އަދުގެ ޚާއްސަ

Print

ކުކުޅު ގަރުދިޔަ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ސުފުރާ


ފޮނުވީ: އެމް

ވަގުތު ނެތިގެން އުޅުއްވާއިރު، ތަންކޮޅެއް އަވަހަށް ކުކުޅު ގަރުދިޔަ ކައްކަވާނެ ގޮތް.


ބޭނުންވާ ތަކެތި:
      1. އުނދުނެއް.
      2. މަތިޖެހި ތެއްޔެއް.
      3. ވަޅިއެއް.
      4. ބައިސަމުސާ ލޮނު.
      5. ކުކުޅެއް.


ފިޔަވަޅުތައް:
      1. ކުކުޅުގެ ހަތަރެސްފައި ވަކިކުރުން.
      2. ކުކުޅު ދެފަޅިކުރުން.
      3. ބުރިކަށީގެ ފަޅި ދެބުރިކުރުން.
      4. ބަނޑުގެ ފަޅި ދެފަޅި ކުރުން.
      5. ދެން މިތަކެތި ދޮވެ ސާފުކޮށްފައި ތެއްޔަށް އެޅުން.
      6. ބައި ސަމުސާ ލޮނު އެޅުން.
      7. އުނދުން މަތީ ތެލި ބެހެއްޓުން. (ތެލި ބަހައްޓާފައި ހުންނަންވާނީ މަތި ޖަހާފައި)
      8. އުނދުން ރޯކޮށްފައި ކުކުޅު ރޯފިލަންދެން ކެއްކުން.


ނޯޓް: 

      1. މިގޮތަށް ކުކުޅު ގަރުދިޔަ ކައްކަވާއިރު ފެން އަޅުއްވަން ޖެހިވަޑައެއް ނުގަންނަވާނެއެވެ.

      2. ކުކުޅު ރޯފިލާއިރު ތެލީގެ ތެރޭގައި ގަރުދިޔަ ހުންނާނެއެވެ.

      3. ތެލީގެ މަތިގަނޑު ތެޅެން ފެށުމުން އެ ނަންގަވާފައި  ރޯފިލިތޯ ބައްލަވަން ވާނެއެވެ. ރޯ ނުފިލާނަމަ، މަތިގަނޑު ޖަހާފައި އަނެއްކާވެސް ކައްކަވާނީއެވެ.

      4. ކެއްކުމުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން، ރަހަ މީރުކޮށްލެއްވުމުގެ ގޮތުން އެއްޗެއް އިތުރުކޮށްލެއްވިޔަސް އެންމެ ރަނގަޅެވެ. ނަމަވެސް ތަޖުރިބާ މަދު ބޭފުޅުން މިފަދަ ކަމެއް ކުރައްވައިފިނަމަ، ބޮނޑިއެއް ލިބިވަޑައިގެންފާނެއެވެ.

      5. ކުކުޅުގެ ހަން ނޮޅުއްވުމާއި ނުނޮޅުއްވުން އޮތީ ކައްކަވާ ބޭފުޅެއްގެ އިޚުތިޔާރުގައެވެ. ނަމަވެސް ކުކުޅުގެ ކަރު ދިގުނަމަ، ކަރު ބޭނުން ނުކުރެއްވުން ބުއްދިވެރިއެވެ. އެއީ، ކުކުޅު ލައްވާ ބިސް އަޅުވަން ވެގެން އެއަށް ކުރާ ބޭސްފަރުވާގެ ވިހަ އަސަރު، ކަރުގައި ހުރެދާނެތީއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ