އަދުގެ ޚާއްސަ

Print

ﷲ ގެ އިސްމުފުޅު ދުލުން ކިއުމަކީ ފައިދާހުރި ކަމެކެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޢަޤީދާ


ފޮނުވީ: އެމް

ހޮލެންޑްގެ އެމްސްޓަރޑަމް ޔުނިވަރސިޓީގެ ބާޙިޘެއްގެ ދިރާސާތަކުން އެނގިފައިވާ ގޮތުގައި، ﷲ މި ނަންފުޅު ދުލުން ކިއުމަކީ، ހިތްހަމަނުޖެހުމާއި ކަންބޮޑުވުން، މީހާގެ ކިބައިން ފިލުވާލަދޭ ކަމެކެވެ. އަދި މި ނަންފުޅު ގިނަގިނައިން ކިއުން އާދަކޮށްފިނަމަ، ހިތް ނުތަނަވަސް ވެފައިވާ މީހުން، ހިތްހަމަޖެހި، ހަމަޔަކަށް އެޅިދެއެވެ.



މިނަތީޖާ ޙާޞިލުކުރެވުނީ، މުސްލިމުންނާއި ޣައިރު މުސްލިމުންގެ މައްޗަށް، ތިން އަހަރު ވަންދެން ކުރެވުނު ދިރާސާއަކުންނެވެ. މި ދިރާސާގައި ހިމެނުނު ޣައިރު މުސްލިމުންނަކީ، ޢަރަބި ދަންނަ ބަޔެއް ނޫންކަން ފާހަގަކޮށްލަން ޖެހެއެވެ. އެ އެންމެންނަކީ، ކޮންމެވެސް ކަމަކާ ހެދި، ވަރަށް ބޮޑަށް ހިތް ނުތަނަވަސްވުމުގެ ނަފުސާނީ ބަލި ޖެހިފައިވާ ބަޔަކު ކަމުގައި ވިއެވެ.


ދިރާސާ ކުރެއްވި ފަރާތުން ﷲ މި އިސްމުފުޅު ކިއުމުގެ ފައިދާތައް ބަޔާންކޮށްފައިވަނީ އަންނަނިވި ގޮތަށެވެ.

1. އަލިފުގެ އަޑު ނުކުންނަނީ، މޭގެ މަތީ ހިސާބުންނެވެ. އެއީ ނޭވާލުން ފެށޭ ހިސާބެވެ. މިއަކުރު ކިއުން ތަކުރާރުކުރުމުން އެތެރެހަށްޓަށް އަރާމު އިޙުސާސްކުރެވެއެވެ.

2. ލާމުގެ އަޑު ނެރުމަށްޓަކައި ދޫ ޖައްސަން ޖެހެނީ، މަތީ ތަލީގައެވެ. މިކަން ކުރާއިރު ހިނދުކޮޅަކު ދޫ އެތަނުގައި ޖައްސައި ހަމަހިމޭން ވެލަން ޖެހެއެވެ. މިކަން ކުރުން ތަކުރާރުކުރުމަކީ، ނޭވާލުން ލުއިފަސޭހަކޮށްދޭ ކަމެކެވެ.

3. ލާމުގެ ބަރު ޙަރަކާތް، އޭގެ ފަހުގައި އަންނަ ހާ ކިއުމަށް މަގުފަހިކޮށްދެއެވެ. ހާ ކިއުމަކީ، ދެ ފުއްޕާމެއާ ހިތާ ގުޅުވާދޭ ކަމެކެވެ. މިކަމުގެ ސަބަބުން ހިތުގެ ވިންދު ޖެހުން އިންތިޒާމުވެ، ޠަބީޢީ ޙާލަތަށް ރުޖޫޢުވެއެވެ.

(الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُمْ بِذِكْرِ اللًّهِ الا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ