ނޫސްވެރިއެއްގެ ސުއާލު
ނޫސްވެރިޔަކު، ޤައުމެއްގެ މަސްއޫލުވެރިޔަކާ ސުއާލުކުރިއެވެ.
"ސާދައަހަރުގައި ރަސްކަމަށް އިސްކުރުމަށް ޤާނޫނު ހުއްދަކުރާއިރު، އަށާރަ އަހަރު ނުފުރެނީސް މީހަކާ އިންނަން ޤާނޫނު ހުއްދަ ނުކުރަނީ ކީއްވެގެންތޯ؟"
މަސްއޫލުވެރިޔާ ޖަވާބުދިނެވެ.
"އެއީ، އަނތްބަކު ގެންގުޅުމަށްވުރެ، ޤައުމެއްގެ ކަންތައްތައް ބެލެހެއްޓުން މާފަސޭހަކަމަށް ވާތީ."