އަދުގެ ޚާއްސަ

Print

ކަލާގެ ދެ ތުންފަތް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާ ޅެން: (ޞޫފިޔާނާ އުސްލޫބު)


އާދަމް ނަޞީރު އިބްރާހީމް (2009)


ކަލާގެ ދެ ތުންފަތުގައި ކޮންމެ ރެޔަކު ބީހި ލެވޭނަމަ،

ކޮންމެ ރެޔަކު، ބޮސްދެވޭ ނަމަ،

ކޮންމެ ދަންވަރަކު، އެކަމުގެ ޝައުޤުގައި  ތެދުވެވޭނަމަ،

އަހަރެން ވީހީ ދެ ދުނިޔޭގައި ވެސް، ނަސީބުވެރިޔަކު ކަމުގަ އެވެ.



ކަލާގެ ދެ ތުންފަތުގެ ދެމެދުން އެ މުތްތައް ލިބިގަނެވޭނަމަ،
އެ ލައްޒަތުގެ ފެން އާރުން އަބަދު ފެން ބޮވޭ ނަމަ،
އެ ޖަވާހިރުތަކުން  މުޅި ޙަޔާތް ޒީނަތްތެރި ކުރެވޭނަމަ، 
އަހަރެންވީހީ  ދެ ދުނިޔޭގައި ވެސް ބާއްޖަވެރިޔަކު ކަމުގަ އެވެ.



ކަލާގެ ދެތުންފަތް ހުޅުވާލުމުން ކަޝްފު ވެގެންގެންދާ ރޫޙާނީ ސާފު ތެދުމަގުން ހިނގައިފައި ދެވޭނަމަ،
އެ ކަމަށްޓަކައި، އަބަދު ކުނިމިލައިން ސާފުވެގެން ހުރެވޭ ނަމަ،
ހުވަނދުލައި ވަސް މީރުކޮށްގެން ތިޔަ އަރިހުގައި ޢުމުރު ހުސް ކޮށްލެވިއްޖެ ނަމަ،
އަހަރެންވީހީ ދެ ދުނިޔޭގައި ވެސް  ޢިއްޒަތްތެރިޔަކު، ކަމުގަ އެވެ. 




އެހެން ނުވާނީ ކީއްވެހެއްޔެވެ؟


ކަލާ އަހަންނާ ހަމަޔަށް ގެނެސް ދެއްވީ ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވި މާތް ނަބިއްޔާއެވެ!
ފަހުނޭވާފުޅާ އެކުވެސް، ކަލާ ދޫކޮށް ނުލުމަށް ބާރުލައްވާ ނަސޭހަތްޕުޅު ދެއްވާފައިވޭ ވިއްޔާ އެވެ!
އެހެންކަމުން، އާދަމް ނަޞީރުގެ ވެސް، އާދަމުގެ ހުރިހާ ދަރީންގެ ވެސް،  ސަލާމަތްކަން ވަނީ  ކަލާގެ ދެ ތުންފަތުގެ ދެމެދުގައި ވިއްޔާ އެވެ!

(ނިމުނީ)


ނޯޓު؛

މަތީގައި އެވަނީ އެ ފަރުބަދައެއްގެ ހޮހަޅުގައި މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އިންނަވަނިކޮށް،
 ކީރިތި ޤުރުއާން ބާވާލައްވަން ފެއްޓުނު، ޙިރާ ފަރުބަދައިގެ ފޮޓޯ އެކެވެ. ޙައްޖު މޫސުމުގައި ވަރަށް ގިނަ ޙައްޖުވެރިން އެ އުސް ފަރުބަދައަށް  އަރައި، ރޭގަނޑާއި، ދުވާލު އެ ތަނުގައި ވަގުތުތައް ހޭދަ ކުރެތެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ