އަދުގެ ޚާއްސަ

Print

ހިމަބިހި: މައިންނާއި ޅަދަރިންނަށް ހުރި ބޮޑު ބިރެއް

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ސިއްޙަތު


ޝާކިރު

ހިމަބިއްސަކީ ޢާންމުކޮށް ޖާރމެން މީސެލްސް ގެ ނަމުން އެނގި ދެނެވިވާ ރުބެއްލާ ވައިރަސް އިން ޖައްސާ ބަލިމަޑުކަމެކެވެ. މިނަން އައިސްފައިވަނީ ލެޓިން އިންނެވެ. މާނައަކީ 'ކުޑަ ރަތް' އެވެ. ޖާރމަން މީސެލްސް މިބައްޔަށް ކިޔަނީ މިބަލި ފުރަތަމަ ހޯދާފައިވަނީ އަށާރަވަނަ ގަރުނުގެ މެދުތެރޭގައި ޖާރމަންގެ ފިޒިޝަނެއް ވީމައެވެ. ފްރެޑްރިކް ހޮފްމަން  Friedrich Hoffmann 1740 ގައި ފުރަތަމަ ފަހަރަށް ކުލިނިކަލީ ރުބެލްލާ ތަޢާރަފުކުރިއެވެ. އަދި ޑި ބަރގެންde Bergen  1814 ވަނަ އެކަން ކަށަވަރު ކުރިއެވެ. އަދި 1758 ވަނަ އަހަރު އޯރލޯOrlow  މިކަން ކަށަވަރުކޮށްދިނެވެ.


 1814 ވަނަ އަހަރު ޖޯޖް ޑި މެޓަން George de Maton ހާމަކުރީ މީޒްލްސްއާއި ސްކާލެޓް ފިވަރ measles and scarlet fever   އައުމުން މިބަލި ޖެހޭކަމުގައި ފުރަތަމަ ފަހަރަށް ހާމަކުރިއެވެ. މިހުރިހާ ފިޒިޝަނުންނަކީވެސް ޖާރމަން މީހުންނެވެ. އަދި މިބަލި އެނގިފައިވަނީ ރޮތެލްން ގެ ނަމުންނެވެ. މިނަން އައިސްފައިވަނީ ޖަރުމަނުގެ ނަމުން ރޮޓްލިން އިންނެވެ. އެހެންނަމަވެސް މިބަލީގެ ޢާންމުނަމަކީ "ޖާރމަން މީޒްލްސް" އެވެ. 1866 ވަނަ އަހަރު އިންޑިއާގައި ފެތުރުނުކަމަށް އިންގްލިޝް ރޯޔަލް އާޓްލަރީ ސާރޖަން ހެންރީ ވޭލްވް ހާމަކުރިއެވެ. އޭނާ މިބައްޔަށް ދިންނަމަކީ ރުބެއްލާ އެވެ. ލެޓިން އިން ރުބެއްލާގެ މާނައަކީ "ލިޓިލް ރެޑް" އެވެ.މިބައްޔަކީ ގިނަފަހަރަށް މާބޮޑު ނުރައްކަލެއް މެދުވެރިނުވާ އެކަކުގައިން އަނެކަކުގަޔަށް ފަސޭހަކަމާއެކު އެއްވެސް އެނގުމަކާ ނުލައި އަރާ ބައްޔެކެވެ. މިބަލި ޖެހޭތާ ދޭއް ތިނެއް ދުވަހު ތެރޭ ރަގަނޅުވެދާނެއެވެ. ކުޑަކުދިންނަށް މިބަލި ޖެހުމުން ޒުވާނުންނަށްވުރެ ރަގަނޅުވާލެއް އަވަސްވާނެއެވެ. މާބަނޑު އަންހެނުންނަށް ރުބެއްލާ ވައިރަސްގެ އަސަރުކުރުމަކީ މާބަނޑުގައި އޮންން ތުއްތު ދަރިފުޅަށް ނުރައްކާތެރި ކަމެކެވެ. ބަލިވެއިނދެ ފުރަތަމަ 20 ހަފުތާތެރޭގައި މައިމީހާއަށް ރުބެއްލާ ވައިރަސްގެ އަސަރުކޮށްފިނަމަ އުފަންވާ ދަރިފުޅަށް ކޮންޖެނިޓަލް ރުބެއްލާ ސިންޑްރޯމް (ސީ އާރ އެސް) congenital rubella syndrome (CRS) ޖެހިދާނެއެވެ. މިހެންދިމާވާ ޙާލަތްތަކުގައި ވަގުތުން %20 އަންހެނުން ބައިގެންދެއެވެ.

ހިމަބިހި ނުޖެހި ހުރި އަންހެނަކު މާބަނޑުވުމުގެ ކުރީކޮޅުގައި މިބަލި ޖެހިއްޖެނަމަ ގަރުބަގަންނަކުއްޖާގެ ސިކުނޑި އާއި ހިތާއި ލޮލާއި ކަންފަތް އަދި ހަން އުފެދުމުގައި ރުބެއްލާގެ ސަބަބުން އުނިކަންތައްތަކެއް ހުރެދާނެއެވެ. މައިމީހާގެ ކިބައިން ފާޅުވާނޭ އަލާމާތްތަކަކީ ބިހިނެގުމާއި ލިމްފް ގްލޭނޑް (lymph glands)  ތައް ދުޅަވުމާއި ހުންއައުމާއި މޭނުބައި ކުރުމާއި އަދި ހޮޑުލެވުމެވެ. އެހެންނަމަވެސް ބައެއް ޙާލަތްތަކުގައި މިއިން އެއްވެސް ނިޝާނެއް މައިމީހާގެ ހަށިގަނޑުން ފާޅުނުވެވެސް ހިނގައިދާނެއެވެ. ކުޑައިރު ރުބެއްލާ ވެކްސިން ނުދީހުރިނަމަ ނުވަތަ ޢުމުރުގެ ކޮންމެވެސް ހިސާބެއްގައި ހައްޔަރުގައި އިނުމުގެ ކުރިން ހިމަބިހި ޖެހި އިމިޔުން (immune) ނުވެ ހުރިނަމަ ބަލިވެއިނދެ މާބަނޑު ވެއްޖެކަން ޔަގީންކުރަންކުރަން ހަދާޓެސްޓާއެކު، މައިމީހާގެ ހާލަތު ދެނެގަތުމަށްޓަކައި ރުބެއްލާ އެންޓިބޮޑީ ޓައިޓަރ ޓެސްޓް (rubella antibody titer) ހަދަންވާނެއެވެ. މައިމީހާއަކީ ރުބެއްލާއަށް އިމުޔުން ނުވެ ހުރިމީހެއްނަމަ ހައްޔަރުގައިންނަތާ ފުރަތަމަ މަހުގައި، ކުޑަ ދަރިފުޅު ވިހެއުމުގައި %50 މައްސަލަ ދިމާވުމުގެ ފުރުޞަތުވެއެވެ. އަދި %90 ވަގުތުން ބައިގެންދިއުމުގެ ފުރުޞަތުވެއެވެ. ހައްޔަރުގައިނދެ ފުރަތަމަ ތިންމަސް ދުވަހު ވީވަރަކުން މިބައްޔާދޭތެރޭ ރައްކައުތެރިވެގެން އުޅުމުން މިބަލީގެ ސަބަބުން މައިބަނޑުގައި ގަރުބަގަންނަމުން އަންނަ ތުއްތު ދަރިފުޅަށް މިކަމުން ލިބޭގެއްލުން ކުޑަކުރެވޭނެއެވެ. ހައްޔަރުގައި އިނދެކުރީކޮޅުގައި އެކަންކުރިއަށް ނުގެންދިއުމަށް ނަސޭޙަތްތެރިވެ މާބަނޑުމީހާއަށް ޖެނެޓިކް ކައުންސިލިން ދިނުމަކީ މުހިންމު ކަމެކެވެ. ބަލިވެއިނދެ ތިންމަހުގައި ކޮންމެ 10 ކުއްޖަކުން 1 ކުއްޖަކު ވިހައެވެ. ލޭގެ ޓެސްޓް ހެދުމުން މައިމީހާއަށް ބަލިޖެހިފައިވާކަން އެނގޭނެއެވެ. ރުބެއްލާ ވެކްސިންގައި ހިމެނެނީ އެބަލީގެ ވައިރަސް ކަމަށްވީމާ މާބަނޑުމީހުނަށް ރުބެއްލާ ވެކްސިން ދީފިނަމަ މާބަނޑުގައިވާ ދަރިފުޅަށް ގެއްލުން ވެދާނެއެވެ. މައިމީހާ ވިހެއުމަށްފަހު ދެންއުފަންކުރާ ކުދިންގެ މިބަލިން ސަލާމަތްކުރުމަށްޓަކައި ރުބެއްލާ ވެކްސިން ދޭންވާނެއެވެ.

ހިމަބިއްސަކީ ކުޑަކުދިންނަށް ޖެހޭ ބައްޔެކެވެ. އާންމުގޮތެއްގައި މިބަލި ތަރައްގީވެ ޒުވާނުންނަށް އެންތްރޮޕަތީ ޖެހުމަކީ މާބޮޑު މައްސަލައެއް ނޫނެވެ. ވަރަށް މަދު ފަހަރެއްގައި ނޫނީ މިކަން މާބޮޑު ސީރިއަސް ކަމަކަށް ބަދަލުވެގެން ނުދާނެއެވެ. މާބަނޑުމީހާގެ ބަނޑުގައި ގަރުބަގަނެގެން އަންނަކުއްޖާއަށް ބަލިޖެހުންފިއަވާ ރުބެއްލާ އަކީ ވަރަށް އާދައިގެ ކުޑަކުޑަ ބަލިމަޑުކަމެކެވެ.

ރުބެއްލާ ޖެހެނީ ވައިގެތެރޭގައި އުޅޭ މިބަލީގެ ވައިރަސް ނޭވާލާ ނިޒާމުގެ މަތީ ބައިގެ ތެރެއަށް ވަދެގެންނެވެ. މިބަލީގެ ވައިރަސް ކުޑަކަމުދާ ނަޖިހުގައާއި ބޮޑުކަމުދާ ނަޖިހުގައި އަދި ހަމުގައި ހުރެދާނެއެވެ. މިބަލީގެ ވައިރަސް ދިރިއުޅެނީ އިންސާނުނގެ ހަށިގަނޑު ގައެވެ. މިބަލި ހަށިގަނޑުން ފާޅުވަނީ ބަލިޖެހޭތާ 2 ން 3 ށް ހަފުތާ ތެރޭގައެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ