އަދުގެ ޚާއްސަ

Print

ޔަހޫދީގެ ދަހިކަން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ހެއްވާމަޖާ

ފަރަންސޭސި ފަރަންޖީއަކާއި މިޞްރުގެ ޞަޢީދީއަކާއި ޔަހޫދީއަކު ރެސްޓޯރެންޓަކަށް ވަނެވެ.
މި ތިން މީހުންނަށް ތިން ތަށި ޖޫސް ގެނައިތަނާ، ތިން މެހި އައިސް އެއިން ކޮންމެ ތަށްޓެއްގައި މެއްސެއް ޖައްސައިފިއެވެ. އެހިނދު:
ފަރަންޖީ، ކަންބޮޑުވެ ފަކުރުގަނެ އާފުރުނެވެ.
ޞަޢީދީ، މެހި ފައްސާލާފައި ޖޫސްތަށި ބޯލިއެވެ.
ޔަހުދީ، މެހި ހިފާ އޭތި ފިއްތާ، އޭތި ޖޫސްތަށިން ބުއި ޖޫސް ފޮދު އަނބުރާ ތަށިތެރެއަށް ހޮޑުލައިގެން ނަމަވެސް އަޅައިދިނުމަށް އެންގިއެވެ!!!

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ