www.fanvai.info

Print

އަނބިމީހާއާއި ސެކެއްޓެރީގެ ތަފާތުތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ހެއްވާމަޖާ


ފޮނުވީ: އެމް

އަނބިމީހާއާއި އޮފީހުގައި އުޅޭ އަންހެން ސެކެއްޓެރީގެ ތަފާތަކީ ކޮބާ؟
މިސުއާލަށް ދެވިފައިވާ ބައެއް ޖަވާބުތައް ތިރީގައި މިވަނީއެވެ.

1. އަނބިމީހާއާއި ސެކެއްޓެރީއާ ދެމެދުގައި ބައެއް ފަހަރު، 30 ކިލޯމީޓަރުގެ ތަފާތުވާނެ.
2. އަނބިމީހާ އޮފީހުގައި ހިނގާ ކަންތަކާ ބެހޭނެ. ސެކެއްޓެރީ ގޭގައި ހިނގާ ކަންތަކާ ނުބެހޭނެ.
3. ސެކެއްޓެރީ އޮފީހުގައި އުޅޭނީ ވަރަށް ރީތި ހެދުން ލައިގެން. އަނބިމީހާ ގޭގައި އުޅެފާނެ ކޮންމެ ކަހަލަ ހެދުމެއް ލައިގެން ވެސް.
4. ސެކެއްޓެރީ، ތިބާކުރާ އަމުރުތައް ތަންފީޒުކުރާނެ. އަނބިމީހާ ތިބާއަށް އަމުރުކުރާނެ.
5. ތިބާ ސަލާމަތްކުރަން ސެކެއްޓެރީ ދޮގުހަދާނެ. ތިބާއަށް އޮޅުވާލަން އަނބިމީހާ ދޮގުހަދާނެ.
6. ތިބާއާ ދިމާވާ ކޮންމެ މައްސަލައަކަށް ޙައްލު ހޯދާދޭން ސެކެއްޓެރީ އުޅޭނެ. ތިބާ ހޯދާ ކޮންމެ ޙައްލަކާމެދު މައްސަލަ ޖައްސަން އަނބިމީހާ އުޅޭނެ.
7. ތިބާއަށް ދެއްކިދާނެ އުޒުރާއި ބަހަނާތައް ހޯދާދޭން ސެކެއްޓެރީ މަސައްކަތް ކުރާނެ. ތިބާ ދައްކާ އުޒުރާއި ބަހަނާތަކާމެދު އަނބިމީހާ ޝައްކުކުރާނެ.
8. ސެކެއްޓެރީ، ތިބާއަށް ކަންތައްތައް ކޮށްދޭނެ. އަނބިމީހާ، ތިބާލައްވާ ކަންތައްތައް ކުރުވާނެ.
9. ސެކެއްޓެރީ ދެކޭނީ ތިބާއަކީ ވެރިޔެއް ކަމަށް. އަނބިމީހާ ދެކޭނީ ތިބާއަކީ ޚާދިމެއް ކަމަށް.
10. ސެކެއްޓެރީއަކީ ކުރިޔަށް އޮތް ލޯބީގެ މަޝްރޫޢެއް!!! އަނބިމީހާއަކީ ފާއިތުވެ ގޮސްފައިވާ ލޯބީގެ މަޝްރޫޢެއް!!!

ނޯޓް: މިތަފާތުތައް ހުރުމާއެކު ވެސް، ރަނގަޅު ފިރިންނަކީ، 10 ވަނަ ނަންބަރުގައި އެވާ މަޝްރޫޢު ނުފަށާ، އަނބިމީހާއަށް ލޯބި ދީގެން އުޅޭ ފިރިންނެވެ.

www.fanvai.info