އަދުގެ ޚާއްސަ

Print

އެޕަލް އައި ފޯނު - (ދެވަނަ ބައި)

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


Apple iPhone

ޢަބްދުﷲ ފިރާޤް
    
    ދެވަނަބައި:

މިބައިގައި އަލިއަޅުވާލާނީ އެޕަލް އައިފޯނު ގެންގުޅުމުގައި ވިސްނާލަންޖެހޭ ބައެއް ކަންތައްތަކާއި ބެހޭ ގޮތުންނާއި، މިފޯނުގެ ސޮފްޓްވެއަރ "އަޕްގްރޭޑް" ކުރުމާއި ބެހޭގޮތުންނެވެ.

އެޕަލް އައި ފޯނެއް ގަންނައިރު އެންމެ ފުރަތަމަވެސް ވިސްނާލަންވީ ކަމަކީ ފޯނުގެ "ފާރމްވެއަރ" ގެ ވާރޝަން އާއި މެދުގައެވެ. މިފޯނަކީ ވަކި ޚާއްޞަ ނެޓްވޯރކް ތަކަކަށް އަމާޒް ކުރެވިގެން ނެރެވޭ ފޯނުތަކެއް ކަމުން ރާއްޖޭގެ މި ނެޓްވޯރކް ތަކުގައި މަސައްކަތް ކުރުވުމަކީ މާ ފަސޭހަކަމެއް ނޫނެވެ. 2 ޖީ އައިފޯނެއް ނަމަ އެންމެ ފަހުގެ "ފާރމްވެއަރ 2.2.1" ހުއްޓަސް އެއްވެސް މައްސަލައެއް ދިމަލެއް ނުވާނެއެވެ. ނަމަވެސް 3 ޖީ ފޯނެއްނަމަ  "ފާރމްވެއަރ 2.2.1" ގައި ރާއްޖޭގައި ރޭންޖެއް ނުލިބޭނެއެވެ. އަދި "ބޫޓްލޯޑަރ 5.08" އަށް ވުރެ މަތިނަމަ "ފާރމްވެއަރ" "ޑައުންގްރޭޑް" އެއްވެސް އަދި ކުރެވޭނެ ގޮތެއްނެތެވެ. އެހެންކަމުން 3 ޖީ ފޯނެއްނަމަ "ފާރމްވެއަރ 2.2 އަށްވުރެ މަތި ބޭނުން ނުކުރާށެވެ.

ފާރމްވެއަރ އަޕްގްރޭޑް ކުރާނެގޮތް:

1)    ޔޫ.އެސް.ބީ ކޭބަލް މެދުވެރިކޮށް ފޯނު ކޮމްޕިއުޓަރ އާއި ގުޅާލާށެވެ. އޮޓޮމެޓިކުން "އައިޓިއުން" ނުހުޅުވޭނަމަ "އައިޓިއުން" ހުޅުވާށެވެ.

2)    މިކަންކުރުމުގެ ކުރިން ބޭނުންވާ "ފާރމްވެއަރ" ވާރޝަން ޑައުންލޯޑް ކޮށްފަ ބަހައްޓާށެވެ.

3)    ކޮމްޕިއުޓަރ ކީ ބޯރޑުގެ "ޝިފްޓް ބަޓަނަށް ފިތާލައިގެންހުރެ "އައިޓިއުން" ގައިވާ "ރީސްޓޯ"
ބަޓަނަށް ފިތާލާށެވެ. މިހެންހެދުމުން "ބްރައުޒަރ" އެއް ހުޅުވޭނެއެވެ. މި ބްރައުޒަރގެ އެހީގައި ޑައުންލޯޑްކުރި ފާރމްވެއަރ ވާރޝަން ނަގާށެވެ. މިހެންހެދުމުން ފޯނަށް ބޭނުންވާ ވާރޝަން އެޅޭނެއެވެ.

4)    ވާރޝަން ރީސްޓޯ ކުރުމުގެ ކުރިން ބޭނުން މުހިންމު މަޢުލޫމާތު ނަގާށެވެ. ނޫނީ އައިޓިއުން ގައި ބެކަޕް އެއް ހަދާށެވެ. އެހެންނޫނީ ހުރިހާ ޑާޓާއެއް އަދި ހުރިހާ ކޮންޓެކްޓްސް އެއް ފުހެވޭނެއެވެ.

މިހާރު ހުންނާނީ ސޮފްޓްވެއަރ ވާރޝަން އަޕްގްރޭޑް ކުރެވިފައެވެ. އަދި ފޯނުވެސް އޮންނާނީ ރާއްޖޭގެ ނެޓްވޯކަށް "ލޮކް" ވެފައެވެ. އެހެންކަމުން ފޯނު "އަންލޮކް" ކުރުމަށްޓަކައި "ޖެއިލްބްރޭކް" ކުރަންޖެހޭނެއެވެ. އެހެންކަމުން ދެން މިބަލާލަނީ "ޖެއިލްބްރޭކް" ކުރާނެ ގޮތާއި ބެހޭގޮތުންނެވެ.

ޖެއިލްބްރޭކް ކުރާނެގޮތް:

1)    ޖެއިލްބްރޭކް ކުރުމަށް ތަފާތު "ސޮފްޓްވެއަރ ބޭނުން ކުރެއެވެ. މިތަނުގައި އަޅުގަނޑު ބޭނުން ކުރާނީ "ކުއިކްޕޯން" ކިއާ ސޮފްޓްވެއަރ އެކެވެ.

2)    ކުރިންވެސް ފޯނު ކޮމްޕިއުޓަރ އާއި "ސިންކް" ކުރެއްވި ގޮތަށް ނައްޓާނުލާ ބަހައްޓާށެވެ. ދެން "ކުއިކްޕޯން" ހުޅުވާށެވެ. "ކުއިކްޕޯން" އަކީވެސް ޑައުންލޯޑް ކުރަން ލިބޭ ސޮފްޓްވެއަރ އެކެވެ.

3)    "ކުއިކްޕޯން" ހުޅުވުމުން އޭގެން ހަދަންވީ ގޮތުގެ ފުރިހަމަ މަޢުލޫމާތު ލިބޭނެއެވެ. ދެމުންދާ "އިންސްޓްރަކްޝަން" އާއި އެއްގޮތަށް ކުރިއަށް ގެންދާށެވެ. އޭރުން އެއްވެސް މައްސަލައެއް ދިމާނުވެ ފޯނު ޖެއިލްބްރޭކް ވާނެއެވެ. އަދި ކޮންމެ ނެޓްވޯރކެއްގައިވެސް މަސައްކަތްކުރާނެއެވެ.

އެންމެބޮޑަށް ވިސްނާލަންވީ ކަމަކީ 3 ޖީ ފޯނެއްނަމަ "ފާރމްވެއަރ 2.2.1" އަޕްގްރޭޑް ނުކުރުމަށެވެ. ކުރިންބުނެވުނުހެން ފޯނުގެ "ބޫޓްލޯޑަރ 5.08" އަށްވުރެ މަތިނަމަ ދެން ފޯނުގެ "ފާރމްވެއަރ" "ޑައުންގްރޭޑް" އެއްވެސް ނުކުރެވޭނެއެވެ. އަދި ރޭންޖެއްވެސް ނުލިބޭނެއެވެ. އެހެންކަމުން މިކަމަށް ސަމާލުވާށެވެ. 2 ޖީ ފޯނެއްނަމަ އެއްވެސް މައްސަލައެއް ދިމާއެއްނުވާނެއެވެ.

ފޯނަށް "ކްރެކް" ސޮފްޓްވެއަރ އަޅަން ބޭނުންނަމަ ފޯނު ކުރެކް ވެސް ކުރަންޖެހޭނެއެވެ. އެހެންކަމުން ދެން އަންނަ ބައެއްގައި އައި ފޯނު ކްރެކް ކުރާނެގޮތް ގެނެސްދޭނަމެވެ. އަދި އެކި އެކި ގޭމާއި، މުހިންމް ސޮފްޓްވެއަރ ތަކާއިބެހޭ ގޮތުން މަޢުލޫމާތު ކޮޅެއް ޙިއްސާ ކޮށްލެވޭތޯ ބަލާނަމެވެ.


•    ފޯނު ގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރު އިންތޯބަލަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރު ހޯދާ ރައްކާކުރަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލުމުން ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކިރީނަށް އަރާނެއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ