އަދުގެ ޚާއްސަ

Print

އޯ.އެލް.އީ.ޑީ ޓީވީ

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


O.L.E.D Television

ޢަބްދުﷲ ފިރާޤް

ހަލުވިކަމާއިއެކު ކުރިއަރަމުންއަންނަ އާހޯދުންތަކާއި، އާއުފެއްދުންތައް ދުވަހުން ދުވަހަށް މިއަންނަނީ ކުރިއަރާ ތަރައްޤީ ވަމުންނެވެ. އެންމެފުރަތަމަ ފެނިގެންދިޔަ ބޮޑު ފޮށިގަނޑުލީ ކަޅާ ހުދުގެ ޓީވީ ތަކަށްފަހު ތަފާތު ޖީލުތަކުގައި ތަފާތު ވައްތަރުގެ ޓީވީ ނުކުމެފައިވެއެވެ. މޫނުމަތި ފަތި ޓީވީ އާއި އެލްސީޑީ ޓީވީ އެވެ. އަދި ޕްލާސްމާ ޓީވީ އަކީވެސް ދާދިފަހުގެ އުފެއްދުމެކެވެ. 
 



އަނެއްކާވެސް މުޅިން އާ ޓީވީގެ ޖީލެއް ސިޓިންގ ރޫމުތަކުން ފެނިގެން ހިނގައިދާނެއެވެ. ޓީވީ އުފެއްދުމަށް މަޝްހޫރު އެންމެންވެސް ދަންނަ ސޮނީއިންވަނީ އޯ.އެލް.އީ.ޑީ ޓީވީ (އޯގަނިކް ލައިޓް އެމިޓިންގ ޑަޔޯޑް) ޓީވީ އުފައްދާފައެވެ. މީ މުޅިދުނިޔޭގައި ވަރަށް މަޝްހޫރުކަން ލިބިފައިވާ އުފެއްދުމެކެވެ.
 
   
މީ "ކާރބަން ބޭސްޑް" އުފެއްދުމެކެވެ. އެހެންކަމުން މީގެ ތެރޭގައި ކަރަންޓް ދަތުރުކުރަން ފެށުމާއިއެކު އޮފުކަމެއް ގެނުވާނެއެވެ. އެހެންކަމުން ކުލައާއި އަލި ގުދުރަތީގޮތާއި ވަރަށް އެއްގޮތްވާނެއެވެ. މިހާ ކުލަ ރީތިކަން އެލްސީޑީ އަދި ޕްލާސްމާ ޓީވީ ގައިވެސް ނުވާނެއެވެ. އެހެންކަމުން އަސްލު ކުލައާއި ޤުދުރަތީ ރީތިކަން ފެނިގެންދާނެއެވެ. އާންމުކޮށް 0.01 މިލިސިކުންތުގެ ތެރޭގައި މި ޓީވީ މަސައްކަތް ކުރަން ފަށާނެއެވެ. އަދި އެލްސީޑީ އަކަށްވުރެ 400 ގުނަ އަވަސް މިނުގައި މަސައްކަތްކުރާނެއެވެ.  
     
މި ޓީވީ އަކީ ސިޓިންގރޫމްތަކަށާއި، ކޮޓަރިތަކަށް އަދި ފިހާރަތަކަށާއި އޮފީސްތަކަށްވެސް ވަރަށް ކަމުދާނެ ޓީވީ އަކަށްވާނެއެވެ. މިޓީވީގެ ތުނިކަމުގެ ސަބަބުން ބޭނުން ކޮންމެތަނަކު ފަސޭހަކަމާއިއެކު ބަހައްޓާލެވޭނެއެވެ. ބޯމިނުގައި ހުންނަނީ އެންމެ 1.8 އިންޗި އެވެ.
     
މިޓީވީގައި އޭ.ޓީ.އެސް.ސީ ޑިޖިޓަލް ޓިއުނަރަކާއި، 2 އެޗް.ޑީ.އެމް.އައި އިމްޕްޓްސް އާއި، އާރ.އެފް އިމްޕުޓަކާއި، ޑިޖިޓަލް އޯޑިއޯ އިމްޕުޓަކާއި، މެމޮރީ ސްޓިކް ޖަހާނެ ސްލޮޓަކާއި، ހެޑްފޯނު ޖެކުގެ އިތުރުން ރިމޯޓުވެސް ހިމެނޭނެއެވެ.  
     
ގުދުރަތީ ރީތިކަމުގެ ކުލައާއި، މަންޒަރުތައް އޭގެ އަސްލު ސިފައިގައި ބަލާލަން ބޭނުންވާ ފަރާތްތަކަށް މިޓީވީއަކީ ވަރަށްކަމުދާނެ އުފެއްދުމަކަށްވާނެ ކަމަށް މިޓީވީ އުފެއްދި ފަރާތުން ވަރަށް އުންމީދު ކުރެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ