އެޕަލް އައި ފޯނު (3 ވަނަބައި)
Apple iPhone
ޢަބްދުﷲ ފިރާޤު
ތިންވަނަބައި:
ކުރީ ބައިގައި ވާނީ އައިފޯނުގެ "ވާރޝަން އަޕްގްރޭޑް" ކުރާނެގޮތާއި، "ޖެއިލްބްރޭކް" ކުރާނެގޮތް ގެނެސްދެވިފައެވެ. އެހެންކަމުން މިބައިގައި ފުރަތަމަ ބަލާލާނީ އައިފޯނު "ކްރެކް" ކުރާނެ ގޮތާއި ބެހޭގޮތުންނެވެ.
އައިފޯނު ކްރެކް ކުރާނެގޮތް:
1) ފުރަތަމަ "އައިފޯން ބްރައުޒަރ" ޑައުންލޯޑް ކުރާށެވެ. "އައިފޯން ބްރައުޒަރ" ގެ 1.8.1 ރަނގަޅުވާނެއެވެ. އެއަށްފަހު ޕީ.ސީ އަށް "އައިފޯން ބްރައުޒަރ" އިންސްޓޯލު ކުރާށެވެ.
2) ދެވަނަކަމަކަށް "މޯބައިލްއިންސްޓޮލޭޝަން" ކިޔާ ފައިލެއް ޑައުންލޯޑް ކުރާށެވެ.
3) މިހާރު ތިހުރީ މިކަމަށް ބޭނުންވާނެ ހުރިހާ އެއްޗެއް ހޯދިފައެވެ. ޔޫ.އެސް.ބީ ކޭބަލް މެދުވެރިކޮށް އައިފޯނު ޕީ.ސީ އާއި ގުޅާލާށެވެ.
4) "އައިޓިއުންސް" ހުޅުވުމަށްފަހު "ފްރީ" "އެޕްލިކޭޝަނެއް" "ޑައުންލޯޑް" ކޮށްލާށެވެ. ދެން ފޯނު "އައިޓިއުންސް" އާއި "ސިންކް" ކުރުމަށްފަހު "ޑައުންލޯޑް" ކުރި "އެޕްލިކޭޝަން" ފޯނަށް އެޅެންދެން މަޑުކުރާށެވެ.
5) 4 ވަނަ ނުކުތާގައި ބުނެވުނު ކަންތައް ނިމުމުން "އައިފޯނު ބްރައުޒަރ" ހުޅުވާށެވެ. "އައިފޯނު ބްރައުޒަރ" އިން މުޅިފޯނު އެއްކޮށް "އެކްސްޕްލޯރ" "ވިންޑޯ" އެއްގައި ފެންނާނެއެވެ.
6) ދެން މިބުނާގޮތަށް ކަން ކޮށްލާށެވެ. ރޫޓް/އެޕްލިކޭޝަން އަށް ދާށެވެ. ދެން އެޕްލިކޭޝަން ފޯލްޑަރ އަށް ރައިޓް ކްލިކް ކޮށްލުމަށްފަހު "ނިއުފޯލްޑަރ" ނަގާށެވެ. މިފޯލްޑަރގެ ނަމަކަށް "ޑޮކިއުމެންޓްސް" (Documents) މިހެންޖަހާށެވެ.
7) ދެން ރޫޓް/ޕްރައިވެޓް/ވީ.އޭ.އާރ/މޯބައިލް ފޯލްޑަރ އަށް ދާށެވެ. ދެން މޯބައިލް ފޯލްޑަރ އަށް ރައިޓް ކްލިކް ކޮށްލުމަށްފަހު "ނިއުފޯލްޑަރ" ނަގާށެވެ. މިފޯލްޑަރގެ ނަމަކަށް ވެސް "ޑޮކިއުމެންޓްސް" (Documents) މިހެންޖަހާށެވެ.
8) ދެން ސިސްޓަމް/ލައިބްރަރީ/ޕްރައިވެޓްފްރޭމްވޯރކްސް/މޯބައިލްއިންސްޓޮލޭޝަން.ފްރޭމްވޯރކް އަށް ދާށެވެ. ދެން މިތަނުން މޯބައިލްއިންސްޓޮލޭޝަން ފައިލް ނެގުމަށްފަހު "ރީނޭމް" ކޮށްލާށެވެ. ރީނޭމް ކުރާނެގޮތަކީ "މޯބައިލްއިންސްޓޮލޭޝަން.ބީ.އޭ.ކޭ" (Mobileinstallation.bak) މިހެނެވެ.
9) ދެން 2 ވަނަޕޮއިންޓްގައި "ޑައުންލޯޑް" ކުރަންބުނި "މޯބައިލްއިންސްޓޮލޭޝަން" "ޕެޗް" ހޯދުމަށްފަހު 8 ވަނަ ޕޮއިންޓް ގައި "ރީނޭމް" ކުރި ފައިލް އިންތަނަށް ލާށެވެ. މިހެން ހެދުމުން މިހާރު އެހުރީ ކުރިން ފޯނުގައި އިން އަސްލު "މޯބައިލްއިންސްޓޮލޭޝަން" ފައިލް "ބެކަޕް" އަކަށް ބަދަލުވެފައެވެ. އެހެންކަމުން ފޯނުގައި މިހާރު މަސައްކަތްކުރާނީ "ކްރެކް" "މޯބައިލްއިންސްޓޮލޭޝަން" ފައިލެކެވެ. އެހެންކަމުން ފޯނު މިހާރު ތިހުރީ "ކްރެކް" ކުރެވިފައެވެ.
މިހާރު އައިފޯނަށް އެއްވެސް މައްސަލައެއް ދިމާނުވެ، "ކްރެކް" ކޮށްފައިހުންނަ "އެޕްލިކޭޝަނާއި، ތަފާތު ގޭމުތައްވެސް ވަރަށް ފަސޭހަކަމާއި އެކު އެޅޭނެއެވެ. މިގޮތުން "ކްރެކް" ކޮށްފައިހުންނަ "އެޕްލިކޭޝަނާއި، ގޭމް އެންމެ ފަސޭހަކޮށް "ޑައުންލޯޑް" ކުރެވޭނެ އެއް ސައިޓަކީ www.appulo.us އެވެ. މިސައިޓުގައި ވަރަށްގިނަ އަދަދަކަށް "އެޕްލިކޭޝަނާއި، ގޭމް ހުންނާނެއެވެ. ޕީ.ސީ އަށް "ޑައުންލޯޑް" ކުރުމަށްފަހު "ޑަބަލް ކްލިކް" ކޮށްލުމުން "އައިޓިއުންސް" ތެރެއަށް "އެޑް" ވާނެއެވެ. ދެން ފޯނު ޕީ.ސީ އާއި "ސިންކް" ކުރުމުން ފޯނަށްވެސް "އިންސްޓޯލް" ވާނެއެވެ.
ސީދާ ފޯނުންވެސް މި "ކްރެކް" ގޭމްތައް "ޑައުންލޯޑް" ކޮށް "އިންސްޓޯލް" ކުރެވޭނެއެވެ. މިކަން ކުރުމަށް ހަދާނެގޮތަކީ،
1) ފޯނުގެ "ސީޑިއާ" "އެޕްލިކޭޝަން" ހުޅުވާށެވެ. އެއަށްފަހު "މެނޭޖް" އަށްދާށެވެ. "މެނޭޖް" އަށް ދިއުމަށްފަހު "ސޯރސެސް" ނަގާށެވެ. ދެން "އެޑިޓް" އަށްފިތާލުމަށްފަހު "އެޑް" އަށްވެސް ފިތާލާށެވެ.
2) މަތީގައި ބުނިގޮތަށް ހެދުމުން "އެޑްރެސް" ޖަހަން ބުނާނެއެވެ. ދެން މިގޮތަށް ޖަހާށެވެ.(http://cydia.hackulo.us). ދެން "އެޑް "ސޯރސް" އަށް ފިތާލުމުން "ސީޑިއާ" ގެ "ސޯރސް" ތެރެއަށް "އެޑް" ވާނެއެވެ.
3) ދެން "ސޯރސް" ތެރެއަށް "އެޑް" ވެފައިވާ "ހެކުލޮސް" އަށް ފިތާލުމުން "އިންސްޓޮލަސް" ލިބޭނެއެވެ. "އިންސްޓޮލަސް" އަށް ފިތާލުމުން ފޯނަށް "އިންސްޓޮލަސް" "އިންސްޓޯލް" ކުރާނެއެވެ. ދެން ފޯނު "ރީބޫޓް" ކުރުމަށްފަހު ބޭނުން ކުރަންފަށާސެވެ. ފަސޭހަމާއިއެކު، "ކްރެކް" ކޮށްފައިހުންނަ "އެޕްލިކޭޝަނާއި، ގޭމް، ފޯނަށް "ޑައުންލޯޑް" ކުރެވޭނެއެވެ.
އައިފޯނުން އެމް.އެމް.އެސް ފޮނުވަން ބޭނުންނަމަ (SwirlyMMS) ފޯނަށް "ޑައުންލޯޑް" ކުރާށެވެ. "ސީޑިއާ" މެދުވެރިކޮށް މިކަން ކުރެވޭނެއެވެ. "އިންސްޓޯލް" ކުރުމަށްފަހު ތިރީގައިމިވާގޮތަށް އެމް.އެމް.އެސް ސެޓިން ހަދާލާށެވެ.
MMSC: mmsc.dhimobile.com.mv
Proxy: 172.24.97.4:8080
APN: mms.dhimobile
މިނޫނަސް ބޭނުންތެރި ކިތަންމެ ސޮފްޓްވެއަރ އެއް "ޑައުންލޯޑް" ކުރެވެން ހުންނާނެއެވެ. ނަމަވެސް މިފަހަރުގެ މި ފުރުސަތުގައި ކިއުންތެރިންނާއި ހިއްސާ ކޮށްލަން ގަސްތުކުރަނީ މި ހިސާބަށެވެ. މި ތިންބައިގައިވެސް މި ގެނެސްދެވުނު މަޢުލޫމާތަކީ ފަންވަތުގެ އެންމެހާ ކިއުންތެރިންނަށް ބޭނުންހިފޭނެ މަޢުލޫމާތަކަށް ވާނެކަމަށް އުންމީދުކުރަމެވެ.