އަދުގެ ޚާއްސަ

Print

އޫރު ރޯގާ- 21 ވަނަ ގަރުނުގެ ބޮޑު ރޯގާއަށް ވެދާނެ.

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ސިއްޙަތު


 މުޙަންމަދު ޢަބްދުއްޞަމަދު /ހއ.އިހަވަންދޫ
 
ދުނިޔޭގައި ދިރިއުޅޭ ތަފާތު ދިރޭ ތަކެތީގެ އާބާދާގައި ތަފާތު ބަލިތައް ފެތުރެއެވެ. އިންސާނުންނާއި ޖަނަވާރުންގެ ތެރޭގައެވެ. ގަސްގަހާގެއްސާއި ދޫނި ސުފާ ސޫފީގެ ތެރޭގައެވެ. ދޫނި ރޯގާގެ ބިރުވެރިކަމަށް ފަހު މިހާރު ކުރިމަތިވެފައި މިވަނީ ސްވައިން ފްލޫ ނުވަތަ އޫރު ރޯގާ އެވެ. މި ރޯގާއަކީ އޫރުގެ އާބާދީ ތެރޭގައި ފެތުރޭ ބައްޔެކެވެ. މިބަލި ޖެހެނީ އޫރުގެ ނޭވާލުމުގެ ނިޒާމަށެވެ. މިއީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މިބަލި ޖައްސާ ވައިރަހަށް  ކިޔަނީ " އިންފުލުއެންޒާ ވައިރަސް އޭ " އެވެ. އިންފުލުއެންޒާ ވައިރަސް ޖެހެނީ ދިރޭތަކެތީގެ އެއް ވައްތަރަށެވެ. އެހެނީ، އިންސާނުންނާއި އޫރާއި ، ދޫންޏަށް ޖެހޭ އިންފުލުއެންޒާ ވައިރަސް ތަފާތު ވާނެއެވެ. އެހެން ނަމަވެސް ، ބައެއް ފަހަރު ވައިރަސް ދިރޭ ތަކެތީގެ ގިނަ ވައްތަރުތަކަށް ޖެހިދާނެއެވެ. މިސާލަކަށް ބައެއް ފަހަރު  އޫރަށް ބަލިޖެހެނީ ، ހަމައެކަނި އޫރަށް ބަލިޖައްސާ ވައިރަހުން ނެވެ. އެކަމަކު، އިންސާނުންނާއި ދޫންޏަށް ބަލިޖައްސާ ވައިރަހުން ވެސް އޫރަ ބަލިޖެހިދާނެ އެވެ.

ނަތީޖާއަކަށް ވަނީ ވައިރަސް އޭގެ ޖީން ބަދަލުކޮށް އާ ސިފައެއްގައި ނުކުތުމެވެ. އޫރު ރޯގާގެ ވައިރަސް ސައިންސް ވެރިން ތަޙުލީލުކޮށް ހާމަކޮށްފައިވަނީ އިންސާނުންނަށް ޖެހޭ ރޯގާއާއި ދޫންޏަށް ޖެހޭ ރޯގާގެ ޑީއެންއޭ މި ވައިރަހުން ފާހަގަ ކުރެވިފައިވާ ކަމަށެވެ.  އަދި އަލަށް މިނިކުން ވައިރަސް އަކީ އިންސާނުންނާއި އޫރަށް ވެސް ބަލިޖައްސާ އެއްޗަކަށް ވުމެވެ. އޫރު ރޯގާ ނުވަތަ ސްވައިން ފުލޫ އަކީ އިންފުލުއެންޒާ ވައިރަސްގެ  މިދެންނެވި ވައްތަރެވެ. ޖީން ބަދަލުވެފައިވާ ވައިރަސްއެއް ކަމަށްވާ "ސްވައިން އެޗް1 އެން1 " ގެ ސަބަބުން ފެތުރޭ ރޯގާ އެކެވެ.

އޫރު ރޯގާ އާއި ދޫނި ރޯގާ ޖައްސާ ވައިރަސް  އިންސާނެއްގެ ގައިން އަނެއް އިންސާނަކަށް ޖެހުމަކީ އެހާ އާއްމު ކަމެއް ނޫނެވެ. މި ރޯގާއެއް މާއަވަކަށް ނުފެތުރެ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ވައިރަހުގެ ސިފަ ބަދަލުވެ އިންސާނުންގެ ތެރޭގައި ރޯގާ އާއްމު ވުމަކީ ދުރުކަމެއް ނޫނެވެ. އަދި ނުރައްކާތެރި ބައްޔަށް ހުށަހެޅުމަކީވެސް ވުން ގާތް ކަމެކެވެ. މި ރޯގާ ނުރައްކާތެރި ރޯގާ އަކަށް ވުމުގެ އެއްސަބަބަކީ މިއީ މުޅިން އަލަށް ތަޢާރަފްވި ރޯގާއަކަށް ވާކަމެވެ.

މިބަލި ޖެހުމުން ، ބަލި މީހާގެ ޝަކުވާއަކަށް ވަނީ ހުން އައުމާއި ، ކާހިތް ނުވުމާއި، ވަރުބަލި ވުމާއި، ބޮލުގައި ރިއްސުމާއި ކެއްސުމެވެ. ބަނޑުގައި ރިއްސުމާއި ހޮނޑުލެވުމާއި ބަނޑު ދިޔާވުން ވެސް ހިމެނެއެވެ. އަދި ކަރުތެރެ ހިރުވުން ވެސް ހިމެނެއެވެ. ހަމަ މިއާއެކު ނޭވާ ލާން އުނދަގޫ ވެއެވެ. ބަލީގެ ފުރަތަމަ މަރުހަލާގައި ފަރުވާ ނުދެވިޖެނަމަ، ފުރާނައަށް ގެއްލުން ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ވީމާ، މިބަލިން ރައްކާތެރިވުމަށްޓަކައި މީހުން ގިނައިން އެއްވެ އުޅޭ މާލަން ތަކަށް ދިއުން ރަގަޅެއް ނޫނެވެ. ގިނައިން އަތް ދޮވެ ސާފު ކުރުން ރަގަޅެވެ. ކެއްސާ ކިނބިހި އަޅާއިރު އަނގަ ބަންދު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަރިދަފުސް ރޯގާގެ ވައިރަސް އަކީ ވަރަށް އަވަހަށް ބަދަލުވަމުން ދާ އެއްޗެއްކަމުން އެފަދަ ރޯގާތަކަށް ކުރިން އުފައްދާފައިވާ ވެކްސިންތަކުން އޫރު ރޯގާއަށް އަސަރު ނުކުރުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް މިހާރު ފެތުރެމުން މިދާ ވައިރަހަށް ޚާއްޞަ ދެ ވައްތަރެއްގެ ވެކްސިން ބޭނުން ކުރެވެއެވެ.

މެކްސިކޯއިން އޫރު ރޯގާ ނުވަތަ ސްވައިން ފުލޫ ދުނިޔޭގެ ހަތަރު ބިތަށް ފެތުރެމުން ދާއިރު ، ރައްކާތެރި އެއްވެސް ހިސާބެއް ދުނިޔޭގައި ނެތްކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން ބުނެއެވެ. މިވައިރަހުގެ އަސަރު އަވައްޓެރި އިންޑިޔާއިން ފެނިފައިވާކަން އެ ޤައުމުގެ ރަސްމީ ފަރާތްތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ. މިވައިރަސް އެންމެ ހަލުވި ކަމާއެކު ފެތުރެމުންދަނީ މެކްސިކޯއާއި އެމެރިކާގެ އިތުރުން ކެނެޑާ އާއި އިނގިރޭސި ވިލާތާއި ސްޕެއިން ގައެވެ. މިވައިރަސް ފެތުރުމުގެ މެދުވެރިއެއްގެ ބައި އަދާކޮށްފައިވަނީ ބަލި ފެތުރޭ ޤައުމުތަކުން އެހެން ޤައުމުތަކަށް ދަތުރު ކުރާ ފަތުރުވެރިންނެވެ.
މިނުރައްކާތެރި ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ މާޗް މަހުއެވެ. މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީގެ އޫރު ފާމް ތަކުންނެވެ. ނަމަވެސް އެއީ އޫރު ރޯގާގެ އާ ވައްތަރުކަން ކަށަވަރުވީ އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. މި މައްސަލަ ދުނިޔޭގެ ސަމާލުކަމަށް އައިސް ފައިވަނީ އެޕްރީލް މަހުގެ 23 ވަނަ ދުވަހު އެވެ.

އޫރަކީ މާތްވެގެންވާ އިސްލާމް ދީނުގައި އޭގެ މަސް  ކެއުން ހަރާމް ކުރައްވާފައިވާ އެއްޗެކެވެ. އެޗް1 އެން1 ގެ ވައިރަހުގެ އަސްލަކީ އޫރުކަން ސައިންސް ވެރިން ކަށަވަރުކޮށްދޭ އިރު އޫރު ދެކެ މީހުން މިހާރު ބިރުގަނެއެވެ. ބައެއް ގަމުތަކުން އޫރު ނައްތާލާތީ ޑަޕްލިޔު އެޗް އޯ އިން ކަން ބޮޑުވެއެވެ. ދެން މިއީ ޞިއްޙަތު ޖަމްއިއްޔާއިން ކަންބޮޑުވާންވީ ކަމެއް ނޫނެވެ. އޫރަކީ އިންސާނުންގެ ޞިއްޙަތަށް އެތައް ގޮތަކުން ގެއްލުން ހުރި އެއްޗެއްކަން މިޒަމާނުގެ ސައިންސް ސާބިތުކޮށް ދެއެވެ. އެމެރިކާއަކީ ދުނިޔޭގައި ތިން ވަނައަށް އެންމެ ގިނައިން އޫރުމަސް ބޭނުން ކުރާ ޤައުމެވެ. އޫރު މަސް ކެއުމުން ލޭމައްޗަށް ދެއެވެ. އެމެރިކާގެ އާބާދީގައި ދެބައިކުޅަ އެއްބައި މީހުންނަކީ މިބަލި ހުންނަ މީހުންނެވެ. މީގެ އިތުރު 70 އެތައް ވައްތަރެއްގެ ބަލި އޫރުގެ ސަބަބުން ޖެހެއެވެ. އޫރަކީ ދުނިޔޭގައި ލެއްވި އެންމެ މުޑުދާރު ޖަނަވާރެވެ. އަމިއްލަ ނަޖިސް ކައިއުޅޭ ޖަނަވާރެކެވެ.

މިި ރޯގާ ކޮންޓްރޯލް ކުރެވޭ ކަމުގެ އަޑުތައް ފެތުރޭ އިރު ،ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދަނީ މިރޯގާ މި ޤަރުނުގެ ބޮޑު ރޯގާ އަށް ވެދާނެ ކަމުގެ އިންޒާރު ދެމުންނެވެ. ދުނިޔޭގައި 1918 ން 1919 އަށް ފެތުރުނު ސެޕެނިސް ފުލޫވެސް ފުރަތަމަ ކޮޅު އެހާ އާއްމެއް ނޫނުވެ. މި ބަލީގައިވެސް ދުނިޔޭގެ 40 މިލިއަން މީހުން މަރުވި އެވެ. މެކްސިކޯއިން ފެނުނު މިބަލި ދުނިޔޭގެ ހުޅަނގަށާއި އިރުމައްޗަށް ފެތުރެމުން ދާއިރު ރައްކާތެރި އެއްވެސް ތަނެއް ނެތެވެ.

މީހުން ދެކޭގޮތުގައި މިހާރު އަލަށް އާއްމު ވާ ނުރައްކާތެރި ވައިރަސް ތަކަކީ މާތްﷲ، ހަރާން ކުރައްވާފައިވާ ބޮޑެތި ފާފަތަކަށް އިންސާނުން އަރައިގަތުގެ ސަބަބުން ، މާތްﷲ އިންސާނުންނަށް ފޮނުވާ އަޒާބެވެ. ކޯފާއެވެ. ބަނގުރާ ބުއިމާއި އޫރުމަސް ކެއުމާއި ޒިނޭ ސަބަބުން ފެތުރޭ ބަލާވެރި ކަމެވެ. އެހެން ކަމުން މި ވައިރަހުގެ ވެކްސިންވަނީ އިންސާނުންގެ ޢަމަލާ ގުޅިފައެވެ. އިސްލާމީ ޢަޤީދާގެ ތެރެއިން ދިރިއުޅުން ބައްޓަން ކޮށްގެން ނޫނީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިނުވާނެ ކަން ކަށަވަރެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ