އަދުގެ ޚާއްސަ

Print

އަހަރެން ކަލޭދެކެ ލޯތްބެއް ނުވަމެވެ.

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އުރުދޫބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރެވިފައި

ޝާޢިރު؛ ޖާން ނިޘާރު (އަޚްތަރު)
ތަރުޖަމާ؛ ޢަބްދުﷲ ނަޢީމު އިބްރާހީމް

އަހަރެން ކަލޭދެކެ ލޯތްބެއް ނުވަމެވެ. އެކަމަކު
    ކަލޭ ކައިރީގައި ނެތިއްޔާ
    އަހަރެންގެ އުދާސްކަން ފިލައިގެންނެެއް ނުދެއެވެ.
    އަހަރެންގެ ޙިއްސުތައް ހުންނަނީ އައްސިވެފަ އެވެ.
    ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގެ އެވެ.
    މުޅި ވުޖޫދަށް އޮންނަނީ ހިމޭންކަން ވެރިވެފަ އެވެ.
    އަމިއްލަ ހިތާ ވެސް ވާހަކައެއް ނުދެއްކެ އެވެ.
    އަމިއްލަ ހިތާ ވެސް ވާހަކައެއް ނުދެއްކެ އެވެ.

    އަހަރެން ކަލޭދެކެ ލޯތްބެއް ނުވަމެވެ. އެކަމަކު
އަހަރެން ކަލޭދެކެ ލޯތްބެއް ނުވަމެވެ.  އެކަމަކު
    ދުވާލުގެ ދިގު ގަޑިތަކުގައި ދެވަނަ ކަމެއް ނުކުރަމެވެ.
    ހިތުގައި އޮންނަނީ ކަލޭގެ ސޫރަ އެވެ.
    ކަލޭގެ ވާހަކަތަކާމެދު ވިސްނަމެވެ.
    ކަލެއަށް އެންމެ ރީތީ ކޮންކަހަލަ މަލެއް ހެއްޔެވެ؟
    އެންމެ ރީތީ ކޮން ކުލައެއް ހެއްޔެވެ؟
    ތާ އަބަދު ހުންނަނީ ކަލޭގެ ޚިޔާލުގެ ތެރެއަށް ގެއްލިފަ އެވެ.
        އަހަރެން ކަލޭދެކެ ލޯތްބެއް ނުވަމެވެ. އެކަމަކު

އަހަރެން ކަލޭދެކެ ލޯތްބެއް ނުވަމެވެ. އެކަމަކު
    މި އިޙްސާސްތަކުން މިންޖެއް ނެތެވެ.
    ވިސްނިވަރަކަށް ހާސްކަން ދަނީ ބޮޑުވަމުންނެވެ.
    ހިތް ގެނބެމުންދާހެން ހީވެ އެވެ.
    އަހަރެން އެންމެ ލޯބިވާ މީހާގެ ކިބައިގައި
    އަހަރެންގެ ހިތުގައި އެންމެ މަތިވެރި ޖަރަޖައެއް ދެވިފައިވާ މީހާގެ ކިބައިގައި
    ކަލޭގެ ކިބައިގައި ތިޔަ ވާހަކަ އެއްވެސް ކަމެއް ނެތެވެ.
    އަހަރެން ކަލޭދެކެ ލޯތްބެއް ނުވަމެވެ. އެކަމަކު

ހަމަމިގަލަމުން

އިދާރާ

ވާހަކަ