އަދުގެ ޚާއްސަ

Print

ފުވައްމުލަކުގައި އޮޅުއަލަ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް


ފާރޫޤު އަޙުމަދު / ސަމާ
 
އޮޅުއަލައަކީ މީގެ ގާތްގަޑަކަށް 130 އަހަރުގެ ވެސް ކުރިން ކޮންމެވެސް މީހަކު ބޭރުން ގެނެސް ރަށުގައި އިންދާ ހެއްދި އެއްޗެކެވެ. އޮޅަކީ އަލަގަސްތައް ހުންނަ ބިމަށް ނުވަތަ އަލަ ދަނޑުތަކަށް ކިޔާނަމެކެވެ. އެންމެ ފުރަތަމަ ފުވައްމުލަކަށް އަލަގެންނެވި ކަމަށް ވަނީ ފުވައްމުލަކު އެޅަތޮށީގޭ ބޭފުޅެއްކަށް ކޮންމެވެސް ގޮތަކުން ބޮމްބޭއަށް ވަޑައިގެންނެވިގެން އެތަނުންނެވެ. އަލަ ފުވައްމުލަކަށް ގެންނެވި ބޭފުޅަކީ ފުވައްމުލަކު އެޅަތޮށީގޭ މުޙަންމަދު ދީދީ ކަމަށްވެސް ބައެއްމީހުން ބުނެއެވެ.




އޭނާ އަލަގަސްގެންނަވާފައި ގޮތްބަލާލުމުގެ ގޮތުން ފުރަތަމަ އިންދެވީ ރަށް ހިކުނު ދުވަސްވަރުން ފެށިގެންވެސް ތެތްބިމުގެ ޒާތަަށް މަޑުކިލާގަނޑު (ކިސަޑުގަނޑު) އޮންނަ ތަންތަންހުންނައިރު އޭގެތަނެއްގައެވެ. އެތަނުގައި އަލަގަސް ހެދިގެން އަލަނިރުފަޅައިގެން ގަސް ގިނަވެ، އަލަ ދަނޑަކަށްވުމުން އެގޮތަށް ހުރި ބިންތަކުގައި އެކި މީސްމީހުން އަލަގަސް އިންދާ ހައްދައިގެން ގިނަކުރީއެވެ.
       
އޮޅުއަލައަކީ ބިމުގެ އަޑިއަށް ފައިބާ ފަލަމަޑީގެ ބާވަތެކެވެ. އަލަގަސް އިންދުމަށްފަހު 6 މަސް ވާއިރު އަލަފައިބާނެއެވެ. އަދި އެނިރުތަކުގައިވެސް އަލަފައިބާފައި ހުރެއެވެ. ނިރުތަކުގައި ހުންއަލަޔަށް ކިޔަނީ ގޮބޮޅި  ( ދަރި ) އަލައެވެ. އޮޅު އަލައަކީ އަހަރަކު ދެ ފަހަރު އަލަ ކަނޑައިގެން ގަސް އިންދުންފިޔަވާ ފަސްގަނޑު ޖެހުން، ފެންދިނުން މިކަހަލަ އެއްވެސް މަސައްކަތެއް ކުރަންޖެހޭ އެއްޗެއް ނޫނެވެ. އަލައިގެ އެތައް ވައްތަރެއް ހުރެއެވެ. އެންމެ ފުރަތަމަ އަލަގެނައީ ބޮމްބޭއިންނަމަވެސް އެންމެ ގިނައިން ހުންނަ އެންމެ މަޝްހޫރު އަލަޔަށް ކިޔަނީ ވިލާތު އަލައެވެ. ބައެއްމީހުން " ބޮމްބޭ " އަލަވެސް ކިޔައެވެ.

ކޮންމެ އަކަސް މިހާރު ވިލާތުއަލަ، ބޮޑުއަލަ، ރަތްއަލަ، ކިރުއަލަ، މިހެންގޮސް 10 ވަރަކަށް ވައްތަރުގެ އަލަހުރެއެވެ.
 
އަލައަކީ ފުށާއި، ހަނޑުލުން ތައްޔާރުކުރާ ކޮންމެ ވައްތަރެއްގެ ކާނާއެއްވެސް ތައްޔާރުކުރެވޭ އެއްޗެކެވެ. އަލަފެނުކައްކައިގެން މޮޑެގެން ގަރުދިޔަ އަޅައިގެންވެސް އަދި ރިހަ އަޅައިގެންވެސްކައެވެ. އަލަޔަކީ ހަށިގަނޑަށް ފައިދާހުރި، އަނގަޔަށްމީރު، ބުރަމަސައްކަތަކާ ނުލައި ހެދޭ ފަލަމަޑީގެ ވައްތަރެކެވެ.  ފުރަތަމަ ރަށުގައި އަލައޮޅުތައް ގިނަވިއިރު ގާތްގަޑަކަށް ރަށުގެ ބިމުގެ ހަބައިކުޅަ އެއްބަޔަކީ އަލައޮޅު ކަމަށްވެއެވެ. ނަމަވެސް އެކި ގޮތްގޮތުން އަލައޮޅު މަދުވަމުންގޮސް މިހާރު ބިމުގެ އަށްބައިކުޅައެއްބަޔަށް ވުރެންވެސް ލަފާކުރެވޭގޮތުން އަލައޮޅުތައް މަދުވެއްޖެ އެވެ.  އަލައޮޅުތައް އުފެދުނު ދުވަސްވަރު ވަށައިގެން އަލައޮޅުއޮވެފައި، މެދުގައި ހަރުކޮށް އޮންނަ ބިންތަކުގައިވެސް މީހުން ގެދޮރު ޢިމާރާތްކޮށްގެން ދިރިއުޅެމުންއައިސްފައިވެއެވެ.

އަލައަކީ ވަރަށް ގިނަ ކާތަކެތި ތައްޔާރުކުރެވޭ ފަލަމަޑީގެ ބާވަތެކެވެ. ތެލުލި އަލައިގެ އިތުރުންވެސް ފޮނިކާތަކެއްޗާއި، ލޮނު ކާތަކެތީގެ ތަފާތު ވައްތަރުތައް އަލައިން ތައްޔާރުކޮށް އުޅެއެވެ

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ