އިސްތަށިގަނޑު
އިސްތަށިގަނޑު ސާފުކޮށް މީރުވަހެއް އެކުލެވިގެންވާފަދަ ގޮތަކަށް ބޭއްވުމަށް އެހީއެއް
ލިޔުނީ: ސްނޯ ޑްރޮޕް
1- އިސްތަށިގަނޑު ގަވައިދުން ދޮތުމަކީ ވަރަށް މުހިއްމު ކަމެއް. މިހެން ދެންނެވިއަސް ޑްރައި އަދި އޮއިލީ އިސްތަށިގަނޑެއް އޮންނަ ނަމަ ދޮންނަ ޑިއުރޭޝަން ތަފާތުވޭ. އެހެންނަމަވެސް މަދުވެގެން ހަފްތާއަކު އެއްފަހަރު ބޯ ޝޭޕްމޫ ކޮށް، ދޮތުމަކީ ވަރަށް މުހިއްމު ކަމެއް.
2- މީރުވަސް ދުވާ ޝޭމްޕޫއެއް ބޭނުން ކުރައްވާ. ޝޭމްޕޫ ކުރާއިރު ވިސްނަންވީ މުހިއްމު ނުކުތާ އަކީ އިސްތަށިގަނޑުގެ އިތުރުން ބޮލުގެ އެތެރެ ކުޑަގޮތަކަށް ޝޭމްޕޫއިން މަސާޖުކޮއްލުން.
3- ބޯ މަސާޖުކޮށް ޝޭމްޕޫ ކުރާއިރު ނިޔަފަތި ބޭނުން ނުކޮށް އިގިލިތަކުގެ ކުރި ބޭނުން ކުރުމަށް ސަމާލުކަން ދޭން ވާނެ.
4- އިސްތަށިގަނޑު ދޮވެލުމަށް ފަހު ފެން ހިއްކާލާ. އަދި އިސްތަށިގަނޑާ ގުޅޭ ކަހަލަ ކޮންޑިޝަނަރ އެއް ބޭނުން ކުރައްވާ. އެއަށް ފަހު 2 ނުވަތަ ތިން މިނިޓް ފަހުން ދޮވެލުމަށް ފަހު އެއްކޮށްހިއްކާލާ.
5- އެއްކޮށް އިސްތަށިގަނޑު ހިއްކާއިރު ބްލޯ ޑްރަޔަރ ބޭނުންކޮށްގެން ނުވަތަ ހިކެންދެން ބޭއްވިއަސް އެންމެ ރަގަޅު ވާނެ.
6- ބޭނުންކުރާ ކްރީމް ނުވަތަ ތެލުގެ ބާވަތްތަކަކީ ލުއި ވަހެއް ހުންނަ އެއްޗެއް ކަމުގައި ހައްދަވާ. ތެޔޮ ނުވަތަ ކްރީމެއް އުގުޅާއިރު އަތްތިލައަށް އެތިކޮޅެއް އެޅުުމަށް ފަހު ކުޑަ ސެންޓްކޮޅެއް އެއްކޮށްފައި އިސްތަށިގަނޑުގައި އުގުޅާ ލައްވާ. މިހެން ހެދުމުން އިސްތަށިގަނޑުގައި މީރުވަހެއް ހުންނާނެ.
7- ފުނާ ބުރުސް ހަފްތާއަކު އެއްފަހަރު ދޮވެލުމަށް ފަހު ހޫނު ފެން ފޮދެއްގެ ތެރެއަށް 10 ވަރަކަށް މިނިޓް ލެއްވުމަށް ފަހު ބާއްވާ. ފުނާ ނުވަތަ ބުރުހުގައި ހަރުލާފައި ހުންނަ އެއްޗެހީގެ ސަބަބުންވެސް އިސްތަށިގަނޑުގައި ނުބައި ވަސް ހުންނަ ގޮތް މެދުވެރިވޭ.