އަދުގެ ޚާއްސަ

Print

ޝާޢިރެއްގެ ހުވަފެންތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަބުލްޤާސިމް (އައްޝާއްބީ)
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


1. ބާއްޖަވެރިކަންމަތީ އެކަނިވެރި ޙާލުގައި،
               ވުން މަށަށް މާމޮޅޭ ދުންޔަވީ މަސްރަޙުން.

2. ޖަންގަލީތަކު ތެރޭގައިވި ގަސްތަކު ތެރޭ،
               ޢުމުރު ފަރުބަދަ މަތީގައި އަރާ އިނދެ ގުނުން.

3. ދުނިޔެއިން އަދު ނެތޭ ހުއްޓުވޭނޭ ކަމެއް،
               ހިތުގެ ވިންދުން އިވޭ މާނަތައް އަޑުއެހުން.


4. މަރުވެދާ ގޮތް ބަލައި އަދި ޙަޔާތާ މެދަށް،
               ވިސްނަމުން ބުއްދިކޮށް ނަޒަރު ހިންގައި އުޅުން.

5. އަޒަލު އާބާދުގައި ހުއްޓުމެއް ނެތި ހިނގާ،
               ކަންކަމުން ދޭހަވާ މާނަޔަށް ކަންދިނުން.

6. ބުލްބުލާ، ދޫނިތައް ލަވަކިޔާ އަޑުއަހައި،
               އޭގެ ގޮވުމާ އެކީ އެއްވަރަށް ލަވަކިޔުން.

7. މިޔުޒިކެއް ހެން އިވޭ ނަލަ ޚަރީރަށް އަދައި،
               ކޯރުތައް ވާ އެ ވާދީތަކަށް ގޮސް އުޅުން.

8. ވޭ އުފާ ޖައްވުގައި ދޫނި އުދުހޭ ތަނާ،
               ތަރިތަކާ އަދި ވިލޭ އަލި ފަތިސް ފެނިލުމުން.

9. ޝަޢުބުގައިވާ ހިތާމައިގަ ބައިވެރި ނުވީ،
               ޤައުމުގައިވާ ދަރިންނާ ދުރަށް ގޮސްލަމުން.

10. ވާރުތައިން ލިބިފަވީ ކަންކަމާ އަދި އަލުން،
               އަހުރެނަށް ލިބިފަވީ ބިދުޢަތައް ގިނަކަމުން.

11. ރަށްތަކާ މީހުނާ މާދުރަށް ދަތުރުކޮށް،
               ބޭރުވީމޭ، އެ ބޯޑަރުތަކާ އިންތަކުން.

12. ވާ ނަވާދީތަކާ، ކްލަބުތައް ރަށުތެރޭ،
               ބޭނުމެއް ނެތް ދޮގާ، ގަޑުބަޑުން ވާ ކަމުން.

13. ފަހެ، މަޤާމެއް ނެތޭ ގަޑުބަޑާ، ދޮގުތަކަށް،
               ކޯރުގައިވާ ޚަރީރުގެ އަޑާ އެއްސަފުން.

14. ސާފު ޝަބުނަމްތިކިން ތާޒަގީ ގަސްވުމާ،
               ދޫނިތައް ލަވަކިޔައި އުދުހުމާ އެއްސަފުން.

15. ވައިތެރޭ ގޮފި ހެލޭއިރު އިވޭ ހިމަ އަޑާ،
               ރޯޅި މާތަކުގަ ފިރުމާލުމާ އެއްސަފުން.

16. ރީތިހައި މާނަޔެއް އެކުލެވޭ ކަންކަމެއް،
               ނަފުސު އަހުރެންގެ ތަޤުދީސްކުރޭ ފުންހިތުން.

17. އަދި ދުޢާކޮށް އެދެން އޭގަ ލެއްވުން އަދައި،
               ދާއިމީ މާތްކަމާ ބަރަކަތާ އުޑުތަކުން.

ޚަރީރު: ކޯރުގައި ފެން ދެމޭ އަޑު.

ހަމަމިގަލަމުން

އިދާރާ

ވާހަކަ