އަދުގެ ޚާއްސަ

Print

އަތްތިލައެއްގެ ސިފައިގައިވާ ލުނބޯ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެހެނިހެން


ޢަބްދުލްމުޢީދު ޙަސަން

އަތްތިލައެއްގެ ސިފައިގައިވާ ލުނބޮއެއްގެ ފޮޓޯ އިންޓަރނެޓްގައި ފެތުރެމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. ބައެއް މީހުން އެ ލުނބޯ އަތްތިލައެއް ކަމަށް ސިފަކުރިޔަސް އަނެއް ބަޔަކު ދެކެނީ އެއާމެދު އެހެން ގޮތަކަށެވެ. އެހެނީ، އޭގައިވާ އިނގިލިތައް ބޮޑަށް ވައްތަރީ، އަތްފައިގެ ވަކިތަކުން ޝިކާރަކުރާ ޖަނަވާރެއްގެ ވަކިތަކަކާއެވެ.

އެ ލުނބޮއާމެދު ވާހަކަދައްކާފައިވާ މީހުން، އެއަށް ނަޒަރު ހިންގާފައިވަނީ، އެބަޔަކަށް ލިބިފައިވާ ޢިލްމުގެ އަލީގައެވެ.

ދަންނަބޭކަލުން ވިދާޅުވެފައިވަނީ، އެއީ، މާތްﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެތްކެއް ކަމަށެވެ.

ސައިންސްގެ އަހުލުވެރިން ދެކެނީ، ވާރުތަވާ ސިފަތައް ބަދަލުކޮށްގެން އެކަހަލަ މޭވާ އުފެއްދޭނެ ކަމަށެވެ. އަދި އެއީ، އެތައް މޭވާއެއްގެ ސިފަތައް އެކުވެގެން އުފެދިފައިވާ އެއްޗެއް ކަމަށެވެ.

ޝުހުރަތުގެ އަހުލުވެރިން ދެކެނީ، އެބައިމީހުންނަށްވުރެ މިޒަމާނުގައި ލުނބޯ ވެސް މާ މަޝްހޫރުވެއްޖެ ކަމަށެވެ.

ޞާޢިދާ އޮންލައިންގައި އެ ލުނބޮއާ ބެހޭ ގޮތުން ލިޔެފައިވެއެވެ. "ޚާލިދުލް މިޞްރީގެ ގޯތިތެރޭގައި ހެދިފައިވާ ލުނބޯގަހެއްގައި، އަތްތިލައެއްހެން އޮތް ލުނބޮއެއް އަޅައިފިއެވެ. އޭގައި ފަސް އިނގިލިވެއެވެ. އެލުނބޯ ބަލަން ދިޔަ އެންމެން އެ ފެނުމުން ވަރަށް ބޮޑަށް އަންތަރީސްވެއެވެ."

އެ ލުނބޯގެ ވާހަކަ ބައެއް މަޖައްލާތަކާއި ވެބްސައިޓުތަކުގައި ޖަހާފައިވަނީ، އިސްލާމްދީނަށް ފުރައްސާރަކުރާ ބީދައިންނެވެ. މުސްލިމުންނަކީ، އެފަދަ ތަކެތީގެ ސައިންޓިފިކް ޙަޤީޤަތާމެދު ނުވިސްނާ ޖާހިލު ބަޔެއްކަން އިލްހާމުކޮށްދިނުމަށެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ