އަދުގެ ޚާއްސަ

Print

ބިރު ނުގަންނަމެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


މިޚައިލް ނަޢީމާ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ގޭގެ ތަނބު ވީ ހިލައިން،
              އަދި ފުރާޅުގަ ދަގަނޑު.

އޭ ވަޔާ ދެން ޖެހޭ!
              އޭ ގަހާ ދެން ހެލޭ!

އޭ ވިލާ އުދުހި ދޭ!
              އޭ ވިދާ ވިދުވަރާ!


ބިރު މަށެއް ނުގަނެޔޭ،
              ބައްތި ނިވިދާނެތީ.


ރޭ އައިސް ވެރިވުމުން،
              ދުރު ބަލަން ހުންނަމޭ.

އަނދިރިކަން ވެއްޖެ ވެރި،
              ފަޖުރުވެސް ވެއްޖެ މަރު.

ދަންޖެހިއްޖޭ ދުވަސް،
              ތަރިތަކާ ދެން ފިލާ!

އޭ ހަނދާ ދެން ނިވޭ!
              އޭ އިރާ ދެން އަރާ!

ހިތް މަގޭ ލައްކަ ގަދަ،
              އެޔަކު ނެތް ބަލިކަމެއް.

ރާހިތައް ދޭ ދުރަށް،
              ހާސަރާ ވޭންތަކާ.

ބިރު ނެތޭ ވޭނަކަށް،
              ބިރު ނެތޭ ގެއްލުމަށް.

މިތުރު ވީމާ ޤަޟާ،
              އާރުކާޓީ ޤަދަރު!!!
*****

މިޚައިލް ނަޢީމާ (1889-1988)
އޭނާއަކީ، ޢަރަބި މުފައްކިރުންގެ ތެރެއިން ފުންނާބު އުސް މުފައްކިރެކެވެ. ޝާޢިރެކެވެ. ލިޔުންތެރިއެކެވެ. ނާޤިދެކެވެ. ޢަރަބި ބަހާއި އިނގިރޭސި ބަހާއި ރަޝިޔާ ބަހުން ލިޔުއްވިއެވެ.

އޭނާއަކީ، އައްރާބިޠަތުލް ޤަލަމިއްޔާގައި ހިމެނިވަޑައިގެންނެވި، މަހުޖަރުގެ މަޝްހޫރު ޅެންވެރިއެއް ވެސް މެއެވެ.

މަތީގައިވާ ޅެން ތަރުޖަމާކޮށްފައިވަނީ، އަސްލު ޅެމުގެ ވަޒަނަށެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ