އަދުގެ ޚާއްސަ

Print

އިސްތަށިގަނޑު

ޝާޢިއުކުރީ އަޙްމަދު ޙާފިޒު . ހިމެނޭބަޔަކީ ޒީނަތް

 

އިސްތަށިގަނޑު ސާފުކޮށް މީރުވަހެއް އެކުލެވިގެންވާފަދަ ގޮތަކަށް ބޭއްވުމަށް އެހީއެއް


ލިޔުނީ: ސްނޯ ޑްރޮޕް

1-    އިސްތަށިގަނޑު ގަވައިދުން ދޮތުމަކީ ވަރަށް މުހިއްމު ކަމެއް. މިހެން ދެންނެވިއަސް ޑްރައި އަދި އޮއިލީ އިސްތަށިގަނޑެއް އޮންނަ ނަމަ ދޮންނަ ޑިއުރޭޝަން ތަފާތުވޭ. އެހެންނަމަވެސް މަދުވެގެން ހަފްތާއަކު އެއްފަހަރު ބޯ ޝޭޕްމޫ ކޮށް، ދޮތުމަކީ ވަރަށް މުހިއްމު ކަމެއް.

2-    މީރުވަސް ދުވާ ޝޭމްޕޫއެއް ބޭނުން ކުރައްވާ. ޝޭމްޕޫ ކުރާއިރު ވިސްނަންވީ މުހިއްމު ނުކުތާ އަކީ އިސްތަށިގަނޑުގެ އިތުރުން ބޮލުގެ އެތެރެ ކުޑަގޮތަކަށް ޝޭމްޕޫއިން މަސާޖުކޮއްލުން.


3-    ބޯ މަސާޖުކޮށް ޝޭމްޕޫ ކުރާއިރު ނިޔަފަތި ބޭނުން ނުކޮށް އިގިލިތަކުގެ ކުރި ބޭނުން ކުރުމަށް ސަމާލުކަން ދޭން ވާނެ.

4-    އިސްތަށިގަނޑު ދޮވެލުމަށް ފަހު ފެން ހިއްކާލާ. އަދި އިސްތަށިގަނޑާ ގުޅޭ ކަހަލަ ކޮންޑިޝަނަރ އެއް ބޭނުން ކުރައްވާ. އެއަށް ފަހު 2 ނުވަތަ ތިން މިނިޓް ފަހުން ދޮވެލުމަށް ފަހު އެއްކޮށްހިއްކާލާ.


5-    އެއްކޮށް އިސްތަށިގަނޑު ހިއްކާއިރު ބްލޯ ޑްރަޔަރ ބޭނުންކޮށްގެން ނުވަތަ ހިކެންދެން ބޭއްވިއަސް އެންމެ ރަގަޅު ވާނެ.

6-    ބޭނުންކުރާ ކްރީމް ނުވަތަ ތެލުގެ ބާވަތްތަކަކީ ލުއި ވަހެއް ހުންނަ އެއްޗެއް ކަމުގައި ހައްދަވާ. ތެޔޮ ނުވަތަ ކްރީމެއް އުގުޅާއިރު އަތްތިލައަށް އެތިކޮޅެއް އެޅުުމަށް ފަހު ކުޑަ ސެންޓްކޮޅެއް އެއްކޮށްފައި އިސްތަށިގަނޑުގައި އުގުޅާ ލައްވާ. މިހެން ހެދުމުން އިސްތަށިގަނޑުގައި މީރުވަހެއް ހުންނާނެ.


7-    ފުނާ ބުރުސް ހަފްތާއަކު އެއްފަހަރު ދޮވެލުމަށް ފަހު ހޫނު ފެން ފޮދެއްގެ ތެރެއަށް 10 ވަރަކަށް މިނިޓް ލެއްވުމަށް ފަހު ބާއްވާ. ފުނާ ނުވަތަ ބުރުހުގައި ހަރުލާފައި ހުންނަ އެއްޗެހީގެ ސަބަބުންވެސް އިސްތަށިގަނޑުގައި ނުބައި ވަސް ހުންނަ ގޮތް މެދުވެރިވޭ.

އިދާރާ

ވާހަކަ