އަދުގެ ޚާއްސަ

Print

ހިތެއްގެ އުދާސް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ފާރޫޤު ޖުވައިދާ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


1. ތިބާ ކައިރިޔަށް އެނބުރި ދިއުމަށް ހިތައި،
          ފުރަން މިޖެހެނީ އަދު ޒަމާނާ ތަނުން،
                    ހިތާ މޭގެ ޒަޚަމުގެ ތުރާލާ ތަދުން،
                              ހަނދާންތައް އައިސް އާވުމުން މާދުރުން.


2. އަވާ މެންދުރެއް ގެއްލިދާހެން ލޮލަށް،
          އުފާވެރި ޒަމާން ގެއްލިގެން އެދިޔައީ،
                    ސުވާސާގެ އަލިކަމުގެ ހަނދުވަރު ދެކެން،
                              ސަވާރުވެ އެއަށް ދަތުރުކުރި ރޭތަކުން.


3. ޒަމާންތައް ހިނގައި އަހަރުތައް ފަށްވެގެން،
          ދުވަސްތައް ހިނގައްޖޭ މުޅިން ގެއްލިގެން،
                    ޖިހާދެއްކުރާ ބޮލުގެ އިސްތަށިތަކަށް،
                              ކުލައިން ހުދުކަމެއް ސޯރުލައި ގެންނަމުން.


4. އަޒާބުގެ ރެއެއްހެން މިވާ ޢުމުރުގައި،
          ހިތާމައިގެ ކަޅުފޮއިކަމާ އިދިކޮޅަށް،
                    ފަޒާގައި ނެތޭ ފިޔަޖަހާ ތަރިތަކެއް،
                              މިރޭ ނިމި ފަނާވުން ވަނީ ކިހިނަކުން؟


5. ޒަމާނުގެ ތެރޭން އަހަރުތައް ހޭދަކޮށް،
          ތިބާއާ ދުރަށް ދެވުނުކަން އަގުވަނީ،
                    މަމެން ދެމެދުގައިވާ މި ހުސްތަނު މެދުން،
                              ހިތާމައިގެ ފަރުދާތަކެއް ވިހުރުމުން.


6. ޙިމާޔަތުގެ ކިއްލާތަކާއި ބުރުޖުތައް،
          ނިވާވާ ފަދައިން އަނދިރިކަން ވެރިވުމުން،
                    ނިވާ ވެއްޖެޔޭ ހިތުގެ އުންމީދުތައް،
                              ހިމޭންކަން ހިތަށް ގެނުވި ޒިކުރާތަކުން.


7. ތިބާއީ މަގޭ ޢުމުރުގައި ދުވަހެކޭ،
          މިސާލެއް އެއަށް ނެތް ދުވަސްތަކު ތެރޭން،
                    ތިބާއީ ނިކަން ރީތި ނަލަ ރާގެކޭ،
                              މަގޭ ހިތުތެރޭ ބޭއްވިފައިވީ ފުނުން.


8. ހިތާމައިން ރޮވިއްޖޭ އެތައް ރޭތަކަކު،
          ހިތާ މޭގެ ޒަޚަމުގެ ތުރާލާ ތަދުން،
                    މިތާނގައި ނުރޮއި ތިބެވެނީ ކިހިނަކުން؟
                              ޒުވާންކަން ދުރަށް ގޮސް އޮބައި ގެއްލުމުން!

ހަމަމިގަލަމުން

އިދާރާ

ވާހަކަ