އަދުގެ ޚާއްސަ

Print

ކޮކަޑި ކޭ މީދާ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޢަލީ މޫސާ ދީދީ

މީދަލެއް ކައިގެން ކޮކަޑި  ގަދަ ވެއްޖެ ނަމަ ދޭނީ ލަނޑޭ
           މީހުނަށްދީ ދުއްތުރާ     ގެދޮރާ މުދާ ކުރަނީ ގޮނޑޭ

މޫސުމަށް ނުބަލައި ކޮކަޑި ލީނަމަ ގެޔާ ރުއްގަސް ތެރަށް،
        ފޫނުބެއްދޭ ވަރުގެ    ގެއްލުން ދޭކަމަށް     އިވެނީ އަޑޭ

އާދަ ކޮށް ކެވުމުން ކޮކަޑި ދުވެފާ ދެޔޭ ތޮފަޅާތަކަށް،
           ސާފު ވާރޭފެން އެ ސޮރު ބޮއިގެން އަބަދު ލާނީ ހޮޑޭ

ފެން ލިބިއްޖެއްޔާ އެ ސޮރު ގަދަވާތަނުން ހަމަލާ ދެޔޭ،
        ދެން އެއަށްފަހު ކޮކަޑި ލީ ބަޔަކަށް  ދެނީ ހައްތާ ލަނޑޭ

ތަންތަނަށް ވަދެ އޮވެފިލާ އަނގަ އޮރިކުރާލެއް ގިނަކަމުން،
        ދަންވަރަށް ނުނިދޭވަރަށް    އިވެނީ އަބަދު ބާރަށް  އަޑޭ

އަތްފަޔާ އަދި އަންނައުނުތައް ކައިހަދާތީ ރޭގަނޑަށް،
        ތައްއުފާ ނެތި ގެއްލިގޮސް ލޭ އަންނަނީ ތަންތަން ކެނޑޭ

ދާނަމުން ހަށިގަނޑުގެ އެކި ތަންތާ އެސޮރު ނިދިލާއިރަށް،
          ބާނިލާފައި ލޭ ނަޔަސް، ކައިފައިވަނީ ދެ އަތާ  ކޮނޑޭ

އަނބިދަރީންނަށް ނުނިދިފާ ތިބެޔޭ ވަށާ ހޯދާބަލަން،
          ތަނބިކަށިންވެސް ލޭ ހިލޭވަރު ވެއްޖަތީ ތަނަކުން ކެނޑޭ

ކައި ފަޅޯ ފޭރާ ފުފޫ ތޮރަޔާ ޗިޗަންޑާތައް ކޮށާ،
          އާދަކޮށް ކައިފާ ކޮށާ ހަދަނީ ގަހާ ފަތްތަކު    ތަނޑޭ

އަސްކެނީ ދަށުގައި އެވާ މޭވާ ވެލާ ގަސްތައް ނޮޅާ
       ލަސްވުމެއް ނެތި  ގޮސް އެ ސޮރު ނިންމާލަނީ ހައްދާ ދަނޑޭ

ކާޑު އެތި ކޮޅުވެސް ސަލާމަތްވާނެ ގޮތް ނެތި ވިސްނިފާ
     ފާޑުފާޑުގެ    ދުއްތުރާތައް       ތާ އަބަދު   ކުރަނީ ބޮޑޭ

ބޮޑުވެގެން މީދަލުގެ އުނދަގޫ ގޮސް އެހެން ރަށަކަށް ދިޔަސް،
        މަޑުވުމެއް ނެތި ގޮސް ހުރަސް ކުރަނީ ދެމެދުގާވާ  ކަނޑޭ

ހަމަމިގަލަމުން

އިދާރާ

ވާހަކަ