އަދުގެ ޚާއްސަ

Print

ބަތް ބަކުން

ޝާޢިއުކުރީ ޖުވޭރިޔާ ވަޖުދީ . ހިމެނޭބަޔަކީ ސުފުރާ


ތުއްތުކުދިންގެ ކާނާ

ޖުވައިރިޔާ ވަޖުދީ

ބޭނުންވާތަކެތި


4 މޭޒުމަތީ ސަމުސާ ހަނޑޫ
3 ގްރީން ބީންސް ( ފެހިތޮޅި) ( ބުރިބުރިކޮށްފައި)
1 މޭޒުމަތީ ސަމުސާ ފެހިމުގު
2 އިންޗި ހުންނަހާ އަލުވި ( ކުދިކޮށް ކޮށާލާފައި)

ތައްޔާރުކުރާނެގޮތް

ކުޑަ ތެއްޔަކަށް ފެންފޮދެއް އަޅާލާފައި އުނދުން މައްޗަށް އުދާލާފައި ފެން ކެކިގަތުމުން ހުރިހާބާވަތްތައް އެއްކޮށް އަޅާފައި ރޯފިލަންދެން ކެކުމުން އުނދުން މަތިން ބާލާފައި މިކްސަރުން އޮމާން ވަންދެން  މުގުރާލާފައި ތުއްތު ދަރިފުޅަށް ކާންދޭށެވެ.

(ނިމުނީ)


ބަކުން ބަކުން

       
ތުއްތު ކުދިންގެ ކާނާ

މިފޮތުގައި މިލިޔަނީ 6 މަހާއި  1 އަހަރާއިދެމެދުގެ ކުދިންނަށް ކާންދޭން ތައްޔާރުކޮށްފައިވާ ރެސިޕީ ތަކެކެވެ.ފުޅި ފުޅިއާއި ދަޅު ދަޅު ގައި ހުންނަތައްޔާރީ ކާނާގެ ބަދަލުގައި ހަރަދުކުޑަކޮށް އަޅުގަނޑުު މެންނަށް ފަސޭހައިން ލިބޭ ބާވަތް ތައް ބޭނުންކޮށްގެން ތުއްތު ދަރިފުޅަށް ހަށިގަނޑަށް ބޭނުންވާ ބައިތައް ހިމެނޭގޮތަށް ކާނާ ތައްޔާރުކޮށް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މިފޮތުގައިވާ ކާނާތަކުގައި ތުއްތު  ދަރިފުޅަށް ކޮންމެހެން ބޭނުންވާ ބަައެއް ބާވަތް ތައް ހިމަނާފައި ވާނެއެވެ.


 މި ކާނާ ތައްޔާރު ކުރާއިރު ނުވަތަ ކައްކާއިރު ބަލާނީ ވީހާވެސް މަދުން ފެން އަޅައިގެން ކިރިޔާ ރޯފިލާވަރުގެ ފެން ފޮދެއްގައި ކެއްކޭތޯއެވެ. އެއީ ފެން ގަނޑުގެ ތެރެއަށް ތަރުކާރީ ކޮޅުގައިވާ ވިޓަމިން ކޮޅު ދާނެތީއެވެ. ޗަސްކުރާއިރު ރަނގަޅަށް އޮމާން ވާވަރަށް ވުރެ ހިކިނަމަ ކެއްކި ފެން ފޮދެއް ނުވަތަ މިނެރަލް ވޯޓަރ ފޮދެއް އެއްކޮށްލާށެވެ.
         
ކައްކާއިރު އަބަދު ވެސް ބަލާނީ އާއްމުކޮށް ތުއްތު ދަރިފުޅު އެއްފަހަރަށް ނުވަތަ ދެ ފަހަރަށް ވާވަރުގެ އެތިކޮޅެއް ކެއްކޭތޯ އެވެ. އެއީ ގިނައިން ކައްކާފައި ބާކީ ގިނައިރުވުމުން ތާޒާކަން ކެނޑޭނެތީއެވެ.އަދި ކާށި ކިރު އަޅާ ބާވަތް ތައް ކައްކާނީ 1 ފަހަރަށް ވާވަރަށެވެ.
             2 މާރޗް 2009        
                                                                          ޝުކުރިއްޔާ

 
                                                                         ޖުވައިރިޔާ ވަޖުދީ


އިދާރާ

އެނގޭތަ؟

ވާހަކަ