އަދުގެ ޚާއްސަ

Print

ފެހިމުގު ބަކުން

ޝާޢިއުކުރީ ޖުވޭރިޔާ ވަޖުދީ . ހިމެނޭބަޔަކީ ސުފުރާ


ތުއްތުކުދިންގެ ކާނާ

ބޭނުންވާތަކެތި

ޖުވައިރިޔާ ވަޖުދީ

2 މޭޒުމަތީ ސަމުސާ ފެހި މުގު

2 މޭޒުމަތީ ސަމުސާ ރަތް ހަނޑޫ

2 މޭޒުމަތީ ސަމުސާ ކޮށާފައި ހުރި ކެބެޖް

4 ފެހިތޮޅި ބުރި ބުރިކޮށްފައި ( ގްރީން ބީންސް)

ތައްޔާރުކުރާނެގޮތް

ކުޑަ ތެއްޔަކަށް ފެން ފޮދެއް އަޅާފައި ފެން ކެކި ގަތުމުން ހުރިހާ ބާވަތް އަޅާފައި ކެކި ރޯފިލުމުން އުނދުން މަތިން ބާލާށެވެ. ދެން މުގުރާ މިކްސަރުން އޮމާން ކޮށް ޗަސްކޮށް ފައި ތުއްތު ދަރިފުޅަށް ކާންދޭށެވެ.




  ބަކުން ބަކުން
  ތުއްތު ކުދިންގެ ކާނާ

މިފޮތުގައި މިލިޔަނީ 6 މަހާއި  1 އަހަރާއިދެމެދުގެ ކުދިންނަށް ކާންދޭން ތައްޔާރުކޮށްފައިވާ ރެސިޕީ ތަކެކެވެ.ފުޅި ފުޅިއާއި ދަޅު ދަޅު ގައި ހުންނަތައްޔާރީ ކާނާގެ ބަދަލުގައި ހަރަދުކުޑަކޮށް އަޅުގަނޑުު މެންނަށް ފަސޭހައިން ލިބޭ ބާވަތް ތައް ބޭނުންކޮށްގެން ތުއްތު ދަރިފުޅަށް ހަށިގަނޑަށް ބޭނުންވާ ބައިތައް ހިމެނޭގޮތަށް ކާނާ ތައްޔާރުކޮށް ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން މިފޮތުގައިވާ ކާނާތަކުގައި ތުއްތު  ދަރިފުޅަށް ކޮންމެހެން ބޭނުންވާ ބަައެއް ބާވަތް ތައް ހިމަނާފައި ވާނެއެވެ.
  
މި ކާނާ ތައްޔާރު ކުރާއިރު ނުވަތަ ކައްކާއިރު ބަލާނީ ވީހާވެސް މަދުން ފެން އަޅައިގެން ކިރިޔާ ރޯފިލާވަރުގެ ފެން ފޮދެއްގައި ކެއްކޭތޯއެވެ. އެއީ ފެން ގަނޑުގެ ތެރެއަށް ތަރުކާރީ ކޮޅުގައިވާ ވިޓަމިން ކޮޅު ދާނެތީއެވެ. ޗަސްކުރާއިރު ރަނގަޅަށް އޮމާން ވާވަރަށް ވުރެ ހިކިނަމަ ކެއްކި ފެން ފޮދެއް ނުވަތަ މިނެރަލް ވޯޓަރ ފޮދެއް އެއްކޮށްލާށެވެ.
         
ކައްކާއިރު އަބަދު ވެސް ބަލާނީ އާއްމުކޮށް ތުއްތު ދަރިފުޅު އެއްފަހަރަށް ނުވަތަ ދެ ފަހަރަށް ވާވަރުގެ އެތިކޮޅެއް ކެއްކޭތޯ އެވެ. އެއީ ގިނައިން ކައްކާފައި ބާކީ ގިނައިރުވުމުން ތާޒާކަން ކެނޑޭނެތީއެވެ.އަދި ކާށި ކިރު އަޅާ ބާވަތް ތައް ކައްކާނީ 1 ފަހަރަށް ވާވަރަށެވެ.
             2 މާރޗް 2009        
              ޝުކުރިއްޔާ

 
                                 ޖުވޭރިޔާ ވަޖުދީ

އިދާރާ

އެނގޭތަ؟

ވާހަކަ