Print

"ހަންހާރަ" ކުޑަކުދިންގެ ޞަފުޙާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އައިޓީ


ޢަބްދުލްމުޢީދު ޙަސަން


މިފަހަރު މި ގެނެސްދެނީ ތަފާތު ވެބްސައިޓަކާ ބެހޭ މަޢުލޫމާތުކޮޅެކެވެ. މިއީ ކުރިން ގެނެސްދީފައިވާ ވެބްސައިޓުތަކާ ޚިލާފަށް ކުޑަކުދިންނަށްޓަކައި ވެބްސައިޓަކުން ތައްޔާރުކޮށްފައިވާ ޞަފުޙާއެކެވެ.


އާދޭހެވެ. "ހަންހާރަ" ކުޑަކުދިންގެ ޞަފުޙާއަކީ، އާކިފެހިޗަރ ވެބްސައިޓުން ކުޑަކުދިންނަށްޓަކައި ތައްޔާރުކުރާ ޞަފުޙާއެކެވެ. މި ޞަފުޙާ، އާވަނީ، ކޮންމެ މަހަކު އެއްފަހަރުއެވެ. މި ޞަފުޙާ އަމާޒުކޮށްފައިވަނީ، ގްރޭޑް 7 އިން ފެށިގެން ދަށުގެ ކުދިންނަށެވެ.


ހަންހާރަ ޞަފުޙާގެ 6 ވަނަ ޢަދަދުގައި، މަޒުމޫނާއި ވާހަކައާއި ޅެން ހިމަނާފައި ވެއެވެ. އޭގެ އިތުރުން، ނަމާދުގައި ކިޔާ ތަކެއްޗާއި ފޮތަކާއި ބޭރު ފާލަންތައް ގެނެސްދީފައިވާކަން ފާހަގަ ކުރެވެއެވެ. ބޭރު ފާލަމުގައިވަނީ، ދިވެހިރާއްޖޭގައި ދިރިއުޅޭ ދޫނިތަކާ ބެހޭ މަޢުލޫމާތާއި، ޙިމާޔަތްކުރެވިފައިވާ ދޫނިތަކެވެ.

އަދަބިއްޔާތާއި ތަޢުލީމީ އެހީތެރިކަމާއި ސައިންސްގެ މަޢުލޫމާތު ކުޑަކުދިންނާ ގުޅޭ ގޮތަށް ގެނެސްދީފައިވާ މި ޞަފުޙާއަށް ވަޑައިގެންނެވުމަށްޓަކައި،

މިތަނަށް

އެއްފަހަރު ކްލިކްކޮށްލައްވާށެވެ.

މި ޞަފުޙާގެ މައިދޮރާށި ބެހެއްޓިފައިވަނީ، އާކިފެހިޗަރގެ މައިޞަފުޙާގައެވެ. އެ ދޮރާށިން ވެދެވަޑައިގަންނަވަން ބޭނުންފުޅުނަމަ،

މިތަނަށް

އެއްފަހަރު ކްލިކްކޮށްލައްވާށެވެ.

އާކިފެހިޗަރގެ ކުޑަކުދިންގެ ޞަފުޙާ، ރަންހާރެއް ފަދަ "ހަންހާރަ" އާއެކު ތިޔަބޭފުޅުންގެ ތުއްޕުޅު ބޭފުޅުންނަށް ބާއްޖަވެރިކަމާއި ފާގަތިކަމަށް އެދެމެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ