ލޯބީގެ ޅެމެއް
ޝާޢިރު؛ އިރުޝާދު ޝައިޚު
ތަރުޖަމާ؛ ޢަބްދުﷲ ފާރޫޤު ޙަސަން
އަހަރެން ލޯބީގެ ޅެމެއް
ކޮކާތަކުގެ ފިޔައިގައި ލިޔުނީމެވެ.
އަދި ކަލާގެ އިސްތަށިގަނޑުގައި ޖަހައިފައިވާ މަލާދިމާޔަށް
އުދުއްސައިލީމެވެ.
އަހަރެން ލޯބީގެ ޅެމެއް
ހުވަފެނުގައި ލިޔުނީމެވެ.
އަދި ކަލާގެ ލޮލާދިމާޔަށް
އުދުއްސައިލީމެވެ.
އަހަރެން ލޯބީގެ ޅެމެއް
ލިޕްސްޓިކްގައި ލިޔުނީމެވެ.
އަދި ކަލާގެ ތުންފަތާ ދިމާޔަށް
އުދުއްސައިލީމެވެ.
އަހަރެން ލޯބީގެ ޅެމެއް
ކަރުނައިގައި ލިޔުނީމެވެ.
އަދި އެ ކަރުނަ
''ވިދްރިން ހައިޓްސް''ގައި ބެހެއްޓީމެވެ.
އަހަރެން ލޯބީގެ ޅެމެއް
މި ފޫހި މޫސުމުގެ މަރުވެފައިވާ ގަހެއްގައި ލިޔުނީމެވެ.
އެ ހިނދު އެގަހުން ކުރިފަޅައި ރޯވެ މާތައްފަރިވެއްޖެ އެވެ.
(ނިމުނީ)
ޢަބްދުﷲ ފާރޫޤު ޙަސަން (1992). ފަތްތޫރަ (163). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.