އަދުގެ ޚާއްސަ

Print

ތިރީސް ހަރުބަސް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

1. ދާންވީ ކޮން މަގަކުންކަން ނޭގޭ މީހަކަށް ކޮންމެ މަގެއް ވެސް ވަރިހަމަވާނެއެވެ.

2. މަންމަ މަރުވަންދެން ކޮންމެ މީހަކު ކުއްޖެއްގެ ގޮތުގައި ހުރެއެވެ. މަންމަ މަރުވެއްޖެނަމަ، ވަގުތުން އޭނާ މުސްކުޅިވެދެއެވެ.

3. ފަހަތުން އައިސް ތިބާގެ ގައިގައި ޖަހައިފިނަމަ، ތިބާ ހުރީ އެއުރެންނަށްވުރެ މާ ކުރީގައިކަން ދަންނާށެވެ!

4. ޙައްޤުގެ ބަސް ގަދަކަން ހޯދާނީ، ރިވެތިކޮށް ދައްކާ ވާހަކައިންނެވެ.


5. އަހަރެމެން އެންމެންނަކީ ހަނދު ފަދަ ބަޔެކެވެ. އެހެނީ، އަހަރެމެންކުރެ ކޮންމެ މީހެއްގެ އަނދިރި ފަރާތެއް ވެއެވެ.

6. ގޮން ޖެހުމުގެ ސަބަބުން ނެތިގެން ދާނެ އެއްޗެއް ނެތް މީހަކަށް ގޮން ޖަހަން ނޫޅޭށެވެ.

7. ނުރޯ ލޮލަކަށް، ޙަޤީޤަތުގައި އެއްވެސް އެއްޗެއް ނުފެންނާނެއެވެ.

8. ބަލިވާ މީހާ ހިނިތުން ވެއްޖެނަމަ، މޮޅުވުމުގެ ފޮނިކަން، މޮޅުވާ މީހާއަށް ގެއްލޭނެއެވެ.

9. ވާތް ނެތްނަމަ ކަނާތުން ލިބޭނެ ފައިދާއެއް ނެތެވެ.

10. ހިނިތުންވުމަކީ، އަކުރަކާ ނުލައި ދޭހަވާ ކަލިމައެކެވެ.

11. މަޤާމު ދޫކޮށްފައި ދާން ޖެހޭ ދުވަހު ތިބާ ދެކެ އެހެން މީހުން ލޯބިވާނެ ފަދައިން މަސައްކަތްކުރާށެވެ.

12. ތިބާގެ އަނބިމީހާ މިހާރު އިޚުތިޔާރުކުރާ ތަކެއްޗަށް ފާޑު ނުކިޔާށެވެ! އޭނާ ވަނީ އޭގެ ކުރިން ތިބާ އިޚުތިޔާރުކޮށްފައެވެ!

13. ހިތާމައިގެ ދޫނިތައް، ތިބާގެ ބޯމަތީގައި އުދުހުން، ތިބާއަށް މަނާނުކުރެވޭނެއެވެ. ނަމަވެސް، އެ ދޫނިތައް ތިބާގެ ބޮލު ތެރޭގައި ހާލި ހެދުން، ތިބާއަށް މަނާކުރެވިދާނެއެވެ.

14. ކަނޑި އުރައިން ދަމައިގެން ހުރެ، މިނިކާ ވަގާ ރައްޓެހިވާށެވެ!

15. މާތް މީހުންގެ ކުށް ހޯދަން މަސައްކަތް ކުރުމަކީ، ގޮތް ކުޑަ މީހުން އުފާވާ ކަމެކެވެ.

16. ރުޅި އަންނަ ކޮންމެ ފަހަރަކު، މުސްކުޅިކަމާ ގާތަށް ފިޔަވަޅެއް އެޅެއެވެ.

17. ވާހަކަ ދެއްކުމަކީ ފަންނެއް ކަމުގައިވާ ފަދައިން ދައްކާ ވާހަކަ އަޑުއެހުމަކީ ވެސް ފަންނެކެވެ.

18. ވިހާއިރު ފިރުކޭ މީހާ، ދުވަހަކު ވެސް ނުއުދުހޭނެއެވެ.

19. މާޒީވެ ދިޔަ ދުވަސްތައް ދެކެ މީހުން ލޯބިވަނީ، މާޒީވެފައި ވާތީއެވެ. އެދުވަސްތައް އެނބުރި އަތުވެއްޖެނަމަ، އެއުރެން އެ ދުވަސްތަކަށް ނަފުރަތުކުރާނެއެވެ.

20. އެހެން މީހުންނީ ކުޑަކުދިންކަން އިޙުސާސްކުރުވާ ބޮޑެތި މީހުން އުޅެއެވެ. ނަމަވެސް ޙަޤީޤީ ބޮޑެތި މީހުންނަކީ، އެހެން މީހުންނީ ވެސް ބޮޑެތި މީހުންކަން އިޙުސާސްކުރުވައިދޭ މީހުންނެވެ.

21. ދެމީދާ ފަހާ ބުޅަލަކަށް އެންމެ މީދަލެއް ވެސް ނުހިފޭނެއެވެ.

22. ދެ ދޫނި ފަހަތުން ދުވާ މީހަކަށް އެންމެ ދޫންޏެއް ވެސް ނުހިފޭނެއެވެ.

23. އަންހެނުންނީ، މުޖުތަމަޢުގެ އެއްބަޔެވެ. އަނެއްބައި ވިހައި ތަރުބިއްޔަތު ކުރަނީ ވެސް އަންހެނުންނެވެ.
24. ކޮންމެ ބަހަކަށް ކަންފަތެއް ވެއެވެ.

25. މީހަކު މައްޗަށް އަރައިގެންދާ ވަރަކަށް، އޭނާގެ ވަށައިގެން ޖަމާވާ ވިލާތަކާއި އުނދަގޫތައް ގިނަވާނެއެވެ.

26. ޖާހިލަކާ ޖަދަލު ނުކުރާށެވެ! ތިބާ އެކަން ކުރާއިރު، އެހެން މީހުންނަށް ހީވާނީ، ޖާހިލަކީ ތިބާ ކަމުގައެވެ.

27. ޕްލޭން ކުރުމުގައި ނާކާމިޔަބު ވުމަކީ، ނާކާމިޔާބުވުމަށް ޕްލޭންކުރުވާ ކަމެކެވެ.

28. މައްސަލައެއް ޙައްލުކުރާނެ އެތައް ސަތޭކަ ގޮތެއް ފިނޑިއަކަށް އެނގިދާނެއެވެ. އެކަމަކު އޭގެ ތެރެއިން އޭނާ އިޚުތިޔާރުކުރާނީ އެންމެ ގޮތެކެވެ. އެއީ ރެކުމެވެ.

29. ތިބާގެ ކުރިމަތީގައި މަގު ބަންދުކުރާ ދޮރު، މަރުތޭލުން ޖަހާ ފަޅާލުމަށްވުރެ، ހިނިތުންވުމަކުން ޖަހާ އެ ދޮރު ކުދިކުދިކޮށްލުން މާ ރަނގަޅެވެ.

30. ގިނިކާ މާދޫނި ލަޝްކަރެއްގެ ވެރިޔަކަށް ހުރުމަށްވުރެ، ސިންގާ ލަޝްކަރެއްގެ ފަރުދަކަށް ހުރުން މާ ރަނގަޅެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ