Print

"އެންމެ ހަރުކަށި އަދަބު"

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުލްމުޢީދު ޙަސަން

މިހާރަކަށް އައިސް އެންމެ ގިނައިން އިވޭ އެއް ވާހަކައަކީ، ހަރުކަށި އަދަބު ދިނުމުގެ ވާހަކައެވެ. އިންޓަރނެޓްގައިވާ ދިވެހި ވެބްސައިޓްތަކުގައި ވެސް ހަރުކަށި އަދަބުގެ ވާހަކަ ގިނަވެއްޖެއެވެ. އެންމެ މަތީ ދަރަޖައިގެ ދޫތަކުން ވެސް އެ ވާހަކަ ދެއްކުން ގިނަވެއްޖެއެވެ.

ތިރީގައި މިވަނީ، ހަރުކަށި އަދަބު ދިނުމަށް ގޮވާލެވޭ ގޮތުގެ ބައެއް މިސާލުތަކެވެ.


ސުރުޚީ: މިތުއްތު ކުއްޖާ މަރާލި މީހުންނަށް ގާނޫނުގައި ކަނޑައެޅިފައިވާ އެއްމެ ހަރުކަށި އަދަބު ދެއްވާށެވެ.
ވެބްސައިޓް: މީދޫ ލައިވް ޑޮޓް ކޮމް
ތާރީޚު: 11 ޖޫން 2009

ސުރުޚީ: އަނެއްކާވެސް ޒުވާނެއްގެ ފުރާނަ - މިފަދަ މީހުންނަށް ހަރުކަށި އަދަބު ދެވެން އެބަޖެހޭ
ވެބްސައިޓް: ލިންކްރޯޑް ޑޮޓް ނެޓް
ތާރީޚު: 10 މާރޗް 2009

ސުރުޚީ: ދިވެހި ރާއްޖެއިން މަސްތުވާތަކެތި ނައްތާލެވޭނީ ހަރުކަށި އަދަބު ދީގެން
ވެބްސައިޓް: އިހަވަންދޫ ޑޮޓް ކޮމް
ތާރީޚު: 26 މާރޗް 2008

ސުރުޚީ: މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ރައްކާތެރިކުރުން
ވެބްސައިޓް: ކުޅުދުއްފުށި ޑޮޓް ކޮމް
ތާރީޚު: 4 ފެބްރުއަރީ 2009

އައްޑަގުޑާރު‮ ‬ވިދާޅުވީ
... މިތަކެތީ އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކާމެދު ހަރުކަށި އަދަބު ތަންފީޒުކުރުން އެއީ ކޮންމެހެން ކުރަންވެއްޖެކަމެއް.

ނަންގަނެވިދިޔަ ފަދަ ގޮވާލުންތައް އަޑުއިވޭއިރު، އަޅުގަނޑުމެން ކޮށްލަން ޖެހޭ ވަރަށް މުހިންމު ސުއާލުތަކެއް އެބަހުއްޓެވެ.

ހަރުކަށި އަދަބުތޯއެވެ؟ ނުވަތަ ޙައްޤު އަދަބުތޯއެވެ؟

ޤާނޫނުގައިވަނީ، ޤައުމުގެ ދަރިންގެ ގައިގައި އަޅުވަން ހަދާފައިވާ އަނިޔާވެރިކަމުގެ ވަކިތަކެއްތޯއެވެ؟ ނުވަތަ އޭގައިވަނީ، އެބައިމީހުން ސަލާމަތްކުރަން ހަދާފައިވާ އައްޑަނަތަކެއްތޯއެވެ؟

އިސްލާމްދީނުގައިވާ އެންމެ ހަރުކަށި އަދަބު ދޭށޭ ބުނެ ބައެއް މީހުން އަޑު އުފުލައެވެ.
މާތްވެގެންވާ އިސްލާމްދީނުގައި ހަރުކަށި އަދަބުތަކެއް ކަނޑައަޅުއްވާފައި ވޭތޯއެވެ؟ ނުވަތަ އެ މާތް ދީނުގައިވަނީ، ޢަދުލު އިންޞާފު ނޫންތޯއެވެ؟


ފަހެ، މިކަންކަމާމެދު ތިޔަބޭފުޅުންގެ ޚިޔާލަކީ ކޮބައިތޯއެވެ؟

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ