން އަންނަ ގެއްލުންތަކާއިމެދު ވިސްނާލުމަށް ކުޑަވަގުތުކޮޅެއް ހޭދަކޮށްލުން ކިހިނެއްވާނެތޯއެވެ؟

އަޅުގަނޑުމެން ރާއްޖޭގައި ބޭނުންކުރަމުން މިއަންނަނީ ގާތްގަޑަކަށް މުޅިންވެސް ތެޔޮ އަންދައިގެން ދުއްވާ ޒާތްޒާތުގެ ވެހިކަލްތަކެވެ. މިހާރަކަށް އައިސް ވަރަށް މަދުންނަމަވެސް ކަރަންޓުން ދުއްވާ ވެހިކަލް އެބަ ފެނެއެވެ. (ނަމަވެސް އެއީ ވަރަށް މަދު އަދަދެއްކަމުން އަޅުގަނޑު މި ލިޔުމުގައި މިއަލިއަޅުވާލަނީ ހަމައެކަނި ތެޔޮ އަންދައިގެން ދުއްވާ ބާވަތުގެ ވެހިކަލްތަކަށެވެ) . ވެހިކަލްގެ އަދަދު ގިނަ ނުވަތަ މަދުކަމަށް ބުނުމުގެ ކުރިން ކޮންމެވެސް ވަރަކަށް ޓްރާންސްޕޯރޓް މިނިސްޓްރީގެ ސްޓެޓިސްޓިކްސް އަށް ބަލާލަމާ ހިނގާށެވެ.

ވެހިކަލްގެ ބާވަތް

ތަފްސީލް

1996

1997

1998

1999

2000

2001

2002

2003

2004

2005

2006

A0

Motor Cycles > 50cc

210

390

1177

1177

1318

1544

1692

2520

3032

3758

3789

A1

Motor Cycles < 50cc

58

63

34

27

24

1


6


14

13

B0

Heavy Passenger Vehicle

2

9


6

2

4

1

2

4

4

10

B1

Light Passenger Vehicle

150

222

299

278

401

108

84

200

345

392

442

B2

Medium Passenger Vehicle

1

2

11

11

10

3

5


2

2

6

C0

Heavy Goods Vehicle

6

9

20

42

20

13

17

35

55

18

45

C1

Light Goods Vehicle

29

56

36

41

57

34

31

67

93

172

251

C2

Medium Goods Vehicle

37

37

77

64

117

39

12

34

45

63

53

D0

Articulated Vehicle


1

1

1

3


1


2

2

2

އެނުއަލައިޒްޑް ޓޯޓަލް

493

789

1655

1647

1952

1746

1843

2864

3578

4425

4611


މަތީގައިވާ ސްޓެސްޓިކްސް އިން ބުނާގޮތުންނަމަ 1996 ން 2006 އަށް، ޓްރާންސްޕޯރޓް މިނިސްޓްރީގައި ކޮންމެއަހަރުކު ރަޖިސްޓްރީ ކުރެވޭ ވެހިކަލްތަކުގެ ޖުމްލަ އަދަދު ވަނީ 10 އަހަރުދުވަހުގެ ތެރޭގައި %935 އިތުރުވެފައެވެ. އެއީ 1996 ގައި 493 ވެހިކަލް ރަޖިސްޓްރީކުރެވިފައިވާއިރު 2006 ގައި 4611 ވެހިކަލްވަނީ ރަޖިސްޓްރީ ކުރެވިފައެވެ. އަދި އަބަދުވެސް އެންމެގިނައިން ގެނެވިފައިވާ ކަމަށް ދައްކަނީ 50cc އިން މަތީގެ މޮޓޯ ސައިކަލެވެ. ފާހަގަކޮށްލަންޖެހޭ އެންމެ މުޙިންމު ނުގުތާއަކީ މިއީ ހަމައެކަނި އަލަށް ރަޖިސްޓްރީ ކުރާ އަދަދުތަކެވެ. ނަމަވެސް ކުރީ އަހަރެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ވެހިކަލްވެސް މިއަދަދުގެ އިތުރުން ރާއްޖޭގެ މަގުތައްމަތީގައި ދުއްވަމުންދާނެއެވެ.

މިވެހިކަލްތަކުން ނުކުންނަ ދުމަކީ، އޭގެ ވަހަށް މިހާރު އަޅުގަނޑުމެން ހޭނިފައިވާ އެއްޗެއްކަމުގައި ވީނަމަވެސް، އޭގައި އިންސާނާގެ ސިއްހަތައް ވަރަށް ގެންލުން ކުރަނިވި ގޭސްތަކެއް އެކުލެވިފައިވާ އެއްޗެކެވެ. މިގޮތުން މޮޓޯސައިކަލުތަކުންނާއި ކާރުފަދަ ތަކެތިން ބޭރުކުރާ ދުމުގައި ކާބަން މޮނޮކްސައިޑް(CO)، ކާބަން ޑައިއޮކްސައިޑް(CO2)، ހައިޑްރޯކަރބަން(HC) އަދި ނައިޓްރަސް އޮކްސައިޑްގެ ބާވަތްތައް(NOx) އެކުލެވެއެވެ. މިފަދަ ގޭސްތަކުގެ ސަބަބުން ނޭވާހިއްލުން، ކްރޯނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް (COPD)، ކާރޑިއޯވަސްކިއުލާރ ބަލިތައް، ޑަޔަބީޓީސް އަދި ފުއްޕާމޭގެ ކެންސަރު ފަދަ ސީރިއަސް ބަލިތައްޖެހިފައިވާ މީހުންނަށް ވަރަށްބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހެއެވެ.

ވެހިކަލްގެ ދުމުން އަޅުގަނޑުމެންނަށް އަސަރުކުރަނީ ހަމައެކަނި ނޭވަޔަކުންނެއްނޫނެވެ. މީގެ ސަބަބުން އޯޒޯން ފަށަލައަށްލިބެމުންދާ ގެއްލުންވެސް ފާހަގަ ކޮށްލަންޖެހެއެވެ. މިއީ އިންސާނާ އަށް ހަމުގެ ބަލިތައް ޖެހުމުގެ މައިގަނޑު އެއްސަބަބަކަށްވެސް ވަނީ ވެފައެވެ. ދުނިޔެ ހޫނުގަދަވަމުންދާ މައްސަލައަށްވެސް މިއިން އެހީތެރިވެދެއެވެ. ހަމައެއާއިއެކު މާލެ ކަހަލަ ރަށެއްގައި މަޑުމައިތިރި މާހައުލެއް ހޯދުމަކީ ވަރަށް އުދަގޫކަމެކެވެ. އަބަދުވެސް ވެހިކަލްގެ އަޑު މަގުމަތިން ކަނޑައިގެން ނުގޮސް ހުރެއެވެ.

މާލެއަކީ ހަމަގައިމުވެސް ވަރަށްގިނަ އަދަދެއްގެ ވެހިކަލްތަކެއް ދުއްވަމުންދާ ތަނެކެވެ. ބޮޑު އާބާދީއެއް އެކުލެވޭ އަދި ޖާގަ ކުޑަވެފައިވާ މާލޭގައި މިހާ ގިނަ އަދަދަކަށް ވެހިކަލްތަކެއް ދުންވާނަމަ، އެތަކެތިން ބޭރުކުރާ ދުމުގެ އަސަރު އަޅުގަނޑުމެންނަށް ވަރަށްބޮޑަށް ކުރާނެކަން ކަށަވަރެވެ. އަދި ޚާއްސަކޮށް އަޅުގަނޑުމެންގެ ޅަދަރިންނަށެވެ.

މިހާހިސާބުން ދެން އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމަކާއިމެދު ވިސްނާލުމަށް އެންމެހާ ކިޔުންތެރިންނަށް ދޫކޮށްލީމެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ