Print

އަލުވި ބޯކިބާ

ޝާޢިއުކުރީ އަޙްމަދު ޙާފިޒު . ހިމެނޭބަޔަކީ ސުފުރާ



ބޭނުންވާ ތަކެތި

ލިޔުނީ: ސްނޯ ޑްރޮޕް


2 ދަޅު ފަސްމީރު މަސް

4 ހިކަނދިފަތް (ހިމުންކޮށް ކޮށާފައި)

2 ގިތެޔޮ މިރުސް (ހިމުންކޮށާފައި)

3 ފިޔާ (ހިމުންކޮށް ކޮށާފައި)

2 ލުނބޯ

ލޮނުކޮޅެއް

ބައިކިލޯ އަލުވި (ފެނުކައްކާފައި)

2 ސައިސަމުސާ މުގުރި އަސޭމިރުސް

2 ބިސް (ގިރާފައި)


ހައްދަވާނެގޮތް


ފިޔާ، މިރުސް، ލުނބޯހުތް އެއްކޮށް ރަހަ ނިކުންނަވަރަށް މޮޑެލުމަށްފަހު މަހާއި، އަލުވި، އަސޭމިރުސް އަދި ބިސް ފިޔަވައި ބާކީ ހުރި ތަކެތި އެއްކޮށް ރަހަ ނިކުންނަވަރަށް މޮޑެލުމަށްފަހު ޓްރޭގައި ތެޔޮފޮދެއް ހާކާފައި ޓްރޭއަށް އަޅާ އޮމާންކޮށް، އޭގެ މައްޗަށް ގިރާފައި ހުރި ބިސް އަޅާ އަވަނުން ފިހެލާ. މިއީ ހަވީރު ސަޔަށް ވަރަށް މީރު ބާވަތެއް.

އިދާރާ

އެނގޭތަ؟

ވާހަކަ