އަދުގެ ޚާއްސަ

Print

ފަންވަތު އަރަތް - 18

ޝާޢިއުކުރީ މުސްލިމް މުޚްލިޞް . ހިމެނޭބަޔަކީ އަރަތް


ހުށައެޅީ: މުޞްލިޙު މުޙައްމަދު އިސްމާޢީލް / ތ. ދިޔަމިގިލި

ދުވަހު ކުއްޔަށް، ކުއްޔަށްދޭ ކުލީ ކޮޓަރިއެއް، 3 (ތިން) މީހަކު ބައިވެގެން އެއް ދުވަހަށް ކުއްޔަށް ހިފިއެވެ. އެއްދުވަހުގެ ކުއްޔަކީ  30 (ތިރީސް) ރުފިޔާ ކަމުގައި ކޮޓަރީގެ ވެރިޔާ މި 3 (ތިން) މީހުން ގާތު ބުންޏެވެ. ދުވަސް ނިމުމުން މި 3 (ތިން) މީހުންވެސް ކުލި ދެއްކުމަށް ކޮޓަރީގެ ވެރިޔާ ގާތަށް ދިޔައެއެވެ. ކޮޓަރީގެ ކުއްޔަކީ 30 (ތިރީސް) ރުފިޔާ ކަމުން 3 މީހުން ކުރެ ކޮންމެ މީހަކުވެސް 10 (ދިހަ) ރުފިޔާ ދީގެން ކޮޓަރީގެ ކުއްޔަށްވާ 30 (ތިރީސް) ރުފިޔާ ކޮޓަރީގެ ވެރިޔާއާއި ޙަވާލު ކުރިއެވެ.

 ކޮޓަރީގެ ވެރިޔާ ބުންޏެވެ. ތި 3 (ތިން) މީހުންނަށް، 5 (ފަސް) ރުފިޔާގެ ޑިސްކައުންޓެއް ދޭނަމައެވެ. ނަމަވެސް މިހެން ބުނެފައި 5 (ފަސް) ރުފިޔާ ތިން މީހުންގެ މެދުގައި ހަމައަށް ނުބެހޭނެތީ، ފުރަތަމަ ވަކި 3 (ތިން) ރުފިޔާ ބެހުމަށް ނިންމިއެވެ. އެއީ ކޮންމެ މީހަކަށް 1 (އެއް) ރުފިޔާގެ މަގުންނެވެ. ބާކީ 2 (ދެ) ރުފިޔާ އަދި ނުބަހައެވެ.

ކޮޓަރި ކުއްޔަށް ހިފި 3 (ތިން) މީހުން ބުންޏެވެ. ވީމާ އަހުރަމެން 3 (ތިން) މީހުން ކުރެ ކޮންމެ މީހެއްގެ އަތުން ޚަރަދު ވީކަމުގައި މިވަނީ 9 (ނުވަ) ރުފިޔާއެވެ. ވީމާ ޖުމުލައެކު 27 (ހަތާވީސް) ރުފިޔާއެވެ. އަދި ބުންޏެވެ. ޑިސްކައުންޓަށް ދޭނަމޭ ބުނި 5 (ފަސް) ރުފިޔާގެ ތެރެއިން އަދި 2 (ދެ) ރުފިޔާ ނުލިބެއެވެ. އެހެންވީމާ އެވެސް ޚަރަދުވީ އެއްޗެއްކަމަށް ބަލަންޖެހެއެވެ. ވީމާ މުޅި ޖުމުލަ ޚަރަދަކީ 29 (ރުފިޔާ) އެވެ.

3 (ތިން) މީހުންވެސް ވަރަށް ޙައިރާން ކަމާއެކު އެކަކު އަނެކަކަށް ބަލައިލުމަށްފަހު ބުންޏެވެ. އަހުރެމެން މުޅި ޖުމުލަ ޚަރަދު ކުރީ 30 (ތިރީސް) ރުުފިޔާ އެވެ. އެކަމަކު މިހާރު ޚަރަދު ކުރިވަރު ބަލައިލީމާ މިޖެހުނީ 29 (ނަވާވީސް) ރުފިޔާއެވެ.

މި 3 (ތިން) މީހުން ތިޔަ ބޭފުޅުންނާއި ސުވާލު ކުރެއެވެ. ބާކީ 1 (އެއް) ރުފިޔާއަށް ވީކިހިނެއް ހެއްޔެވެ؟
 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ