އަދުގެ ޚާއްސަ

Print

ސްކައުޓުންނާއި މިހަރަކާތުގެ މައިގަނޑު މަޤްޞަދު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް



މުޙައްމަދު ޒަޔާން ޢަބްދުﷲ

ދުނިޔޭގައި އިންސާނުން ދިރިއުޅުން ބިނާކުރުމަށް ތަފާތު އެކިކަހަލަ ހުނަރު ތަކާއި ޙަރަކާތްތައް ދަސްކުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. ސަބަބަކަށް ވަނީ މިފަދަ ހުނަރުތަކާއި ގޮތްތައް  ނޭނގުމުގެ ސަބަބުން ދިރިއުޅުމުގައި ތަފާތު އެކި ގޮތްގޮތުން އުނދަގޫތަކާއި ކުރިމަތިލާންޖެހުމެވެ. މި ޙަޤީޤަތް މިވަނީ ޚުދު އަޅުގަނޑުމެންގެ މުޖުތަމަޢުންވެސް ފެންނަން ފަށަފައެވެ. މި ކަމުގެ ސަބަބުން އަޅުގަނޑުމެން އާދަކާދަޔާއި ސަޤާފަތަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބުރޫ އެރުމަކީ އެތައް މާހިރުންނެއް އެއްބަސްވެލައްވާ ކަމެކެވެ.

އަޅުގަނޑުމެންގެ ކާބަފައިންނަކީ ކުރީން ދުނިޔޭގެ އެތައް ޤައުމަކުން ޒިޔާރަތްކުރެއްވި ތާރީޚު ދިރާސާކުރައްވާފައިވާ ބޭފުޅުން އެ ބޭފުޅުންގެ ގަލަންތަކުން ލިޔުއްވަމުން ގެންދެވީ ދިވެހީންގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަމުގެ މައްޗަށެވެ. ވީމާ އަޅުގަނޑުމެން އެ ޝަރަފާއި ނަސީބު ދެމިއޮތުމަށް ބޭނުންނަމަ މިފަދަ ހުނަރުތައް ދަސްކުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ.

މިގޮތުން ދެންމެ ދެންނެވިފަދައިން މި ހުނަރުތައް ދަސްކުރުމަށް އެންމެ ބޮޑަށް ބާރުއަޅާ އަދި އެހީތެރިވެދެއްވާ ބައިނަލްއަޤްވާމީ ޖަމިއްޔާއަކީ ސްކައުޓް ޖަމިއްޔާއެވެ. މި ޖަމިއްޔާގެ ބާނީއަކީ ރޮބަރޓް ސްޓެޕެންސަން ސްމިތު ބޭޑެން ޕަވަލް ނުވަތަ ( BP ) އެވެ. ސްކައުޓްގެ ޙަރަކާތް މީގެ ޤަރުނެއްހާ ކުރިން ފެށިފައިވިޔަސް މި ޙަރަކާތް ރާއްޖެއަށް ތަޢާރުފްކުރެވުނީ މީގެ ބައިޤަރުނެއްހައި ދުވަސްކުރިން 1950 ގައެވެ. ނަމަވެސް ރަސްމީގޮތުން ރަޖިސްޓްރީ ކުރެވުނީ 30 މެއި 1956 ( 12 ޝައްވާލް 1375 ) ވަނަ އަހަރުގައެވެ.

މި ޙަރަކާތް ދިވެހިރާއްޖެއަށް ތަޢާރަފް ކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ކޮމިޝަނަރ އެއްގެ މަތިވެރި ޝަރަފްލިބިލެއްވީ ޙަސަން އަލިދީދީއަށެވެ. އަދި އެންމެ ފުރަތަމަ ގުރޫޕަކީ މަޖީދިއްޔާ ސްކޫލެވެ. އެންމެ ފުރަތަމަ ކޭމްޕެއް ބޭއްވުނީ 4 ދުވަހުގެ މުއްދަތަކަށް 28 އެޕްރީލް 1965 ގައެވެ. ސްކައުޓް ޙަރަކާތުގެ އެންމެ ފުރަތަމަ މަރުޙަލާ ކަމުގައިވާ ކަބްސްކައުޓް ކުދިން އެންމެ ފުރަތަމަ ފަހަރަށް ހުވާ ކުރުމުގެ ޖަލްސާއެއް ބޭއްވިފައިވަނީ 18 ޖޫން 1963 ގައެވެ.

ސްކައުޓުންގެ ޙަރަކާތް ބަޢިނަލްއަޤްވާމީ މުޖުތަމައަށް ފެތުރިގެން ގޮސް ވަނީ ދުނިޔޭގައި އޮތް އެންމެ މެމްބަރުން ގިނަ އެއް ޖަމިއްޔާއަށް ވެފައެވެ. މީގެ ހެތްކެއްގެ ގޮތުން އަޅުގަނޑުމެންގެ މި ކުޑަކުޑަ މި ދިވެހިރާއްޖެވެސް ފުދެއެވެ. އެތައް ސަތޭކަ ގްރޫޕެއްގައި އެތައް ހާސް ސްކައުޓުންނެއް ދަނީ ހަރަކާތްތެރިވަމުންނެވެ.

ސްކައުޓު ޙަރަކާތުގެ އެންމެ ބޮޑު މަޤްޞަދަކީ ކުދިން ޅަފަތުގައި، އެކުދިންގެ މުސްތަޤްބަލް ބިނާކުރުމަށް ކޮންމެހެން އެނގެންޖެހޭ ހުނަރުތަކާއި މަސައްކަތްތައް ދަސްކޮށްދީ އެ ކަންތައްތަކަށް ހޭލުންތެރިކުރުވުމެވެ. ސްކައުޓް ހަރަކާތް ޙަޤީޤަތުގައި ތަޢާރަފް ކުރުމުގެ ބޭނުމަކީވެސް މީއެވެ. ވީމާ މި ޙަރަކާތް ވެގެންދިޔައީ އެތައް ކުދިންނެއްގެ ލޯތްބާއި ޝަޢުގުވެރިކަން ދަމައިގަތް ޙަރަކާތެއްގެ ގޮތުންނެވެ.

ދިވެހިރާއްޖޭގައި ޗީފް އޮފް ސްކައުޓް ނުވަތަ ސްކައުޓުންގެ އެންމެ އިސްވެރިޔާގެ މަޤާމުގައި ހުންނަވާނީ ދައުލަތުގެ އެންމެ އިސްވެރިޔާއެވެ. ނުވަތަ އެހެންގޮތަކަށް ބުނަނީ ނަމަ ރައީސެވެ. މި ގޮތުން ކޮންމެ ފަހަރަކު ރާއްޖޭގެ ވެރިޔަކަށް ހުންނަވާ ބޭފުޅެއް ބަދަލުވެއްޖެނަމަ މި މަޤާމްވެސް ދާނީ ބަދަލުވެގެންނެވެ. ސްކައުޓަކަށް ދިވެހިރާއްޖެއިން އެންމެ މަތީ ލަޤަބެއް ނުވަތަ ބެޖެއްގެ ގޮތުން އެރުވެނީ އެއިރަކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ  ބޭފުޅަކު ދެއްވާ ޕެރެޒިޑެންޓް ސްކައުޓް ބެޖެވެ.

މިޔަދު ސްކައުޓުންނަކީ ބައިނަލްއަޤްވާމީ ގޮތުން އެތައް މަތީ ވަނަތަކެއް ހޯދާފައިވާ ބައެކެވެ. މިގޮތުން ރާއްޖޭގައި ކުޅަދާނަ ހިތްވަރުގަދަ ސްކައުޓުންނެއް ވަނީ އުފެދިފައެވެ. ގެލެންޓްރީ އެވޯޑް ފަދަ މަތީ އެވޯޑް ތަކެވެ. މިހިރަ މިހިރަ ކަންކަމުން އަޅުގަނޑުމެންނަށް ދޭހަވަނީ ސްކައުޓުންގެ ބޭނުންތެރިކަމެވެ.

ދުނިޔޭގެ ހުރިހާ ސްކައުޓުންނަށް ތި އަޒުމުގައި ކުރިޔަށް ދިޔުމަށް އަޒުމްކަނޑައެޅުމަށް ގޮވާލަން އަދި އިތުރު ކާމިޔާބީއާއި އުފާވެރި ދުވަސްތަކަކަށް އެދެމެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ