އަދުގެ ޚާއްސަ

Print

ނަވެއް، ރަށެއް، އަދި ހުޅެވި ހަނދެއް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

               
ޝާޢިރު؛ ޖޭމްސް އެލްރޯއި ފްލެކަރ
ތަރުޖަމާ؛ ނަސީމާ މުޙަންމަދު



ނަވެއް، ރަށެއް އަދި ހުޅެވި ހަނދެއް،

މަދު ނަމަވެސް އެކަމަކު ހާދަ އުޖާލާ ތަރިތަކެކެވެ.

ކަނޑުގެ ރާޅުބާނިތައްވަނީ

އޭގެ ރިހިދޯދިތަކުގެ ތެރެއަށް އުކާލެވިފަ އެވެ.

އެއްރަށް ކައިރީގައި އަނެއްރަށް

ކުޅީގެތެރެއަށް ނަގިލިލާފައިވާ ހިޔަންޏެއްކަހަލަ ނަވެއް....

އެ ހިނދު ރާޅުބާނިތައް ދައްކާ ގޮތުން

ޒުވާން ހަނދުގެ ރަންބަނދަރުގައިވާ ތަރީގެ ނަވެއް

އޭގެ ފުޅާ، އެކަނިވެރި ދޯދިތައް

ހިޔަންޏެއް ނުދައްކާ ކަނޑެއް ފަދަ ރޭގަނޑުގެ ތެރެއަށް ފޮނުވަ އެވެ.




އަދި ވެސް – ރަށާ އަދި ރަށުގައިވާ ތުއްރަވާސް ގަސްތައް

ކަނޑުގައިވާ ނަވެއްފަދައިން ރޯޅިއަކާނުލާ ދުވަމުން ދެ އެވެ.

އެ ފަނޑު ހަނދު އަދި ވެސް ދަތުރު ކުރެ އެވެ.

ރިޔަލެއް ނުވާ ފަޅި ހަނދުގެ ނާ ދުވަމުން ދެ އެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ