އަދުގެ ޚާއްސަ

Print

ތަންކޮޅެއް މަޑުމަޑުން ހިނގާށެވެ!

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާ ޅެން: (އުރޫ ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރެވިފައި)


މުޙަންމަދު ޝާހިދު ޙަލީމު (1996)


ހިތާމައިގެ މަގުތަކަކީ ފަސޭހަ މަގުތަކެއް ނޫނެވެ. ތަންކޮޅެއް މަޑުމަޑުން ހިނގާށެވެ.!


އޭ! ބާރަށް ހިނގާ މީހާއެވެ. އޭ! އަމިއްލަ ފުރާނައިގެ ދުސްމިނާ އެވެ. ތަންކޮޅެއް މަޑުމަޑުން ހިނގާށެވެ.

މަންޒިލުތަކުގައި ގާތްކަމުގެ މަސްތު ނެތި ހިނގައިދާނެ އެވެ.

ދަތުރުގެ ބައިވެރިޔަކީ އެއީ ކަމުގައިވާނަމަ، އޭ! މޮޔަޔާއެވެ. ތަންކޮޅެއް މަޑުމަޑުން ހިނގާށެވެ!


ރާތަށިން ފެށިގެން ތުންފަތާ ހަމަޔަށް އެތަކެއް ހާސް، ފައިކައްސާލުމެއްވެ އެވެ. އުފާ ނުކުރާށެވެ!
އަދިވެސް ނުފުދުމާ ކުރިމަތިލާން ޖެހިދާނެ އެވެ. ތަންކޮޅެއް މަޑުމަޑުން ހިނގާށެވެ!

ނުފުދުމުގެ ވަރުބަލިކަމުން ހަށިގަނޑު ހިލަވެއްޖެ އެވެ.
މިހާރު ހުރީ ކޮން ހަކަތައެއް ހެއްޔެވެ؟ ހިތްހަލާކު ވެފައިވާ މީހާ އެވެ. ތަންކޮޅެއް މަޑުމަޑުން ހިނގާށެވެ!


ވަރުބަލިވެފައިވާ ކޮންމެ ދަތުރުވެރިޔަކީ ވެލީގެ ފާރެކެވެ.
އޭ! ލޯބިވެރިންގެ މަންޒިލުގެ ވައިރޯޅިޔާ އެވެ. ތަންކޮޅެއް މަޑުމަޑުން ޖެހޭށެވެ!

މި ރަށުގައި އިސްތަށިގަނޑުގެ ހިޔަލެއް، ފަސްބައިގެ ނިވަލެއް ނެތެވެ.
އޭ! ރަށުގައި ވާހަކަ އަހާލާނެ މީހެއްނެތް ފަކީރާ އެވެ. ތަންކޮޅެއް މަޑުމަޑުން ހިނގާށެވެ!

ފިރާޒެވެ! ފޮޅުލައިފައި ހުރިފައި ކަލެއާ ދިމާއަށް އެ ބަލަނީ ކިހައި ހިތާމަވެރި އުންމީދަކާ އެކުގައި ހެއްޔެވެ؟
ދަތުރުގެ ބައިވެރިންނާ އެކުގައި އަނިޔާވެރިން ވެސް ހިމެނެ އެވެ. ތަންކޮޅެއް މަޑުމަޑުން ހިނގާށެވެ!

(ނިމުނީ)

ހަވާލާ:

މުޙަންމަދު ޝާހިދު ޙަލީމު (1996). ފަތްތޫރަ (210). ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ