www.fanvai.info

Print

ކެރެޓް ބަކުން

ޝާޢިއުކުރީ ޖުވޭރިޔާ ވަޖުދީ . ހިމެނޭބަޔަކީ ސިއްޙަތު



ބޭނުންވާތަކެތި

ޖުވައިރިޔާ ވަޖުދީ



3 އިންޗީގެ ކެރެޓްކޮޅެއް ( ކުދިކޮށް ކޮށާފައި)

2 މޭޒުމަތީ ސަމުސާ މުގު

4/1 ޖޯޑު ހަނޑޫ

2/1 މޭޒުމަތީ ސމުސާ މުރނގަ ފަތް

ތައްޔާރުކުރާނެގޮތް


ކުޑަ ތެއްޔަކަށް ފެން ފޮދެއް އަޅާފައި ހުރިހާބާވަތް އެއްކޮށް ރޯފިލަންދެން ކައްކާށެވެ. ( ފެން އަޅާނީ ކރިޔާ ރޯފިލާވަރަށެވެ.ދެން މިކްސަރުން ޗަސްކޮށްފައި ތުއްތު ދަރިފުޅަށް ކާންދޭށެވެ.

(ނިމުނީ)

                   

                                           ބަކުން ބަކުން

                                          ތުއްތު ކުދިންގެ ކާނާ

މިފޮތުގައި މިލިޔަނީ 6 މަހާއި  1 އަހަރާއިދެމެދުގެ ކުދިންނަށް ކާންދޭން ތައްޔާރުކޮށްފައިވާ ރެސިޕީ ތަކެކެވެ.ފުޅި ފުޅިއާއި ދަޅު ދަޅު ގައި ހުންނަތައްޔާރީ ކާނާގެ ބަދަލުގައި ހަރަދުކުޑަކޮށް އަޅުގަނޑުު މެންނަށް ފަސޭހައިން ލިބޭ ބާވަތް ތައް ބޭނުންކޮށްގެން ތުއްތު ދަރިފުޅަށް ހަށިގަނޑަށް ބޭނުންވާ ބައިތައް ހިމެނޭގޮތަށް ކާނާ ތައްޔާރުކޮށް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މިފޮތުގައިވާ ކާނާތަކުގައި ތުއްތު  ދަރިފުޅަށް ކޮންމެހެން ބޭނުންވާ ބަައެއް ބާވަތް ތައް ހިމަނާފައި ވާނެއެވެ.

   މި ކާނާ ތައްޔާރު ކުރާއިރު ނުވަތަ ކައްކާއިރު ބަލާނީ ވީހާވެސް މަދުން ފެން އަޅައިގެން ކިރިޔާ ރޯފިލާވަރުގެ ފެން ފޮދެއްގައި ކެއްކޭތޯއެވެ. އެއީ ފެން ގަނޑުގެ ތެރެއަށް ތަރުކާރީ ކޮޅުގައިވާ ވިޓަމިން ކޮޅު ދާނެތީއެވެ. ޗަސްކުރާއިރު ރަނގަޅަށް އޮމާން ވާވަރަށް ވުރެ ހިކިނަމަ ކެއްކި ފެން ފޮދެއް ނުވަތަ މިނެރަލް ވޯޓަރ ފޮދެއް އެއްކޮށްލާށެވެ.

          ކައްކާއިރު އަބަދު ވެސް ބަލާނީ އާއްމުކޮށް ތުއްތު ދަރިފުޅު އެއްފަހަރަށް ނުވަތަ ދެ ފަހަރަށް ވާވަރުގެ އެތިކޮޅެއް ކެއްކޭތޯ އެވެ. އެއީ ގިނައިން ކައްކާފައި ބާކީ ގިނައިރުވުމުން ތާޒާކަން ކެނޑޭނެތީއެވެ.އަދި ކާށި ކިރު އަޅާ ބާވަތް ތައް ކައްކާނީ 1 ފަހަރަށް ވާވަރަށެވެ.

             2 މާރޗް 2009        
                            ޝުކުރިއްޔާ

 
                                               ޖުވައިރިޔާ ވަޖުދީ

www.fanvai.info