އަދުގެ ޚާއްސަ

Print

ބިމުގެ ޚަލީފާ އަށް...!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

              

އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2009)
   (ޝާޢިރުލްމަޤުތޫލު)

ކިތަންމެ ބަރަސް، ރަނގަޅު  ޒިންމާތަކެއްނަމަ  ލާށެ ބުރިކަށްޓަށް،
   ހިތަށް އެކަމުގެ އަހަންމިއްޔަތު،  އެނގޭނަމަ ވާނެ    ލުއި   ހަށްޓަށް

ބަނީ އާދަމް ޙަޔާތުގެ   ނިޢުމަތުގެ ކިއްލާ      ބިނާކުރުމަށް
   ވަނީ ދެއްވައިފަޔޭ ފަންވަރު،     މުލައްދަނޑިޔާއި      މައިކަށްޓަށް

ހަވާލު ވެވިއްޖެ މަސްއޫލިއްޔަތެއް،  ލަސްނުވެ  އަދާކުރަމުން،     
  ސުވާލެއްނެތި   ހެމުން ހުއްޓޭށެ   ގޮސް ނިންމުމުގެ     ދޮރުއަށްޓަށް


ގުނައިގެން ޢަދަދު ނުކުރެވުނަސް، ހުރަސްތައް ދުނިޔެވީ ބިމުގައި
        ބުނާށޭ މަރުޙަބާއޭ   ހަށިގަނޑާއި ބޮލަށް   އަރާ        ގުށްޓަށް

މުރާލިވެ ހިތްވަރާ އެކުގައި    މަސައްކަތްތައް   ކުރާއަޅަކަށް،
       ތުރާތައް ވާނެޔޭ ފުނޑު ފުނޑު ވެގެންދާ   ބާރުނެތް       މުށްޓަށް

ގޮތެއް ނެތި ވަހުމުގައި އޮވެ މަރު ނިދީގައި ފެންނަ  ހުވަފެނަކުން،  
       އަތެއް ދުވަހަކު ނުފޯރާނެޔެ        ނަސީބުގެ  ލެއްގި  ރަންފޮށްޓަށް 

އެހެން މީހެއްގެ ހުރި ތަނަވަސްކަމުން، ޝަކުވާ ކުރާ ނަމައީ،
       ރިހުންލިބި ވޭން ލިބޭނީ ހަމަ ތިމާގެ އަމިއްލަ         ކަންކައްޓަށް،
 
ފޮނުއްވީ ދުނިޔެއަށް މި ދުނިޔެ  ޢިމާރާތް ކުރުމަކަށް ނޫންހޭ؟
        މިނެއްނެތި ހިތްލެނބެން ވާނޭހެ      ކަންނެތްކަމުގެ  ހޮޅުއަށްޓަށް،

ދެތިން އެސްފިޔަ ޖަހާލާހާ ވަގުތު   ނޫންހޭ ޢުމުރު   މިދެނީ؟    
        ފޮތިން ބަނދެފައި ނަގައި  އެލަނީ،  ދެތިން  ފިލައިން ޖަހާ ފޮށްޓަށް

ޙަޔާތުގެ ދައުރު   ފުރިހަމަކުރި   ޚަލީފާ އެހިނދު  ރައްދުވެޔޭ
            ގަޔާވާ އެންެމެ މަތިވެރި ޢިއްޒަތާ ލައްޒަތުގެ    އެނދު އަށްޓަށް

ނިހާއީ ޢަދުލުގައި  ކާފިރުތަކުން ބަލަ    ކީއްވެހޭ   ބުނަނީ؟
        ކިހާ އަޅެ ރަނގަޅުހޭ   އަދުވާނެ   ނަމަ  ވެއްޔާ  ކިސަޑު މައްޓަށް

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ