އަދުގެ ޚާއްސަ

Print

ނިދާ ބޮކި

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުﷲ ފިރާޤް

ފިހާރައަކަށްވަދެ "ނިދާ ބޮތްކެއް" ދީބަލާށޭ ބުނެފިނަމަ ފުރަތަމަވެސް އަހާލާނީ ކޮންކުލައެއްތޯއެވެ. ރާއްޖޭގައި ކަރަންޓްގެ ޚިދުމަތް އާންމުވިފަހުން މީ ފިހާރަތަކުން އަޅުގަނޑަށް އިވޭ ވަރަށް އާންމު އަޑެކެވެ. އެކި މީހުންނަށް ކަމުދާނީ އެކި ކުލައިގެ ބޮތްކެވެ. އަނެއްބަޔަކު ވިސްނާނީ މި ބޮކީގެ އަލިމިން ހުންނާނެވަރާއި މެދުގައެވެ. އަދި އެއްފަހަރު ގަންނަ ކުލަ އަނެއްފަހަރު ނުގަންނަ މީހުންވެސް ތިބޭނެއެވެ. އެއީ ގަނެވުނު ކުލަބޮކިން ނުވަތަ "ނިދާ ބޮކިން" އެންމެ ހިތްއެދޭ ބޭނުން ނުފުދުމުންނެވެ.

     
ދުނިޔޭގައި ކޮންމެ ކަމަކަށްވެސް އާހޯދުންތައް ހޯދާ އިހަށްވުރެ ރަނގަޅުގޮތްތައް ތަޢާރަފް ކުރަމުންދެއެވެ. މިގޮތުން ހިތްހަމަޖެހޭ ކުލައެއްގެ ފަނޑު އަލީގައި ނިދާލުމަކީ މިހާރަކު އެހާ އުނދަގޫކަމެއް ނޫނެވެ. ގަނެވުނު ކުލަބޮކީގެ ކުލައާއިމެދު ހިތްހަމަނުޖެހި އޮންނާކަށްވެސް ނުޖެހޭނެއެވެ. އެންމެ ބޮތްކެއްގެ އެހީގައި 16 ކުލައިގެ އަލީގައި ނިދާލުމަކީ މިހާރު ދާދި ފަސޭހަކަމެކެވެ.

މިފަހަރު އެންމެހާ ކިއުންތެރިންނާ މި ހިއްސާ ކޮށްލަނީ އެއްލައިޓްގައި 16 ކުލައިގެ އަލި ހުންނަ ބޮތްކެއްގެ ވާހަކައެވެ. މިލައިޓަކީ އެންމެފަހުގެ "ލެޑް" ލައިޓްގެ ޓެކްނޮލޮޖީ ހިމެނޭގޮތަށް ފަރުމާ ކުރެވިފައިވާ ލައިޓެކެވެ. ރިމޯޓް ކޮންޓްރޯލެއް ހިމެނޭ މިލައިޓްގެ އަލީގެ މިންވަރުވެސް ގަދަކޮށް އަދި މަޑުކޮށްވެސް ހެދޭނެއެވެ.  

މިލައިޓުން 16 ކުލައިގެ އަލި ލިބޭނެއެވެ. އެވަގުތަކު "މޫޑު" ހުންނަ ގޮތަކަށް ލައިޓުގެ ކުލަ ބަދަލުކޮށްލަންވީއެވެ. އައި.އާރު. ރިމޯޓުގެ އެހީގައެވެ. ފެހިކުލަ، ރަތްކުލަ ނުވަތަ ނޫކުލައަށެވެ. ފިޔާތޮށި ނޫނީ މެރޫން ކުލައަށެވެ.  

މިލައިޓަކީ 5 ވަޓްގެ ލެޑް ލައިޓެކެވެ. ލެޑް ލައިޓަކީ ވަރަށް ޢުމުރު ދިގު އެއްޗެކެވެ. އެހެންކަމުން އަބަދާ އަބަދު "ނިދާ ބޮކި" އަނދައިގެން އުޅޭކަށް ނުޖެގޭނެއެވެ. އަދި ލައިޓް ދިއްލާ ނިވާހަދަން ތެދުވާކަށްވެސް ނުޖެހޭނެއެވެ. ހަމައެކަނި ރިމޯޓަށް ފިތާލާށެވެ. ބޭނުން ކުލައެއް ބަހައްޓާށެވެ. ދެއް ބޭނުންވާ މިންވަރަކަށް އަލި ދައްކޮށްލާށެވެ. ހިތްހަމަޖެހުމާ އެކު އޮވެ ނިދާލާށެވެ.  
     
މިލައިޓަކީ މިނޫނަސް ތަފާތު ބޭނުންތަކަށްވެސް ބޭނުން ކުރެވޭގޮތަށް ފަރުމާ ކުރެވިފައިވާ ލައިޓެކެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ